Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސުރުހީ

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ކަންކަން ބަދަލުކުރުމުގެ ފުރުސަތު އެބައޮތް، ދޮރުތަކެއް ބަންދެއް ނުވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2017 | ހުކުރު 02:00
ޖުމްހޫރި ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް: ކަންކަން ބަދަލުކުރެވޭނެ ކަމަށް ރިޔާޒް ވިދާޅުވި

ޖުމްހޫރި ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް: ކަންކަން ބަދަލުކުރެވޭނެ ކަމަށް ރިޔާޒް ވިދާޅުވި

ގައުމު އިސްލާހުގެ މަގަށް ގެންދިއުމަށް އިދިކޮޅު ސިޔާސީ ތިން ލީޑަރުން ގުޅިވަޑައިގެން ގޮތްތަކެއް ނިންމައިފިނަމަ، އެ މަގަކަށް ގައުމު އެނބުރިގެންދާނެ ކަމަށް ޖުމްހޫރި ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކިނބިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ރިޔާޒް ވިދާޅުވީ ރާއްޖެގައި ތިއްބެވި އެންމެ މަގުބޫލު ލީޑަރުންނަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުއްޤައްޔޫމާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށެވެ. ޤައުމުގައި ހުރި މައްސަލަތަކާއި ގުޅޭ ގޮތުން މި ތިންބޭފުޅުންގެ މެދުގައި ވާހަކަދެކެވެންޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރިޔާޒް ވިދާޅުވީ، ތިން ބޭފުޅުންގެ މެދުގައި ހުރި ހިޔާލު ތަފާތުވުންތައް، ޤައުމަށްޓަކައި ދޫކޮށްލަވަންޖެހޭ ކަމަށެވެ. މި ތިން ބޭފުޅުން ޤައުމު ގެންދަވާނެ މިސްރާބެއް ނިންމަވައިފިކަމުގައިވާނަމަ އެގޮތަކަށް ޤައުމު އެނބުރިގެންދާނެ ކަމަށް، ޕޮލިސް ކޮމިޝަނަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމިދުކުރަން އެނގޭތޯ. އަޅުގަނޑު ހުރިހާ ދޮރެއް ބަންދެއް ނުކުރަން. އަޅުގަނޑަށް އެބަފެނޭ އުއްމީދުގެ އަލި... އަޅުގަނޑު ބެލުންތެރިންނަށްވެސް ދަންނަވާނީ އެއްވެސް ގޮތަކަށް އުއްމީދު ގެއްލުވާ ނުލާށޭ،" ރިޔާޒް ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރިޔާޒް ވިދާޅުވި، އެންމެ ބޮޑު ތަރައްޤީއަކީ އެ ޤައުމެއްގައި ދިރިއުޅޭ ބަޔަކަށް، އެ ޤައުމެއްގައި މިނިވަންކަމާއެކުގައި ދިރިއުޅެވުން ކަމަށެވެ. ނަމަވެސް އެ މަންޒަރު މިއަދު ރާއްޖެއިން ފެނިގެންނުދާކަމަށް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަދު ސަރުކާރު ނުރުހޭ ކޮންމެ އެއްޗެއް ބުނާ މީހަކަށް އޮތީ ޖަލު ގޮޅި ކަމަށެވެ.

ރިޔާޒް ވިދާޅުވީ ބޮޑެތި އިމާރާތްތައް އެޅުމަށްފަހު، އެއީ ތަރައްޤީކަމަށް ދެއްކި ނަމަވެސް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ. ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކޮށް އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ދަށަށް ގޮސްފައިވާ ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރު މިހާރު ދައްކާ ތަރައްޤީއާއެކު ކުރިއަށް އޮތްތަނުގައި ރައީސް ޔާމީން، ރައްޔިތުންނަށް ވިއްކޭނެކަމަށް ގަބޫލުނުކުރައްވާކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ދެން އިތުރަށް ރައީސް ޔާމީނެއް ނުވިއްކޭނެ. ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ވާގޮތް. ރައްޔިތުން ތިބީ ސަރުކާރުން ހިނގާ ކަންކަމާއި މެދު ހިތްހަމަނުޖެހިފައި،" ރިޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު