Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިޒްރޭލު ޕާސްޕޯޓު މަނާކުރުން

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ބިލު އަވަސް ކުރަން ހުށަހެޅި ގަރާރު ޕީއެންސީ މެންބަރުން ބޭރުކޮށްލައިފި

ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުން، ގަރާރު ބޭރުކޮށްލަން މަޖިލީހުގެ 63 މެންބަރުން ވޯޓު ދެއްވި

ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2024 | ބުދަ 08:59
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލު މަޖިލީހުގައި އޮންނަތާ 163 ދުވަސް ވަނީ ވެފައި

އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލު މަޖިލީހުގައި އޮންނަތާ 163 ދުވަސް ވަނީ ވެފައި

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބުދަ ދުވަހު ބޭރުކޮށްލައިފި އެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 63 މެންބަރުން ވޯޓު ދެއްވި އެވެ.

Advertisement - newsAdvertisement

ގަރާރު ބޭރުކޮށްލުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި އަމިއްލަ މެންބަރު އައްޑޫ މީދޫ ދާއިރާ ތަމްސީލު ކުރައްވާ އަބްދުއްރަހްމާން އަދި މަހިބަދޫ ދާއިރާގެ މެމްބަރު ޕީއެންސީ އަށް ނިސްބަތްވާ އަހްމަދު ތޯރިގު (ޓޮމް) އެވެ.

ގަރާރު ބޭރުކޮށްލުމަށް ވޯޓު ދިނީ ރައީސް މުއިއްޒުގެ ޕީއެންސީގެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރެކެވެ.

ހުރާ ދާއިރާގެ ޕީއެންސީގެ މެންބަރު އަނާރާ ނައީމް ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު، އެވަގުތު ތަޅުމުގައި ތިއްބެވި ޕީއެންސީގެ އިތުރު ފަސް މެންބަރަކު ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ އަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ގަރާރުގައި ބުނެފައިވަނީ މި އިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީއަށް ކަމަށްވުމާއެކު، ސަރުކާރުން އެ ހިނދަކަށް ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ނިންމަވަމުން ގެންދަވާ އިރު، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ކަންކަން ނިންމަވައި ބައެއް ބިލުތައް ފާސްކޮށްފައިވާކަން ފާހަގަ ކުރެވޭތީ، ބިލު ވީހާވެސް އަވަހަށް މަޖިލީހުން ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ގަރާރާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ސަރުކާރު ތަމްސީލު ކުރާ ގިނަ މެންބަރުން ވަނީ ގަރާރު ބަލައިގަތުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ސަޢުދުالله ޙިލްމީ ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރީމާ ރާއްޖެއަށް ވާނީ ގެއްލުންތޯ ނުވަތަ ފައިދާތޯ އެކަން ނިންމުމުގެ ކުރިން ވިސްނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މިއަދު މި އޮތީކީ އެހެން އެއްވެސް ގައުމަކާ ޖެހިގަނެގެން، އަދި އެހެން އެއްވެސް ރައްޔިތަކާ ޖެހިގަނެގެން އުޅެވޭ ފަދަ ހާލަތެއްގައެއް ނޫން،" އިޒްރޭލާ ގުޅުން ގޯސްވުމަށް ނޭދޭކަން ހާމަ ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ބާރަށު ދާއިރާ ތަމްސީލު ކުރައްވާ ސަރުކާރު މެންބަރު އިބްރާހިމް ސުޖާއު ވެސް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ރާއްޖެ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމާއެކު އިޒްރޭލާ މެދު ފިޔަވަޅު އަޅައިފި ނަމަ އެ ގައުމާ ގުޅުންހުރި އެހެން ގައުމުތަކުން ރާއްޖެއާ މެދު ފިޔަވަޅު އަޅާފާނެ ކަމަށެވެ.

241 ކޮމިޓީ ގައި އޮތް އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މައްސަލަ މި މަހުގެ 12 ވަނަ ދުވަހު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ މަސައްކަތް ދަންމާލާށެވެ.

ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުން: ޚަލީލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ އަށް އުނދަގޫތަކެއްވި ކަމަށް

07 ޖޫން 2025
ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

03 މެއި 2025
އިޒްރޭލު ޕާސްޕޯޓް މަނާނުކޮށްގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް، އެ މަސައްކަތް އަވަސްކުރަން 241 ކޮމިޓީ އިން ނިންމައިފި

އިޒްރޭލު ޕާސްޕޯޓް މަނާނުކޮށްގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް، އެ މަސައްކަތް އަވަސްކުރަން 241 ކޮމިޓީ އިން ނިންމައިފި

24 ނޮވެމްބަރު 2024
އިޒްރޭލް ޕާސްޕޯޓް މަނާކުރުން - ބަހާ އަމަލާ ދިމާ ނުވެ ފެންނަނީ ދެފުށް ދެ ގޮތްކަން

އިޒްރޭލް ޕާސްޕޯޓް މަނާކުރުން - ބަހާ އަމަލާ ދިމާ ނުވެ ފެންނަނީ ދެފުށް ދެ ގޮތްކަން

22 ނޮވެމްބަރު 2024
މިވެރިންގެ ޢަމަލުތައް ހުރިގޮތުން އިޒްރޭލުގެ ޕާސްޕޯޓު މިއަދު އެންމެ ވައްތަރީ ބަނީ އިސްރާއީލުންގެ ގެރިއާ: ޝެއިޚް ފަޒްލޫން

މިވެރިންގެ ޢަމަލުތައް ހުރިގޮތުން އިޒްރޭލުގެ ޕާސްޕޯޓު މިއަދު އެންމެ ވައްތަރީ ބަނީ އިސްރާއީލުންގެ ގެރިއާ: ޝެއިޚް ފަޒްލޫން

22 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު