Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިޒްރޭލް ޕާސްޕޯޓުގެ މައްސަލަ

މި ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ބޭނުން ނުވާކަން މިހާރު ޔަގީން: މެންބަރު ނާޒިލް

ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2024 | ބުދަ 18:27
ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާކުރަން ބޭނުންނުވާކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ނާޒިލް ވިދާޅުވީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ބިލު އަވަސް ކުރުމަށް ރައްޔިތުން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާއި، މި މަސައްކަތަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަހައްމިއްޔަތުކަން ނުދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ޕޯސްޕޯޓު މަނާކުރުމުގެ މަސައްކަތްތައް ހޯލްޑް ކުރެވިފައިވަނީ މަޖިލިސް މެންބަރުންގެ އިހުމާލު ކަމަށް ތުހުމަތު ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ބިލު އަވަސް ކުރަން ހުށަހެޅި ގަރާރު ޕީއެންސީ މެންބަރުން ބޭރުކޮށްކޮށްލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ޕީއެންސީގެ ދެ މެންބަރުން ފިޔަވައި ހުރިހާ މެންބަރުން އެ ގަރާރު ބޭރުކޮށްލުމަށް ވޯޓު ދެއްވި ކަމަށެވެ. އެހެންކަމުން މިސަރުކާރުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ބިލު ފާސްކުރުމަށް ބޭނުންނުވާކަން ޔަގީންވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މެންބަރު ނާޒިލް ވިދާޅުވީ ޕަލަސްތީނަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް ދިވެހި ރައްޔިތުން މަސައްކަތް ކުރަމުން ދާއިރު، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ގިނަ ރައްޔިތުން އެދޭ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން އެދި ގޮވަމުންދާ ކަމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޕީއެންސީގެ މަޖިލިސް މެންބަރުން ބެލުމެއްނެތް ކަމަށާއި، ސުޕަ މެޖޯރިޓީގެ ބާރު ސަރުކާރުން ބޭނުންވާ ގޮތަށް ހިފަމުންދާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

20 ނޮވެންބަރު 2024 ގައި މަޖިލީހުގައި ބޭއްވި ޖަލްސާއަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 63 މެންބަރުން ވޯޓު ދެއްވި އެވެ. ގަރާރު ބޭރުކޮށްލުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި އަމިއްލަ މެންބަރު އައްޑޫ މީދޫ ދާއިރާ ތަމްސީލު ކުރައްވާ އަބްދުއްރަހްމާން އަދި މަހިބަދޫ ދާއިރާގެ މެމްބަރު ޕީއެންސީ އަށް ނިސްބަތްވާ އަހްމަދު ތޯރިގު (ޓޮމް) އެވެ.

ގަރާރު ބޭރުކޮށްލުމަށް ވޯޓު ދިނީ ރައީސް މުއިއްޒުގެ ޕީއެންސީގެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރެކެވެ.

ހުރާ ދާއިރާގެ ޕީއެންސީގެ މެންބަރު އަނާރާ ނައީމް ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު، އެވަގުތު ތަޅުމުގައި ތިއްބެވި ޕީއެންސީގެ އިތުރު ފަސް މެންބަރަކު ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ އަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ގަރާރުގައި ބުނެފައިވަނީ މި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ އިރު، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަންކަން ނިންމަވައި ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަ ކުރެވޭތީ، ބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއިޒްރޭލްއިޒްރޭލް ޕާސްޕޯޓް މަނާކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު