Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓު

ކޮޅުފުށީގެ 100 ހައުސިންގ ޔުނިޓުތައް ނިންމައި ހަވާލުކުރި ފަހުން 4 މަސް، ފެނާއި، ކަރަންޓު އަދި ނަރުދަމާ ގުޅޭނެ ދުވަހެއް ނޭނގޭ

އެ މަސައްކަތް ފެނަކަ ކޯޕްރޭޝަންއާ ހަވާލު ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ޖޫން 2025 | ބުދަ 08:07
ރައްޔިތުން މަޖިލީހުގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ

މ.ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމައި ހަވާލުކުރި ނަމަވެސް އެ ޔުނިޓްކަށް ފެނާއި، ކަރަންޓު އަދި ނަރުދަމާ ގުޅޭނެ ދުވަހެއް ނޭނގޭ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް ވަނީ މ.ކޮޅުފުށީގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓްތައް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިމިފައިވާއިރު، ފެނާއި، ކަރަންޓު އަދި ނަރުދަމާ ގުޅޭނެ އެއްވެސް ގޮތެއް ނެތުމުގެ ސަބަބުން ހަތަރު މަސްވެގެން ދިޔައިރު ވެސް ރައްޔިތުންނާ ހަވާލުނުކުރެވިފައިވާތީ، އެ މަސައްކަތް ކުރެވޭނެ ދުވަހަކާ ގުޅޭގޮތުން މެންބަރު ނައުފަލް ސުވާލުކުރެއްވިއެވެ.

Advertisement - newsAdvertisement

މިސުވާލުތަކަށް މިނިސްޓަރު މުއްތަލިބު ވިދާޅުވީ ކޮޅުފުށީގައި އިމާރާތް ކުރި، 100 ހައުސިންގ ޔުނިޓުގެ މަސައްކަތް އެއްކޮށް ނިންމައި، ހަވާލުކޮށްފައިވާ ކަމަށެވެ. އެ ހައުސިން ޔުނިޓްތައް ހަވާލުނުކުރެވެނީ ފެނާއި، ކަރަންޓު އަދި ނަރުދަމާ ނުގުޅޭތީ ކަމަށާއި، އެ މަސައްކަތް ފެނަކަ ކޯޕްރޭޝަންއާ ހަވާލު ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޝްރޫއު އަޅުގަނޑުމެން ނިންމާފައި ކޮންޓްރެކްޓަރ އަޅުގަނޑުމެންނާ ހަވާލުކޮށްފައިވަނީ. އެގެތަކަށް މީހުންނަށް ނުވަދެވި ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށް ނުދެވޭތީ. ކުރީގެ ހައުސިން މިނިސްޓްރީން އޭރުގެ އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައި. ކުރިން ވެސް އަޅުގަނޑު ދެންނެވިން ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިއަށް ގެންދަނީ މުޅި ރަށުގައި ހިންގާ ބޮޑު މަޝްރޫއެއް ވެއްޖެއްޔާމުން. އަލަށް އާބާދުވާ ސަރަހައްދުތައް ނުވަތަ ނުގުޅާ ހުންނަ ސަރަހައްދުތަކަށްވެއްޖެއްޔާ އެ ކުރިއަށް ގެންދަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ތެރެއިން އޮޕަރޭޭޓަރާ ގުޅިގެން. އެންވަޔަރަމެންޓް މިނިސްޓްރީން މިހާރު އެ މަސައްކަތްތަކެއް އެބަކުރޭ ފެނަކައިން އެ މަސައްކަތް ހަވާލު ކުރުމަށްޓަކައި. މާލަސްތަކެއް ނުވެ ކުރިއަށް ގެންދާނެ
ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ އެއްބަސްވުން ހެދުމުގެ މަސައްކަތް ހައުސިންގ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާއެކު ކުރިއަށް ގެންދާ ކަމަށެވެ.

ހަމައެއާއެކު ދަންނަވާލަން 100 ގޯތީގެ އެގްރިމެންޓް ހެދުމުގެ މަސައްކަތް މިހާރު އެޗްޑީއެފްސީއާއެކު އެބަ ކުރިއަށް ގެންދަން. ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ނިންމަވާފައި އެމްޑީޕީގެ ސަރުކާރުގައި އެގްރިމެންޓް ހަދާފައި ހުރި 5000 ރުފިޔާއަށް މަހަކު ދައްކަން ޖެހޭ ގޮތަކަށް އެގޭތަކުގެ ވެރިން. ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ އެހެންތަންތަނުގެ ސޯޝަލް ހައުސިން ނަންގަވާ އުސޫލުން 3333 ރުފިޔާއަށް މަހު ކުލި ކުޑަ ކުރުމަށް. އެއާއެކު މިހާރު ރައްޔިތުންނާއެކު އެގްރިމެންޓް ހެދުމުގެ މަސައްކަތް އެގެތަކުގެ ވެރިންނާއެކު އެގްރިމެންޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.
ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ހައުސިންގ ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެވެ.

މި މަޝްރޫއަށް ހަރަދުކޮށްފައިވަނީ ދިވެހި ސަރުކާރުން ޕީއެސްއައިޕީގެ ބަޖެޓުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު