Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޯތް ހާބަރު

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

ކުރިން ދުވާލަކަށް ނަގަނީ 11 ރުފިޔާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 ޖެނުއަރީ 2017 | އަންގާރަ 19:29
މާލޭ ނޯތް ހާބަރ: ވެހިކަލް ވަންނަ ކޮންމެފަހަރަކު ފީނަގާނެ

މާލޭ ނޯތް ހާބަރ: ވެހިކަލް ވަންނަ ކޮންމެފަހަރަކު ފީނަގާނެ

މާލޭ ނޯތު ހާބަރަށް އެއްގަމު އުޅަނދު ވަންނަ ކޮންމެ ފަހަރަކު އެ ވެހިކަލަކުން ފީއެއް ނަގާ ގޮތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހަމަ ޖައްސައިފިއެވެ.

އެމްޕީއެލްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ފީ ބުދަ ދުވަހު (މާދަމާ)ން ފެށިގެން ނަގާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބުދަ ދުވަހުން ފެށިގެން ނޯތު ހާބަރަށް ވަންނަ ކާރާއި ކުދި ޕިކަޕަކުން ވަންނަ ކޮންމެ ފަހަރަކަށް ޖީއެސްޓީއާއެކު 5 ރުފިޔާ ނަގަމުން ގެންދާނެ ކަމަށެވެ. އަދި ބޮޑު ޕިކަޕް، ލޮރީ، ވޭން ފަދަ ތަކެތިން ވަންނަ ކޮންމެ ފަހަރަކަށް ޖީއެސްޓީއާއެކު 10 ރުފިޔާ ނަގާނެ ކަމަށް ވެސް އެމްޕީއެލްގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން ކޮންމެ ވެހިކަލެއްވެސް އެ ސަރަހައްދަށް ވަނުމަށް ނަގަނީ ދުވާލަކަށް 11 ރުފިޔާއެވެ.

މީގެ އިތުރުން އެސަރަހައްދުގައި ސައިކަލް ޕާކް ކުރެވޭ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ނޯތު ހާބަރުގައި އެއް ގަޑިއިރަށް 5 ރުފިޔާގެ ފީއެއް ދެއްކުމަށްފަހު ޕާކް ކުރެވޭނެ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. ކުރިން އެ ސަރަހައްދަކަށް ސައިކަލަކަށް ނުވަދެވެއެވެ. އަދި ޕާކެއްވެސް ނުކުރެވެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި ނޯތު ހަބަރަށް އެއްބަޔަކު އަންނި ޖެޓީއޭ ކިޔާއިރު މިސަރުކާރުން ވަނީ އެތަނުގެ ނަން މީރުބަހުރު ބަނދަރުގެ ނަމަށް ބަދަލު ކޮށްފައެވެ. ނަމަވެސް މިހާރު ވަނީ އެނަން އަނެއްކާވެސް ނޯތު ހާބަރަށް ބަދަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
05 މާރިޗު 2017

ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

05 މާރިޗު 2017
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު