Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ ރިޒާވް

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ނަގާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2017 | ބުރާސްފަތި 13:04
އެމްއެމްއޭ

އެމްއެމްއޭ

ރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށް އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ދަރަންޏަށް ނެގުމުން ތިން މަސް ފަހުން ގާތްގަނޑަކަށް ދެ ބިލިއަން ދިވެހި ރުފިޔާ ދިވެހި ސަރުކާރުން ދައްކަން ޖެހިއްޖެ އެވެ.

މިިދިޔަ ޑިސެމްބަރު މަހު ދިވެހިރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށްޓަކައި ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ނެގީ އެއަށްވާ ދިވެހި ފައިސާ އެ ބޭންކްގައި ބެހެއްޓުމަށް ފަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައި ވެއެވެ.

Advertisement - newsAdvertisement

އެމްއެމްއޭ އިން ބުނީ ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ރާއްޖޭގެ ސަރުކާރަށް ދީފައިވަނީ ސްވެޕް އެރޭންޖްމެންޓެއްގެ ދަށުން ކަމަށެވެ. ސްވެޕް އެރޭންޖްމެންޓަކީ އެގައުމެއްގެ އަމިއްލަ ފައިސާ އާއި ޑޮލަރު ނުވަތަ އެނޫން ވެސް އެހެން ފައިސާއަކާ ބަދަލު ކުރުމުގެ މުއާމަލާތަށް ކިޔާ ނަމެކެވެ.

މިއީ ސާކްގެ ހުރިހާ ގައުމަކަށް ރިޒާވް ބޭންކް އޮފް އިންޑިޔާ އިން ހަމަޖައްސާފައިވާ ކުރު މުއްދަތުގެ ފައިސާގެ މުއާމަލާތެކެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ އިން ބުނީ، 100 މިލިއަން ޑޮލަރު އެމްއެމްއޭ އިން އިންޑިޔާގެ ރިޒާވުން ނަގާފައިވަނީ ސާކް ގައުމުތަކަށް އޮންނަ ޚާއްސަ އިނާޔަތެއްގެ ދަށުން ކަމަށެވެ. އަދި މިއީ މި އިނާޔަތުގެ ބޭނުން ރާއްޖެ އިން ހިފި ފުރަތަމަ ފަހަރު ކަަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެފައިސާ ނަގާފައި ވަނީ ދިވެހި ރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށް ކަމަށާއި މިއީ ތިން މަސް ފަހުން އަނބުރާ ދައްކަން ޖެހޭ ގޮތަށް ނެގި އަދަދެއް ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ނަގާފައިވާ އިރު މިއީ ދިވެހި ރުފިޔާ އިން ނަމަ، 1.5 ބިލިއަން ރުފިޔާ އެވެ. މި ފައިސާ ނަގާފައި ވަނީ ތިން މަހުގެ ތެރޭގައި ތިން ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައެވެ. އެހެންކަމުން ދިވެހި ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ އިތުރަށް 46 މިލިއަން ރުފިޔާ އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަން ޖެހެއެވެ. އެމްއެމްއޭ އިން ބުނީ މި ފައިސާ ސަރުކާރުން އަނބުރާ ދައްކަން ކަނޑައަޅާފައި ވަނީ ބްލެޓް ޕޭމެންޓް ނުވަތަ ހުރިހާ ފައިސާއެއް އެއްފަހަރާ ދައްކާ ގޮތަށް ކަމަށެވެ. އެހެން ކަމަށްވާ ނަމަ މި ފައިސާ އޭޕްރީލް މަހުގެ ތެރޭގައި ދައްކަން ޖެހޭ އިރު ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހެއެވެ.

އެމްއެމްއޭ އިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު ޑިސެންބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 200 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ދައުލަތުގެ ރިޒާވް ހަމަޖެއްސުމަށް 100 މިލިއަން ޑޮލަރު ނަގާފައިވާ އިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ އެއަރޕޯޓްސް ކޮމްޕެނީ އަށް 140 މިލިއަން ޑޮލަރު ކޯޕަރޭޓް ބޮންޑްގެ ގޮތުގައި އެމްއެމްއޭ އިން ވަނީ ވިއްކާފަ އެވެ. އަދި މި ބޮންޑަކީ ރާއްޖޭގެ މާކެޓަށް ވިއްކާފައިވާ ބޭރު ފައިސާގެ ބޮންޑަކަށް ވާތީ އެމްއެމްއޭގެ ޔޫޒަބަލް ރިޒަރވްގައި މިއަދަދު ހިމެނިފަ ނުވާ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަން ޖެހޭ ހާލަތަށް ވެއްޓިފައިވާ އިރު 2017 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިދިއަ އަހަރުގައި މިއަދަދު އުޅެނީ 666.7 މިލިއަން ޑޮލަރުގަ އެވެ.

މީގެ އިތުރުން ވެސް ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި ސަރުކާރުގެ ޚަރަދުތައް މެނޭޖް ކުރުމަށްޓަކާ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑް ވިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު