Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަސްވާރު ޕްރޮގުރާމް

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

ދަސްވާރު ޕްރޮގްރާމް ފުރިހަަމަކޮށް މިހާރު ވެސް މަހަކު މުސާރައަށް 16،000 ރުފިޔާ ހޯދަމުން ގެންދާ ޒުވާނުން އެބަތިބި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2017 | ހުކުރު 20:40
ދަސްވާރު ޕްރޮގުރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ރަސްމީއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

ދަސްވާރު ޕްރޮގުރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ރަސްމީއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

ދިވެހި ޒުވާނުންނަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު އެކަނި ވެސް 1،000 އަށްވުރެ ގިނަ ކުދިން ވަޒީފާގެ ބާޒާރަށް ނިކުމެފައިވާ ކަމަށް ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޑރ. ޢާއިޝަތު ޝިހާމް މިމޭރުމުން ވިދާޅުވީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ދަސްވާރު ޕްރޮގްރާމްގެ ދަރިވަރުންނަށް ސަނަދު ދިނުމަށް ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޑރ. ޢާއިޝަތު ޝިހާމް ވިދާޅިވީ ދަސްވާރު ޕްރޮގްރާމް ހިންގަން މިހާރު 231 ކުންފުންޏެއްގެ އެހީތެރިކަން ލިބޭ ކަމަށެވެ. އަދި މިދިޔަ އަހަރަށް ބެލި ނަމަވެސް ރާއްޖެތެރޭގެ ސްކޫލްތަކުން 800 އަށްވުރެ ގިނަ ދަރިވަރުން މިޕްރޮގްރާމް ފުރިހަަމަކުރި ކަމަށާއި މާލޭ ސަރަހައްދުގެ ސްކޫލްތަކާ އެކު 1،000 އަށްވުރެ ގިނަ ދަރިވަރުން ދަސްވާރު ޕްރޮގްރާމް ފުރިހަަމަކުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިޕްރޮގްރާމް މިހާތަނަށް ފުރިހަަމަކުރި ދަރިވަރުންގެ ތެރެއިން 80 އިންސައްތަ ދަރިވަރުން މިހާރު މަތީ ތައުލީމު ހާޞިލުކުރަމުން ގެންދާ ކަމަށެވެ. އަދި މިޕްރޮގްރާމް މިހާ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވެނީ ބެލިނިވެރިން ދެމުން ގެންދާ ތަރުޙީބު ބޮޑުކަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަސްވަރު ޕްރޮގުރާމް ނިންމާ ވަޒީފާގެ މާހައުލުގައި އުޅެމުންދާ ކުދިންނާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ ދިވެހި ޒުވާނުންނަކީ ހުނަރުވެރި މަސައްކަތްތެރި ބައަކަށް ހެދުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމް ފުރިހަަމަކޮށް މިހާރު ވެސް މަހަކު މުސާރައަށް 16،000ރ. ހޯދަމުން ގެންދާ ޒުވާނުން އެބަތިބި ކަމަށެވެ.

ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ކޮންމެ ކުއްޖަކީ ފޮތުން ކިޔަވަން މޮޅުވާނެ ކުއްޖެއް ނޫން ކަމަށާއި ފޮތުން ކިޔަވަން ނުވަތަ ސްކޫލުގައި ދެވޭ ޢާންމު ތައުލީމަށް މޮޅުވަން ހުރަސްއެޅޭ ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލްތަކުގައި ތިބޭ ކަމަށެވެ. އަދި މިހާތަނަށް އެފަދަ ކުދިންނާ މެދު އަމަލުކުރަމުން އައި ގޮތުން އެފަދަ ދަރިވަރުން އައީ ބާކީވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު