Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިޒްރޭލު ޕާސްޕޯޓު މަނާކުރުން

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމާ ދެކޮޅުހައްދަވާ ސަރުކާރު މެންބަރު ސައުދު ވާހަކަ ދައްކަވައިފި

ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލު އޮތް މަޖިލީހުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ އޮންނަތާ 160ށް ވުރެ ގިނަ ދުވަސް ވަނީ ވެފައި

ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2024 | ބުދަ 08:06
ސައުދުﷲ ހިލްމީ، ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު

ސައުދުﷲ ހިލްމީ، ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު

އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ދެކޮޅު ހައްދަވާ ސަރުކާރު ތަމްސީލު ކުރާ މެމްބަރުންގެ ތެރޭގައި ހިމެނޭ، ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުالله ޙިލްމީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރީމާ ރާއްޖެއަށް ވާނީ ގެއްލުންތޯ ނުވަތަ ފައިދާތޯ އެކަން ނިންމުމުގެ ކުރިން ވިސްނަން ޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މިއަދު މި އޮތީކީ އެހެން އެއްވެސް ގައުމަކާ ޖެހިގަނެގެން، އަދި އެހެން އެއްވެސް ރައްޔިތަކާ ޖެހިގަނެގެން އުޅެވޭ ފަދަ ހާލަތެއްގައެއް ނޫން،" އިޒްރޭލާ ގުޅުން ގޯސްވުމަށް ނޭދޭކަން ހާމަ ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ހާލަތަކީ ހުރިހާ ގޮތަކަށްވެސް ބަލައިގެން ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް ކަމަށް ސައުދު ވިދާޅުވިއެވެ.

އިޒްރޭލުގެ ރައްޔިތުން ރާއްޖެ އައުމާ ދެކޮޅު ހަދާއިރު އިޒްރޭލުގައި ވެސް ރާއްޖެ އާ އެއް ދީނެއްގެ އަހުލުވެރިން އުޅޭ ކަން ފާހަގަ ކުރައްވަމުން ސައުދު ވިދާޅުވީ، އެ މީހުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބޮޑު ވަޒީރުކަމަށް ގެންނަން ވޯޓު ނުދޭ ކަމަށެވެ.

"އަދި މަޖިލީހަށް ވޯޓު ދިނީވެސް އެފަދަ ޔަހޫދީން ތަކަކަށް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ދެކޮޅަށް ސަބަބު ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ގޮތެއް ނުނިންމާ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލު އޮތް މަޖިލީހުގައި އޮންނަތާ 160ށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ގޮތެއް ނުނިންމާ މައްސަލަ ދިގު ދަންމާ ހަގީގީ ސަބަބު ސަރުކާރު ތަމްސީލު ކުރާ މެމްބަރުންގެ އަމިއްލަ ބަހުން މިހާރު އަންނަނީ ސާފުވަމުންނެވެ.

އިޒްރޭލަށް ތާއީދު ކުރައްވާ ސައުދު ވާހަކަ ދެއްކެވިއިރު، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ހުސްވިި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 43،972 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެ އިތުރުން، އެ ހަމަލާތަކުގައި 104،008 ފަލަސްތީނު މީހުން ވަނީ ޒަޚަމްވެފައެވެ.

ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާގެ އިތުރުން، ލުބުނާނުގެ މުސްލިމުންނާއި، ސީރިޔާ އާއި ޔަމަނުގެ މުސްލިމުންނަށްވެސް އިޒްރޭލުން ދަނީ ހަމަލާދެމުންނެވެ.

އިޒްރޭލުގެ ހައްދުފަހަނަ އެޅި އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން ދުނިޔޭގެ ބައެއް ގައުމުތަކުން އިޒްރޭލުގެ އުފެއްދުންތަކާއި އިޒްރޭލު ޕާސްޕޯޓު ވަނީ މަނާ ކޮށްފައެވެ.

ސައުދުﷲ ހިލްމީއިޒްރޭލް ޕާސްޕޯޓް މަނާކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖެޓު ބޮޑުވާ ސަބަބަކަށް މެންބަރު ސައުދުﷲ ވިދާޅުވީ ރައްޔިތުންނަށް އެއަރޕޯޓާ، ބަނދަރާ މަގުތައް ހަދައިދޭން ޖެހުން

ބަޖެޓު ބޮޑުވާ ސަބަބަކަށް މެންބަރު ސައުދުﷲ ވިދާޅުވީ ރައްޔިތުންނަށް އެއަރޕޯޓާ، ބަނދަރާ މަގުތައް ހަދައިދޭން ޖެހުން

12 ނޮވެމްބަރު 2025
މިނިވަން މުއައްސަސާތައް މެދުވެރިކޮށް ހިންގަމުންދާ މުޑުދާރު ޢަމަލުތައް ހުއްޓާލުމަށް އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

މިނިވަން މުއައްސަސާތައް މެދުވެރިކޮށް ހިންގަމުންދާ މުޑުދާރު ޢަމަލުތައް ހުއްޓާލުމަށް އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

10 އޮކްޓޯބަރު 2025
ސަރުކާރުން ލާރި ނުދީގެން ކުންފުނިތައް އިނދަޖެހެނީ

ސަރުކާރުން ލާރި ނުދީގެން ކުންފުނިތައް އިނދަޖެހެނީ

07 އޯގަސްޓު 2025
މީރާގެ ބޯޑަށް އައްޔަންކުރައްވަން ރައީސް މުއިއްޒު އިސްކަންދެއްވީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ދަރިކަލުންނަށް

މީރާގެ ބޯޑަށް އައްޔަންކުރައްވަން ރައީސް މުއިއްޒު އިސްކަންދެއްވީ ޕީއެންސީގެ މެންބަރު ސައުދުﷲ ގެ ދަރިކަލުންނަށް

04 އޯގަސްޓު 2025
އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

07 ޖޫން 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު