Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލް ޕާސްޕޯޓް މަނާކުރުން

އިޒްރޭލް ޕާސްޕޯޓް މަނާކުރުން - ބަހާ އަމަލާ ދިމާ ނުވެ ފެންނަނީ ދެފުށް ދެ ގޮތްކަން

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބުދަ ދުވަހު ބޭރުކޮށްލީ ހަޑި ހުތުރު ގޮތަކަށެވެ. ޕީއެންސީ މެމްބަރުން ވޯޓުދީގެން މި ގަރާރު ފާސްކުރިކަން ރައީސަށް އެނގިވަޑައިގަތީ މާ ފަހުންކަމަށްވެއެވެ. މިކަން ދެން ޤަބޫލުކުރާނީ ކިހިނެތްތޯއެވެ. އެއްކޮޅުން ފަލަސްތީނާއި އެކު ތިބި ކަމަށް ބުނެ މެޑަލް ޖަހާފައި އަނެއްކޮޅުން އަމަލުތައް ބަހައްޓާ ގޮތް މި އޮތީ ސާފުކޮށް ފެންނާށެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2024 | ހުކުރު 13:23
އިޒްރޭލް ޕާސްޕޯޓު

އިޒްރޭލް ޕާސްޕޯޓު

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބުދަ ދުވަހު ބޭރުކޮށްލީ ހަޑި ހުތުރު ގޮތަކަށެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 63 މެންބަރުން ވޯޓު ދެއްވި އެވެ. މިއީ އެންމެ ދީނަށް އިސްކަންދޭ ޕާޓީކަމަށް ބުނާ ޕީއެންސީގެ މެމްބަރުންގެ ފަރާތުން ފެނުނު ހަޑި ހުތުރު މަންޒަރެއްގެ ވާހަކައެވެ. ގަރާރު ބޭރުކޮށްލުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި އަމިއްލަ މެންބަރު އައްޑޫ މީދޫ ދާއިރާ ތަމްސީލު ކުރައްވާ އަބްދުއްރަހްމާން އަދި މަހިބަދޫ ދާއިރާގެ މެމްބަރު ޕީއެންސީ އަށް ނިސްބަތްވާ އަހްމަދު ތޯރިގު (ޓޮމް) އެވެ.

ގަރާރު ބޭރުކޮށްލުމާއި ގުޅިގެން ހުރި ޖަޒުބާތަކަށް ބެލުމުގެ ކުރިން ފާހަގަކޮށްލުން މުހިންމު ބައެއް ކަންކަން އެބަހުއްޓެވެ. އެ ގަރާރު ހުށަހެޅުއްވި މެމްބަރު ވިދާޅުވެފައިވާ ފަދައިން މި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަމާއި މެދު ހޭވެސް އަހާލާ ބަޔަކު ޕީއެންސީއަކު ނެތެވެ. މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށެވެ. ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާކަން ސަރުކާރުގެ އަމަލުތަކުން އެދަނީ ހާމައަށް ފެންނަމުންނެވެ. އެހެން ނުބުނާންވީ ސަބަބެއް ނެތެވެ. މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަންކަން ނިންމަވައި ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަ ކުރެވޭތީ، ބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރުވެސް އެއޮށް ކޮށްލެއްވީ ބޭގަރާރެވެ.

ސަރުކާރުގެ ވިސްނުން މި ބިލާއި މެދު ހާމަކޮށްދޭ އަނެއްކަމަކީ ސަރުކާރު މެމްބަރުންގެ ވާހަކަތަކެވެ. ގަރާރާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ސަރުކާރު ތަމްސީލު ކުރާ ގިނަ މެންބަރުން ވަނީ ގަރާރު ބަލައިގަތުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެ ބޭފުޅުން އެކި ފަހަރު ދައްކަވަނީ އެކި ބަހަނާއެވެ. ބައެއް ބޭފުޅުން އިޒްރޭލަށް ތާއީދުކޮށް ވާހަކަދެއްކޭ އިރު ވެސް މިވަނީ ކީއްކަން ހަމަ ނޭނގޭ ކަހަލައެވެ. އެގޮތުން ބުދަ ދުވަހުގެ ޖަލްސާގައި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ސަޢުދުالله ޙިލްމީ ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރީމާ ރާއްޖެއަށް ވާނީ ގެއްލުންތޯ ނުވަތަ ފައިދާތޯ އެކަން ނިންމުމުގެ ކުރިން ވިސްނަން ޖެހޭނެ ކަމަށެވެ.

241 ކޮމިޓީ ގައި އޮތް އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މައްސަލަ މި މަހުގެ 12 ވަނަ ދުވަހު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ މަސައްކަތް ދަންމާލާށެވެ. ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ. ބިލާއި މެދު ވާހަކަދެއްކި އިދިކޮޅު މެމްބަރުންގެ އާދޭސްތައް ސަރުކާރަކަށް އަޑެއް ނީވުނެވެ. ބިލާއި މެދު ކޮންމެވެސް ގޮތެއް ނިންމާދިނުމަށް އެދުނު އެދުމަށް އިޖާބައެއް ނުދެއެވެ. އަވަސް ކުރާނީތޯ ނުކުރާނީތޯ ވެސް ބުނެ ނުދެވުނެވެ. މެމްބަރުން ޖަޒުބާތުގައި ފަލަސްތީނުގެ ރައްޔިތުންނާއި މެދު ދެއްކި ވާހަކަ އާއި ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދާ ދެއްކި ވާހަކަ ވެސް ސަރުކާރަށް އިވުނުހެނެއް ހިއެއް ނުވެއެވެ.

ދެން އިވުނީ އަދި މާ ހެއްވާ ވާހަކައެކެވެ. މިކަންކަން ސަރުކާރަށް ރޭކާ ނުލާކަމުގެ ވާހަކައެވެ. މެމްބަރަކު ވިދާޅުވާތީ އަޑު އެހީމެވެ. ޕީއެންސީ މެމްބަރުން ވޯޓުދީގެން މި ގަރާރު ފާސްކުރިކަން ރައީސަށް އެނގިވަޑައިގަތީ މާ ފަހުންކަމަށްވެއެވެ. މިކަން ދެން ޤަބޫލުކުރާނީ ކިހިނެތްތޯއެވެ. އެއްކޮޅުން ފަލަސްތީނާއި އެކު ތިބި ކަމަށް ބުނެ މެޑަލް ޖަހާފައި އަނެއްކޮޅުން އަމަލުތައް ބަހައްޓާ ގޮތް މި އޮތީ ސާފުކޮށް ފެންނާށެވެ. އިސްރޭލް ޕާސްޕޯޓް މަނާކުރުން ބަހާ އަމަލާ ދިމާ ނުވެ ފެންނަނީ ދެފުށް ދެ ގޮތްކަމެވެ. އެކަން މި ދަނީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންނެވެ. ރައްޔިތުންނަށް މި ފެންނަނީ ސަރުކާރުގެ މަކަރުވެރިކަމެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

07 ޖޫން 2025
ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

03 މެއި 2025
އިޒްރޭލު ޕާސްޕޯޓް މަނާނުކޮށްގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް، އެ މަސައްކަތް އަވަސްކުރަން 241 ކޮމިޓީ އިން ނިންމައިފި

އިޒްރޭލު ޕާސްޕޯޓް މަނާނުކޮށްގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް، އެ މަސައްކަތް އަވަސްކުރަން 241 ކޮމިޓީ އިން ނިންމައިފި

24 ނޮވެމްބަރު 2024
މިވެރިންގެ ޢަމަލުތައް ހުރިގޮތުން އިޒްރޭލުގެ ޕާސްޕޯޓު މިއަދު އެންމެ ވައްތަރީ ބަނީ އިސްރާއީލުންގެ ގެރިއާ: ޝެއިޚް ފަޒްލޫން

މިވެރިންގެ ޢަމަލުތައް ހުރިގޮތުން އިޒްރޭލުގެ ޕާސްޕޯޓު މިއަދު އެންމެ ވައްތަރީ ބަނީ އިސްރާއީލުންގެ ގެރިއާ: ޝެއިޚް ފަޒްލޫން

22 ނޮވެމްބަރު 2024
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ފެންނަނީ ސަރުކާރުގެ ޔަހޫދީކަން - ޒިޔާދު

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ފެންނަނީ ސަރުކާރުގެ ޔަހޫދީކަން - ޒިޔާދު

21 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު