Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިޒްރޭލް ޕާސްޕޯޓް މަނާކުރުން

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

މަޖިލީހުގެ ކޮމެޓީ މަރުޙަލާގައި އިސްރާއީލް ޕާސްޕޯޓުގެ މައްސަލަ ޕާކު ކޮށްފައި އޮތްތާ 300 ދުވަސްވީ ފަހުން، އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ފާސް ކުރީ މިއަހަރުގެ އޭޕްރީލް މަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޖޫން 2025 | ހޮނިހިރު 09:44
ފޮރިން މިނިސްޓަރު ޚަލީލް، ވަޒީރު ވިދާޅުވީ އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް

ފޮރިން މިނިސްޓަރު ޚަލީލް، ވަޒީރު ވިދާޅުވީ އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމުގެ ސަބަބުން ދިވެހި ރާއްޖެ އަށް، ބައިނަލްއަޤުވާމީ މުޖުތަމައުގައި އުނދަގޫ ތަކެއް ކުރިމަތިވި ކަމަށް ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުޙަލާގައި އިސްރާއީލް ޕާސްޕޯޓުގެ މައްސަލަ ޕާކު ކޮށްފައި އޮތްތާ 300 ދުވަސްވީ ފަހުން، އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ފާސް ކުރީ މިއަހަރުގެ އޭޕްރީލް މަހު އެވެ. އެ ބިލު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެ ބިލު ތަސްދީޤު ކުރެއްވީ، ހަމަލާތައް ހުއްޓާލަން ދެން އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމަށެވެ.

Advertisement - newsAdvertisement

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ހުށަހެޅުއްވި އެ ބިލުގައި ހިމަނާފައި އޮތީ، އިސްރާއީލް ޕާސްޕޯޓު މަނާކޮށް، އިސްރާއީލް ޕާސްޕޯޓާ އެކު ޑުއަލް ޕާސްޕޯޓު ގެން ގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.

ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރި އިރު، އިސްރާއީލް ޕާސްޕޯޓު އޮންނަ މީހަކަށް ވިޔަސް، އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ ރާއްޖޭ އެތެރެ ވެވޭނެ އެވެ. އަދި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލައިފި ނަމަ، އިސްރާއީލްގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ދައުލަތުގެ މީޑިއާ އަށް ޚާރިޖީ ވަޒީރު ޚަލީލް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވެފައި ވަނީ، އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމަކީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކުން މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. ޚަލީލް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އެކަން ކޮށްފައި އޮތް ނަމަވެސް، ރާއްޖެ ކަހަލަ ކުޑަ ޤައުމަކުން އެކަން ކޮށްފައި ނެތް ކަމަށެވެ.

ޚަލީލް ވިދާޅުވީ ރާއްޖެ އިން އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމުގެ ސަބަބުން، ބައިނަލްއަޤުވާމީ ގޮތުން ރާއްޖެ އަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ އުނދަގޫތަކެއް ކަމެއް ޚަލީލް ވިދާޅު ނުވެ އެވެ.

މީގެ އިތުރުން ޚަލީލް ވިދާޅުވީ އެ އުނދަގޫތައް ކުރިމަތިވި ނަމަވެސް، ރާއްޖެއާ މަޝްވަރާ ކުރެވުނު ހުރިހާ ޤައުމަކުން ވެސް ރާއްޖޭގެ ސްޓޭންޑު ޤަބޫލު ކުރުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ރާއްޖެ އާއި، ރާއްޖޭގެ ރައްޔިތުންގެ މަސްލަޙަތަށް ބަލައިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ޚަލީލް ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ ގޮތުން އިތުރަށް އެ އިންޓަވިއުގައި ވަޒީރު ޚަލީލް ވިދާޅުވީ، އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަަމަށް އަސަރު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ވެސް ޚަލީލް ފާހަގަ ކުރެއްވި އެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަން މާބޮޑަށް ކުރިއަރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެތައް ދުވަހެއް ފަހުން އިސްރާއީލްގެ ޕާސްޕޯޓު މަނާ ކޮށްފައިވާއިރު، ސަރުކާރުން އެކަން ކޮށްފައި ވަނީ އާންމު ގިނަ ރައްޔިތުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން އިސްރާއީލް ޕާސްޕޯޓު މަނާ ކުރަން ނިންމާފައިވާކަން އިއުލާން ކުރުމަށް ފަހު، އެ ނިންމުން ތަންފީޒު ކުރުމުގައި ގިނަ ދުވަސް ތަކެއް ހޭދަވުމުން، އާންމުންގެ ނުރުހުން އަމާޒުވި އެވެ. އަދި އެކަމާ ދެކޮޅަށް އާންމުން ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ކޮމެޓީގައި ބިލު އޮންނަތާ 300 ދުވަސްވީ ފަހުން އެ ބިލު ފާސްކޮށް، ރައީސް މުޢިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވާފައި އެވެ. އަދި އޭގެ ފަހުން މިދިޔަ މެއި މަހު ރައީސް މުޢިއްޒު ވިދާޅުވީ، އެއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބު ކަމެއް ކަމަށެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުންފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

03 މެއި 2025
އިޒްރޭލު ޕާސްޕޯޓް މަނާނުކޮށްގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް، އެ މަސައްކަތް އަވަސްކުރަން 241 ކޮމިޓީ އިން ނިންމައިފި

އިޒްރޭލު ޕާސްޕޯޓް މަނާނުކޮށްގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް، އެ މަސައްކަތް އަވަސްކުރަން 241 ކޮމިޓީ އިން ނިންމައިފި

24 ނޮވެމްބަރު 2024
އިޒްރޭލް ޕާސްޕޯޓް މަނާކުރުން - ބަހާ އަމަލާ ދިމާ ނުވެ ފެންނަނީ ދެފުށް ދެ ގޮތްކަން

އިޒްރޭލް ޕާސްޕޯޓް މަނާކުރުން - ބަހާ އަމަލާ ދިމާ ނުވެ ފެންނަނީ ދެފުށް ދެ ގޮތްކަން

22 ނޮވެމްބަރު 2024
މިވެރިންގެ ޢަމަލުތައް ހުރިގޮތުން އިޒްރޭލުގެ ޕާސްޕޯޓު މިއަދު އެންމެ ވައްތަރީ ބަނީ އިސްރާއީލުންގެ ގެރިއާ: ޝެއިޚް ފަޒްލޫން

މިވެރިންގެ ޢަމަލުތައް ހުރިގޮތުން އިޒްރޭލުގެ ޕާސްޕޯޓު މިއަދު އެންމެ ވައްތަރީ ބަނީ އިސްރާއީލުންގެ ގެރިއާ: ޝެއިޚް ފަޒްލޫން

22 ނޮވެމްބަރު 2024
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ފެންނަނީ ސަރުކާރުގެ ޔަހޫދީކަން - ޒިޔާދު

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ފެންނަނީ ސަރުކާރުގެ ޔަހޫދީކަން - ޒިޔާދު

21 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު