Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްރާއީލް ޕާސްޕޯޓް މަނާކުރުން

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ފެންނަނީ ސަރުކާރުގެ ޔަހޫދީކަން - ޒިޔާދު

ބޭރުފުށުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް އަަވަސްކުރަން ބޭނުން ކަމަށް ދެއްކި ނަމަވެސް އެތެރެފުށުން ފެންނަނީ މުނާފިގުކަން ކަމަށް ޒިޔާދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 13:39
ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ފެންނަނީ ސަރުކާރުގެ ޔަހޫދީކަން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާއެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބުދަ ދުވަހު ވަނީ ބޭރުކޮށްލާފައެެވެ. އެކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ މި މަޖިލީހަކީ ރައީސް މުއިއްޒު ބޭނުންފުޅުވާހާ ގޮތަކަށް އަމަލުކުރާ މަޖިލީހެއް ކަމަށެވެ. އެހެންކަމުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތްކަން ސާފުކޮށް އެނގެން އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މަޖިލީހުގަ އެ ބިލް ހުށަހެޅި ދުވަހު ޕީއެންސީ މެމްބަރުން އެއަށް ވާހަކަ ނުދެއްވީ ވެސް ބިލް އަވަސްކުރުމަށް ކަމަށް އެ މެމްބަރުން ފާހަގަކުރެއްވި ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ބޭރުފުށުން މި މަސައްކަތް އަަވަސްކުރަން ބޭނުން ކަމަށް ދެއްކި ނަމަވެސް އެތެރެފުށުން ފެންނަނީ މުނާފިގުކަން ކަމަށް ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނު އަސާސީ އަށް ބުދަ ދުވަހު ގެނައި އިސްލާހުތަކަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ޤާނޫނު އަސާސީގެ އެކި ހިސާބުތަކުން އެކި މާއްދާތަކަށް އެއް އިސްލާހަކުން ބަދަލު ގެނެވޭ ގޮތް ހެދުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އިސްލާހުތައް ގެނައުމުގައި މަޝްވަރާކުރުމުގެ އެއްވެސް ސިފައެއް ނުފެނުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ ބަދަލުގައި، އެ ބާރު ސީދާ އެ ދާއިރާއެއްގެ ރައްޔިތުންނަށް ދިނުމަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ ބުދަ ދުވަހު ދެކޮޅުހައްދަވާފައެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް ވޯޓު ދީފައި ވަނީ މަޖިލީހުގެ 13 މެންބަރުންނެވެ. އެއީ އެމްޑީޕީގެ 12 މެންބަރުންގެ އިތުރުން އައްޑޫ މީދޫ ދާއިރާ އަމިއްލަ މެންބަރެއްގެ ގޮތުގައި ތަމްސީލުކުރައްވާ އަބްދުއްރަހުމާން އެވެ. އިސްލާހު ބޭރުކޮށްލާފައި ވަނީ ޕީއެންސީގެ 77 މެންބަރުންގެ ވޯޓާއި އެކުގައެވެ. މީގެ އިތުރުން އިތުރު އިސްލާހެއް ގެނައުމަކާއި ނުލާ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގާނޫނުއަސާސީގެ އިސްލާހު އެއް ދުވަސް ތެރޭގައި މަޖިލީހުން މިވަނީ ފާސްކޮށްފައެވެ. އެކަަމަށް އިޝާރާތްކުރައްވާ ޒިޔާދު ވަނީ މަޖިލިސް ހިނގާ ގޮތުން ރައްޔިތުން ތިބީ ކަންބޮޑުވެފައި ކަމަށެވެ. ހީ ނުކުރާ ކަހަލަ މެމްބަރުން ވެސް ވިސްނާލުމެއް ނެތި ޤާނޫނު އަސާސީ އަށް އިސްލާހު ގެންނަން ވޯޓު ދިނުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ. ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގައި އެއް އިސްލާހެއް މެދުވެރިކޮށް ތަފާތު 4 ކަމެއް ބަަދަލުކުރެވިދާނެ ކަަމަށް ވެސް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އަށް އިސްލާހު ގެނެސްފައި މި ވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 91 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓުންނެވެ. ގާނުނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ އެއް ބައިން ކަމަށް ވާއިރު އެއީ 70 މެންބަރުންނެވެ.ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ހުށަހަޅާވާފައިވާ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ ވެސް ބުދަ ދުވަހުއެވެ. ސަރުކާރުން އެ ބިލުގައި ގާނޫނު އަސާސީ އަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި، މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން މެމްބަރުކަން ގެއްލޭ ގޮތް ހެދުމާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ކަނޑައެޅުމާއި، ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅުން ހިމެނެއެވެ. ރައީސް ޑރ.މުއިއްޒު ވަނީ އެ ބިލު ބުރާސްފަތި ދުވަހު ތަސްދީގުކުރައްވާފައެވެ.

މެންބަރު ހުސެއިން ޒިޔާދު ރައްޔިތުންގެ މަޖިލިސްއިޒްރޭލް ޕާސްޕޯޓް މަނާކުރުންޤާނޫނު އަސާސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު

މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު

28 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު