Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިންގެ ޝަރީއަތް

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ދިފާއީ ހަތް ހެކިންގެ ތެރެއިން ހެކި ބަސް ނަގަނީ ތިން ހެކިންގެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2017 | އާދީއްތަ 14:41
ފިޔާޒު ކޯޓަށް ވަންނަނީ: ފިޔާޒު ވަނީ ދައުވާ އަށް އިންކާރުކޮށްފަ

ފިޔާޒު ކޯޓަށް ވަންނަނީ: ފިޔާޒު ވަނީ ދައުވާ އަށް އިންކާރުކޮށްފަ

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މުސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާ ނިންމައިފި އެވެ.

ފިޔާޒުގެ މައްޗަށް ކުރަނީ ފުލުހެއްގެ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ. އެއީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

Advertisement - newsAdvertisement

ފިޔާޒުގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީ ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވާއަކީ އަސްލެއް ނެތް ދައުވާއެއް ކަމަށް ފިޔާޒު ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާކޮށް، ކޮންމެ މީހަކު 28،800 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފިޔާޒުގެ މައްޗަށް ފުރަތަމަ އުފުލީ ފުލުހެއްގެ ގައިގައި ޖެހިކަމުގެ ދައުވާ އެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންގޮސް އަލުން ދައުވާކުރީ ފުލުހެއްގެ ގައިގައި އަތްލިކަމުގެ ދައުވާއެވެ.

އެ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ތިން ހެކިވެރިންގެ ހެކިބަސް ނަގައި ވަނީ ނިންމައިފަ އެވެ. ފިޔާޒުގެ ޝަރީއަތް އަލުން މިފެށީ ޝަރީއަތް މެދުކެނޑިފައި އޮންނަތާ ހަތް މަސް ފަހުންނެވެ. އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ.

ފިޔާޒު ޖެހި ކަމަށް ބިުނާ ފުލުސް މީހާ، މުހައްމަދު ޝާހީން

ފިޔާޒުއާ ދެކޮޅަށް ހެކި ބަސް ދިނީ ތިން ފުލުހުންނެވެ. އެ ތިން ފުލުހުންނަކީ ވިސާމާއި ލީވާނާ ދެކޮޅަށް ވެސް ހެކި ބަސް ދިން ތިން ފުލުހުންނެވެ.

ހެކި ބަސް ދެމުން މުހައްމަދު ޝާހީނު ބުނީ އޭނާގެ މޭމަތީގައި ފިޔާޒު ޖެހިކަމަށާއި އަދި ޖެހުމުން ވަރަށް ބޮޑަށް މެޔަސް ތަދުވި ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ނުދައްކާ ކަމަށް އޭނާ ބުންނެވެ. މީގެ އިތުރުން ޝާހީނު ބުނީ، ސްޓޭޑިއަމް ސަރަހައްދުން ފިޔާޒު ދުރުކުރުމަށް ހިނގާފައި ދިޔައީ ފިޔާޒުއާއެއްކޮށް ކަމަށެވެ.

ފިޔާޒުއާއެއްކޮށް ހިނގާފައި ދިޔަ ކަމަށް ޝާހީނު ބުނި އިރު، ދެން ހެކި ބަސް ދިން ހުސެއިން އަބްދުﷲ އާއި އަލީ ސަރާއު ބުނީ ޝާހީނު ދިޔައީ ވަކިން ކަމަށެވެ. އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުރަތަމަ ކުރި އަމުރަށް ކިޔަމަންވި ކަމަށް ވެސް ސަރާއުއާއި ހުސެއިން އަބްދުﷲ ބުންޏެވެ. އަދި އެ ސަރަހައްދު ދޫކޮށް ދިއުމަށް ފިޔާޒު ހިނގާފައި ދިޔަ ކަމަށް ވެސް އެ ދެމީހުން ބުންޏެވެ.

ފިޔާޒު އާއި ލީވާނާއި ވިސާމަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން އެމްޕީއެލް ސްޓާފް ކުއާޓާސް ތެރެއަށް ވަދެ އެތަނުގެ ގޭޓު ލަައްޕައިގެން ބާގަނޑަކުން ބޭރު ބަލަން ތިބި ކަމަށް، ހުސެއިން އަބްދުﷲ ބުންޏެވެ. އަދި އެ ތަނުން ނުކުމެއް، ސަރަހައްދު ދޫކޮށް ދިއުމަށް ބުނުމުން އެ ތިން މީހުން ވެސް ދިޔަ ކަމަށް ހުސައިން އަބްދުﷲ ބުންޏެވެ.

ސަރާއު ބުނީ އެ ސަރަހައްދުގައި ހިނގި ހުރިހާ ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް ޝާހީނުގެ މޭމަތީގައި ފިޔާޒު ޖެހި ތަން ފެނުނު ކަމަށެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި އޮންނާނީ ފިޔާޒުގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ހަތް ހެކީން ތެރެއިން ތިން ހެކިންގެ ހެކި ބަސް ނެގުމެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ބާކީ ތިބި ހެކިންގެ ހެކި ބަސް ނެގުމާ މެދު ގޮތެއް ނިންމާނީ އެ އަޑުއެހުމުގައި ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު