Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ހާލު ކިހިނެއް" މީދޫ

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

3 އޮކްޓޯބަރު 2026 | ހޮނިހިރު 03:44

ދ. މީދޫގައި ހުއްޓިފައިވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރާއްޖެޓީވީން ތައްޔާރުކުރި "ހާލު ކިހިނެއް" ޕްރޮގްރާމް އެ ރަށުގައި ދެއްކުމަށް ކުރި މަސައްކަތަށް، ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލަރަކު ހުރަސްއަޅުއްވައި ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވައިފި. މި ޕްރޮގްރާމް ދެއްކުމަށް ހުރަސްއެޅީ ރަށުގެ މަޝްރޫއުތައް ހުއްޓިފައިވާތީ ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ފާޅުވެދާނެތީ ކަމަށް ބެލެވޭއިރު، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅި ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޮކްޓޯބަރު 2026 | ހޮނިހިރު 03:44
މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ދެއްކުމަށް ހުރަސްއަޅައި ފުލުހުން މެދުވެރިކޮށް ހުއްޓުވުން

މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ދެއްކުމަށް ހުރަސްއަޅައި ފުލުހުން މެދުވެރިކޮށް ހުއްޓުވުން | ރާއްޖެ އެމްވީ

ދ. މީދޫގައި ރާއްޖެޓީވީން ޝޫޓްކުރި "ހާލު ކިހިނެއް" ޕްރޮގްރާމް އެ ރަށުގެ ބޮޑު ސްކްރީންގައި އެޅުވުމަށް ކުރި މަސައްކަތަށް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލް ރައީސް ހުރަސްއަޅުއްވައި، ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވައިފި އެވެ.  ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށެވެ. 

މި ޕްރޮގްރާމް ދެއްކުމަށްޓަކައި އެކި ތަންތަނުން ކަރަންޓު ހޯދައިގެން ބަޔަކު ވަނީ ބުރަ މަސައްކަތްތަކެއް ކޮށް، ހުރިހާ އިންތިޒާމެއް ހަމަޖައްސާފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ރަށުން ވާހަކަ ދެއްކި މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕްރޮގްރާމް ދެއްކުމަށް ތައްޔާރުވެފައި ވަނިކޮށް، ޕީއެންސީގެ ފަރާތުން މީދޫ ކައުންސިލަށް ދާދި ފަހުން އިންތިޚާބުވި ސުހާ އިބްރާހީމް ވަނީ އެތަނުގައި ޝޯވް ނުދެއްކޭނެކަން އަންގާފަ އެވެ.

މަސްލަހަތު ނަގާނުލައި އެކަން ހުއްޓާލުމަށް ސުހާ އަންގަވާ އޯޑިއޯ ރެކޯޑިންގތައް ވެސް މިހާރު ވަނީ "ރާއްޖެއެމްވީ" އަށް ލިބިފަ އެވެ. އެ ރެކޯޑިންގތަކުގައި ސުހާ ވިދާޅުވެފައިވަނީ މަސްލަހަތު ނަގާނުލައި އެކަން ހުއްޓާލުމަށާއި، އެކަން ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ މަސްލަހަތު ނަގާލުން ކަމަށެވެ.

ރަށުން މައުލޫމާތު ދިން މީހުން ކިޔައިދިން ގޮތުގައި، ކައުންސިލުން ފަހުން ވަނީ ފުލުހުން ފޮނުވައިގެން އެކަމަށް ހުރަސް އަޅާފަ އެވެ. އަދި އެ ސަރަހައްދަށް ދިޔަ ފުލުހުން ވަނީ އެމީހުންގެ ވާޖިބަށް ހުރަސްނޭޅޭނެ ގޮތަށް އަމަލުކުރުމަށްވެސް އަންގާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ޕްރޮގްރާމްގެ މަސައްކަތް މީދޫގައި ކުރަމުންދަނިކޮށް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ބަޔަކު އެތަނަށް އެއްވެ ހަމަނުޖެހުންވެސް ހިންގާފައިވެ އެވެ. އަދި އެ މަންޒަރުތައްވެސް މި ޕްރޮގްރާމްގައި ހިމެނެ އެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި އެ ސަރަހައްދަށް އެއްވި މީހުން ވަނީ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ރާއްޖެޓީވީގެ ކެމެރާ ފަދަ އަގުބޮޑު ސާމާނުތަކަށް ގެއްލުން ދިނުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ރާއްޖެޓީވީން ތައްޔާރުކުރާ "ހާލު ކިހިނެއް" ޕްރޮގްރާމަކީ ރަށްރަށުގެ މިހާރުގެ ހާލަތާއި، ސަރުކާރުން ފަށާފައިވާ ނަމަވެސް މިހާރު ހުއްޓިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް ފުރުސަތު ދޭ ޕްރޮގްރާމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދ. މީދޫގައި ވެސް ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ހުއްޓިފައެވެ. މި ޕްރޮގްރާމް ހުއްޓުވުމަށް މަސައްކަތް ކޮށްފައިވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ފާޅުވެދާނެތީ ކަމަށް ބެލެވެއެވެ.

ދ. މީދޫރާއްޖެ ޓީވީހާލު ކިހިނެއްސުހާ އިބްރާހިމްޕްރެސް ފްރީޑަމް

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2026

ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

03 އޮކްޓޯބަރު 2026
ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
03 އޮކްޓޯބަރު 2026

ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!

03 އޮކްޓޯބަރު 2026
ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!
02 އޮކްޓޯބަރު 2026

ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!

02 އޮކްޓޯބަރު 2026
ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!
01 އޮކްޓޯބަރު 2026

ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!

01 އޮކްޓޯބަރު 2026
ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!
27 ސެޕްޓެމްބަރު 2026

ރާއްޖެޓީވީއަށް ވަދެ، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލި މައްސަލައިގެ ހެއްކާއި ގަރީނާ ނެތިގެން ކަމަށް ބުނެ 1 އަހަރާ 9 މަސްފަހުން މައްސަލަ ފައިލްކޮށްފި

27 ސެޕްޓެމްބަރު 2026
ރާއްޖެޓީވީއަށް ވަދެ، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލި މައްސަލައިގެ ހެއްކާއި ގަރީނާ ނެތިގެން ކަމަށް ބުނެ 1 އަހަރާ 9 މަސްފަހުން މައްސަލަ ފައިލްކޮށްފި
26 ސެޕްޓެމްބަރު 2026

މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި

26 ސެޕްޓެމްބަރު 2026
 މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި
25 ސެޕްޓެމްބަރު 2026

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

25 ސެޕްޓެމްބަރު 2026
ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!
25 ސެޕްޓެމްބަރު 2026

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

25 ސެޕްޓެމްބަރު 2026
މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި
24 ސެޕްޓެމްބަރު 2026

ވައިޓް ހައުސްއަށް ވަނުން މަނާކޮށްފައިވާ ސީ.އެން.އެން، އެމް.އެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިންނަށް އަލުން އެ ފުރުސަތު ވަގުތުން ހަމަޖައްސައިދިނުމަށް އެމެރިކާގެ ކޯޓަކުން ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އަމުރުކޮށްފި

19 ސެޕްޓެމްބަރު 2026

ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރަން ޓްރަމްޕް ނިންމަވައިފި

19 ސެޕްޓެމްބަރު 2026
ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް