Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިޒްރޭލު ޕާސްޕޯޓް މަނާކުރުން

އިޒްރޭލު ޕާސްޕޯޓް މަނާނުކޮށްގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް، އެ މަސައްކަތް އަވަސްކުރަން 241 ކޮމިޓީ އިން ނިންމައިފި

އެ މަސްކަތް އަވަސްކުރަން ނިންމާފައި ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2024 | އާދީއްތަ 06:51
އިޒްރޭލު ޕާސްޕޯޓު

އިޒްރޭލު ޕާސްޕޯޓު

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ ލަސްވާތީ ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް، އެ މަސައްކަތް އަވަސްކުރަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ އާދިއްތަ ދުވަހުގެ ބައްދަލުވުމުގައެވެ. މީގެ ކުރިން އެ ކޮމެޓީން ނިންމާފައި ވަނީ އަންނަ ޑިސެމްބަރުގެ ނިޔަލަށް ކަމާ ބެހޭ އިދާރާތަކަށް މި ބިލާ ގުޅޭ ގޮތުން ސިޓީ ފޮނުވުމަށް ފަހު، އެ ތަންތަނުން ލިބޭ ޖަވާބު ބެލުމަށެވެ. އަދި އިދާރާތަކުން ފޮނުވާ ޖަވާބަށް ބެލުމަށްފަހު އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށް ވެސް އޭރު ކޮމިޓީން ވަނީ ނިންމާފައެވެ. އެހެންނަމަވެސް އެ ނިންމުން ބަދަލުކުރަން އާދިއްތަ ދުވަހު ކޮމިޓީން ނިންމާފައި ވަނީ މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ކަމަށް މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު 241 ކޮމިޓީން ނިންމާފައި ވަނީ ހޯމަ ދުވަހުން ފެށިގެން ކަމާބެހޭ ފަރާތްތައް ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރުމަށެވެ. އެ ހުށަހެޅުން ހުށަހަޅުއްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ކޮމިޓީގެ މުގައްރިރު ވަނީ ބިލުގެ މަސައްކަތް އަވަސްކުރުމަށް މި ބަދަލަކީ މުހިންމު ބަދަލެއް ކަމަށް ފާހަގަކުރައްވާފައެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް ހުށަހަޅާފައިވާ ބިލުގެ ކޮމިޓީ މަސައްކަތް ނިންމާލުމަށް ފާސްކޮށްފައިވާ ފަހު ތާރީހަކީ އަންނަ އަހަރުގެ ފެބްރުއަރީއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބުދަ ދުވަހު ވަނީ ބޭރުކޮށްލާފައެވެ. އެގޮތުން އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 63 މެންބަރުން ވޯޓު ދެއްވި އެވެ. ގަރާރު ބޭރުކޮށްލުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި އަމިއްލަ މެންބަރު އައްޑޫ މީދޫ ދާއިރާ ތަމްސީލު ކުރައްވާ އަބްދުއްރަހްމާން އަދި މަހިބަދޫ ދާއިރާގެ މެމްބަރު ޕީއެންސީ އަށް ނިސްބަތްވާ އަހްމަދު ތޯރިގު (ޓޮމް) އެވެ. ގަރާރު ބޭރުކޮށްލުމަށް ވޯޓު ދިނީ ރައީސް މުއިއްޒުގެ ޕީއެންސީގެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރެކެވެ. ހުރާ ދާއިރާގެ ޕީއެންސީގެ މެންބަރު އަނާރާ ނައީމް ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު، އެވަގުތު ތަޅުމުގައި ތިއްބެވި ޕީއެންސީގެ އިތުރު ފަސް މެންބަރަކު ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ އަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ގަރާރުގައި ބުނެފައިވަނީ މި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ އިރު، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަންކަން ނިންމަވައި ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަ ކުރެވޭތީ، ބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. ގަރާރާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ސަރުކާރު ތަމްސީލު ކުރާ ގިނަ މެންބަރުން ވަނީ ގަރާރު ބަލައިގަތުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެއާއެކު އާއްމުންގެ ނުރުހުމާއި ފާޑުކިޔުން ރައީސް ޑރ.މުއިއްޒު އަށާއި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

މި ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުންމަޖިލިސް20

ކޮމެންޓް

އިތުރަށް ކިޔާލަން

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

07 ޖޫން 2025
ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

14 މެއި 2025
ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

03 މެއި 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު