Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ

އެފްއޭއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ކުޑަހުވަދޫ އިން ހުއްދަ ނެތް ދެ ކުޅުންތެރިޔަކު އެ މެޗުގައި ބޭނުން ކޮށްފައިވާ ކަމަށެވެ. ކުޑަހުވަދޫ އިން ޤަވާއިދާ ޚިލާފަށް ކުޅުންތެރިން ބޭނުން ކޮށްފައިވާތީ، އެފްއޭއެމް އިން ނިންމާފައި ވަނީ އެ މެޗު 2-0 އިން ހުރާ އަށް ލިބުނީ ކަމަށް. އެއާ އެކު، ހުރާ އަށް ވަނީ ސެންޓްރަލް ރީޖަންގެ އެއް ވަނަ ލިބިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މެއި 2026 | ހޮނިހިރު 05:24
ސެންޓްރަލް ރީޖަންގެ ލީގުގައި ހުރާ އިން ކުޅުނު މެޗެއްގެ ތެރެއިން.

ސެންޓްރަލް ރީޖަންގެ ލީގުގައި ހުރާ އިން ކުޅުނު މެޗެއްގެ ތެރެއިން. | ފޭސްބުކް

މިހާރު ކުރިއަށްދާ އެފްއޭއެމް ރީޖަނަލް ލީގުގެ ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ކ.ހުރާ އަށް ލިބިއްޖެ އެވެ.

ހުރާ އަށް ޗެމްޕިއަންކަން ލިބިފައި ވަނީ ދ.ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމަށް ދިނުމަށް ނިންމުމުންނެވެ. ލީގުގެ ފަހު މެޗުގައި ކުޑަހުވަދޫ އާއި ހުރާ ބައްދަލު ކުރިއިރު، އެ މެޗު ކުޑަހުވަދޫ އިން ވަނީ 4-1 އިން ކާމިޔާބު ކޮށްފަ އެވެ. އެއާ އެކު، ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން އަދި ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ޖާގަ ކުޑަހުވަދޫ އަށް ލިބުނެވެ. 

ނަމަވެސް، އެފްއޭއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ކުޑަހުވަދޫ އިން ހުއްދަ ނެތް ދެ ކުޅުންތެރިޔަކު އެ މެޗުގައި ބޭނުން ކޮށްފައިވާ ކަމަށެވެ. ކުޑަހުވަދޫ އިން ޤަވާއިދާ ޚިލާފަށް ކުޅުންތެރިން ބޭނުން ކޮށްފައިވާތީ، އެފްއޭއެމް އިން ނިންމާފައި ވަނީ އެ މެޗު 2-0 އިން ހުރާ އަށް ލިބުނީ ކަމަށެވެ. އެއާ އެކު، ހުރާ އަށް ވަނީ ސެންޓްރަލް ރީޖަންގެ އެއް ވަނަ ލިބިފަ އެވެ.

އެގޮތުން ހަ މެޗުން ހުރާ އަށް 13 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި ކުޑަހުވަދޫ އަށް ލިބެނީ ހަ މެޗުން އަށް ޕޮއިންޓެވެ. ތިން ވަަނައިގައި ދ.މީދޫ އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް އދ.މަހިބަދޫ އަށް ލިބެނީ ހަތަރު ޕޮއިންޓެވެ. 

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ޖުމުލަ ހަ ޓީމެއް ކުޅޭއިރު، ލީގުން ޖާގަ ލިބޭނީ ހަތަރު ޓީމަކަށެވެ. މިވަގުތު ފަސް ޓީމަކުން މި ވަނީ ކޮލިފިކޭޝަންގެ ޖާގަ ހޯދައިފަ އެވެ. އެއީ ކުލަބު ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބުގެ އިތުރުން، ބިސް ބުރު ސްޕޯޓްސް ކުލަބާއި، ހއ.ދިއްދޫ އަދި ހުރާ އެވެ. ބާކީ ދެން އޮތީ ސައުތު ރީޖަނަލް ލީގުގެ ޖާގަ އެވެ.

އެފްއޭއެމް ރީޖަނަލް ލީގުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

07 މާރިޗު 2026

އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ

07 މާރިޗު 2026
އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ
24 ފެބުރުއަރީ 2026

ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި

24 ފެބުރުއަރީ 2026
ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި
23 ފެބުރުއަރީ 2026

ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ

23 ފެބުރުއަރީ 2026
ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ
12 ފެބުރުއަރީ 2026

ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ

12 ފެބުރުއަރީ 2026
ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ
09 ފެބުރުއަރީ 2026

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު