ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ
16 އޯގަސްޓު 2026 | އާދީއްތަ 04:53އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އާއެކު ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި. އެހެންކަމުން، 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ޕީއެސްޖީގައި މަޑު ކުރާނެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޕީއެސްޖީ އިން ފެރާން ހޯދާފައި ވަނީ 50 މިލިއަން ޔޫރޯ ނުވަތަ، 42.7 މިލިއަން ޕައުންޑުގެ ފީއަކަށް


ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފެރާން ޓޮރޭސް އެ ޓީމުގެ ޖާާޒީ އަކާ އެކު | ސޯޝަލް މީޑިއާ
ސްޕެއިންގެ ބާާސެލޯނާ އަށް ކުޅެމުން އައި ފެރާން ޓޮރޭސް އެ ކުލަބު ދޫކޮށް، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވެއްޖެ އެވެ.
އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އާއެކު ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެވެ. އެހެންކަމުން، 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ޕީއެސްޖީގައި މަޑު ކުރާނެ އެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ޕީއެސްޖީ އިން ފެރާން ހޯދާފައި ވަނީ 50 މިލިއަން ޔޫރޯ ނުވަތަ، 42.7 މިލިއަން ޕައުންޑުގެ ފީއަކަށެވެ.
ބާސެލޯނާގައި ފެރާން ހޭދަކުރި ފަހު ސީޒަންގައި އޭނާ ވަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ފަހު ސީޒަންގެ ހުރިހާ މުބާރާތެއްގައި އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 49 މެޗުގައި 21 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އިން މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރިއިރު އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ.
ބާސެލޯނާ އިން ފެރާންގެ އެއްބަސްވުން އައު ކުރަން ބޭނުންވީ، މިދިޔަ މަހު ނިމުނު ފީފާ ވޯލްޑް ކަޕްގައި އޭނާ މޮޅު ކުޅުމެއް ދައްކާފައި ވުމުންނެވެ. އާޖެންޓީނާ ބަލިކޮށް ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރީ، ފެރާން ޖެހި ލަނޑުންނެވެ. ނަމަވެސް ބާސެލޯނާާގެ އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި ފެރާން ބޭނުންވީ، ޕީއެސްޖީ އިން ލިބުނު ފުރުސަތުގައި އެ ކުލަބަށް ބަދަލުވުމަށެވެ.
މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށް ފަހު ފެރާން ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އޭނާ ސްޕެއިންގެ ޤައުމީ ޓީމަަށް އެންމެ ފުރަތަމަ ކުޅެން ފެށީ 2020 ވަނަ އަހަރު، ސްޕެއިންގެ ކޯޗަކަށް، ޕީއެސްޖީގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭ ހުއްޓަ އެވެ. ފެރާން ވަނީ މިހާތަނަަށް ޤައުމީ ޓީމަށް ކުޅެދީފައިވާ 65 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ.










