Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޒްރޭލު ޕާސްޕޯޓު މައްސަލަ

މިވެރިންގެ ޢަމަލުތައް ހުރިގޮތުން އިޒްރޭލުގެ ޕާސްޕޯޓު މިއަދު އެންމެ ވައްތަރީ ބަނީ އިސްރާއީލުންގެ ގެރިއާ: ޝެއިޚް ފަޒްލޫން

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން އަވަސް ކުރުމުގެ ގަރާރަށް ބަހުސް ކުރަމުން ސަރުކާރުގެ ބައެއް މެންބަރުން ވަނީ ޕާސްޕޯޓު މަނާ ކުރުމާ ދެކޮޅަށް ވެސް ވާހަކަ ދައްކާފައި

ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2024 | ހުކުރު 13:07
ފަޒްލޫން ބިން މުހައްމަދު

ފަޒްލޫން ބިން މުހައްމަދު

ނިރުބަވެރި އިޒްރޭލުގެ މީހުން ރާއްޖެ އެތެރެ ނުވެވޭގޮތް ހެދުމާމެދު ދިވެހިންގެ ދައުލަތުން ޢަމަލުކުރާގޮތް އެންމެ ވައްތަރީ، ގެރިއެއް ކަތިލުމަށް އަމުރުކުރެއްވުމުން ބަނީ އިސްރާއީލުންގެ މީހުން ޢަމަލުކުރި ގޮތް ކަމަށް ޝެއިޚް ފަޒްލޫނު ބިން މުހައްމަދު ވިދާޅުވެއްޖެއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ބަދަލު ގެންނަން، ސަރުކާރުގެ ސްޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮންނަތާ 160 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ފަޒްލޫނު ވިދާޅުވީ، "އެކަން ނުކުރަންވެގެން އެކި އެކި ހޮޅިވާހާކަ ދައްކަނީ."ކަމަށެވެ.

Advertisement - newsAdvertisement

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލަ މަޖިލީހުގައި އޮވެ ގިނަ ދުވަސް ވާތީ އެކަން އަވަސް ކުރުމަށް ހުސްވި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ އިން ހުށަހެޅި ގަރާރު ސަރުކާރަށް ނިސްބަތްވާ ޕީއެންސީ މެމްބަރުން ވަނީ ބަލައި ނުގަނެ ގަރާރު ފެއިލު ކޮށްލާފައެވެ. އެއަށް ފަހު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ހަލުއި ކަމާއެކު ކުރިއަށް ދާނެ ކަމަށެވެ.

"ބަނީ އިސްރާއީލުންވެސް ގެރިއެއް ކަތިލުމަށް އަމުރުކުރެއްވުމުން އެ ކަތިލުމުގެ ބަދަލުގައި، ފުރަތަމަ ބުނީ: ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ؟ ދެން އެހީ އެއީ ކޮންކަހަލަ ގެރިއެއް ތޯއެވެ؟ ދެން އެކަން ބަޔާންކޮށްދެއްވުމުން އެހީ އޭގެ ކުލައަކީ ކޮބާ ތޯއެވެ؟ ދެން އެހީ އެގެރިއަކީ ކޮބާކަން ބަޔާން ކޮށްދެއްވާށެވެ." ބަނީ އިސްރާއީލު މީހުން ގެރިއާ މެދު އަމަލު ކުރި ގޮތް ތަފްސީލު ކޮށްދެއްވަމުން ފަޒްލޫނު ވިދާޅުވިއެވެ.

ފަޒްލޫނު ވިދާޅުވީ، މި ހުރިހާ ބަހަނާ އަށް ފަހު އެބައިމީހުން އެކަން ކުރި ކުރުމާ މެދު ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ "ދެން އެ މީހުން އެ ގެރި ކަތިލައިފިއެވެ. އެ މީހުން ތިބީ، އެ ކަން ނުކުރަން ވެގެންނެވެ."

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން އަވަސް ކުރުމުގެ ގަރާރަށް ބަހުސް ކުރަމުން ސަރުކާރުގެ ބައެއް މެންބަރުން ވަނީ ޕާސްޕޯޓު މަނާކުރުމާ ދެކޮޅަށް ވެސް ވާހަކަ ދައްކާފައެވެ.

ދީނީ އިލުމްވެރިޔާ ފަޒްލޫނު ވިދާޅުވީ، "މިވެރިންގެ ޢަމަލުތައް ހުރި ގޮތުން އިސްރާއީލުގެ ޕާސްޕޯޓު މިއަދު އެންމެ ވައްތަރީ ބަނީ އިސްރާއީލުންގެ ގެރިއާއެވެ."

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ އަވަސް ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މުއިއްޒުގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ފެއިލު ކޮށްލި ދަނޑިވަޅުގައި، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ އެކަށީގެންވާ ހެކި ހުރި ކަމަށް ބުނެ ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ.

މިއަމުރު ނެރުމާއެކު، ރައީސް މުއިއްޒު އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބިކަން ހާމަ ކުރައްވާފައެވެ.

ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލު އޮވެގެން ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލަ ދިގު ދަންމަމުން ގެންދާތީ އާންމުންގެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށާއި މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުންމަޖިލިސް20

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!
14 އޮކްޓޯބަރު 2025

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!
07 ޖޫން 2025

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

07 ޖޫން 2025
އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް
14 މެއި 2025

ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

14 މެއި 2025
ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް
03 މެއި 2025

ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

03 މެއި 2025
ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު