Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025 | އަންގާރަ 06:26

ޑެމްބެލޭ ވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އިތުރުން، އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އޭނާ ވަނީ ޕީއެސްޖީ އާއެކު ފްރާންސް ލީގުގެ އިތުރުން، ފްރާންސް ކަޕް، ޓްރޮފީ ޑީ ޗެމްޕިއަންސް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2025 | އަންގާރަ 06:26
ޕީއެސްޖީ އަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ، ބެލެންޑިއޯ އެވޯޑާ އެކު

ޕީއެސްޖީ އަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ، ބެލެންޑިއޯ އެވޯޑާ އެކު | ރޮއިޓާސް

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ އޮތް ބެލެންޑިއޯ އެވޯޑު ހަފުލާގައި ޑެމްބެލޭ ބެލެންޑިއޯ ހޯދާފައި ވަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ލަމީން ޔަމާލް އަދި ޕީއެސްޖީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ވިޓީނިއާއާ ވާދަކޮށެެވެ.

ޑެމްބެލޭ ވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އިތުރުން، އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އޭނާ ވަނީ ޕީއެސްޖީ އާއެކު ފްރާންސް ލީގުގެ އިތުރުން، ފްރާންސް ކަޕް، ޓްރޮފީ ޑީ ޗެމްޕިއަންސް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

ޕީއެސްޖީ އިން އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު، ޑެމްބެލޭ ވަނީ އެކަމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. މިދިޔަ ސީޒަންގައި ޑެމްބެލޭ ވަނީ ޕީއެސްޖީ އަށް ކުޅެދިން 53 މެޗުގައި 35 ލަނޑު ޖަހައިފަ އެވެ.

ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުމަށް ފަހު ޑެމްބެލޭ ވަނީ އޭނާގެ މަންމަ އަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފަ އެވެ. އެގޮތުން ޑެމްބެލޭ ބުނެފައި ވަނީ، ކޮންމެ ވަގުތެއްގައި ވެސް އޭނާއާ އެކު ހުރީ އޭނާގެ މަންމަ ކަމަށާއި، މަންމަ އަބަދު ވެސް އޭނާ އަށް ހިތްވަރު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ބެލެންޑިއޯ އެވޯޑުގެ އެންމެ ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ ޔަމާލް އެވެ. އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވުނީ ދާދި ފަހުން ޕީއެސްޖީ ދޫކޮށް މެންޗެސްޓަރ ސިޓީ އަށް ބަދަލުވި ޖިއާންލުއިޖީ ޑޮންނަރުންމާ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕީއެސްޖީ އަށް އިރުޝާދު ދެމުން އަންނަ ލުއިސް އެންރީކޭ އެވެ.

އޮސްމާނޭ ޑެމްބެލޭބެލެންޑިއޯ އެވޯޑުޕީއެސްޖީ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

4

އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި

5

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ބެލެންޑިއޯ ލިބުން ހައްގީ މެސީ އަށް، އަޅާ ކިޔޭނެ ދެ ވަނަ ކުޅުންތެރިޔަކު ނެތް: ބެކަމް

22 ސެޕްޓެމްބަރު 2026
ބެލެންޑިއޯ ލިބުން ހައްގީ މެސީ އަށް، އަޅާ ކިޔޭނެ ދެ ވަނަ ކުޅުންތެރިޔަކު ނެތް: ބެކަމް
10 ސެޕްޓެމްބަރު 2026

ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން

10 ސެޕްޓެމްބަރު 2026
ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން
10 ސެޕްޓެމްބަރު 2026

ފެރާންގެ ހެޓްރިކާ އެކު ޗެމްޕިއަން ޕީއެސްޖީ އަށް ހަ ލަނޑުގެ މޮޅެއް

10 ސެޕްޓެމްބަރު 2026
ފެރާންގެ ހެޓްރިކާ އެކު ޗެމްޕިއަން ޕީއެސްޖީ އަށް ހަ ލަނޑުގެ މޮޅެއް
09 ސެޕްޓެމްބަރު 2026

މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް

09 ސެޕްޓެމްބަރު 2026
މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް
31 އޯގަސްޓު 2026

ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ

31 އޯގަސްޓު 2026
ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ
16 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ

16 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ
13 އޯގަސްޓު 2026

އެސްޓަން ވިލާ ބަލިކޮށް، ޕީއެސްޖީ އިން ޔުއެފާ ސުޕަ ކަޕް ދިފާއުކޮށްފި

13 އޯގަސްޓު 2026
އެސްޓަން ވިލާ ބަލިކޮށް، ޕީއެސްޖީ އިން ޔުއެފާ ސުޕަ ކަޕް ދިފާއުކޮށްފި
09 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ

09 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ
31 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ

31 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ
25 ޖުލައި 2026

ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި

25 ޖުލައި 2026
ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް