Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން

ހަމަލާތައް ހުއްޓާލަން ދެން ޕާސްޕޯޓު މަނާ ކުރުމަށް ފަހު، ރައީސް ވިދާޅުވީ އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމެވުމެއް ކަމަށް

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރި އިރު، އިސްރާއީލް ޕާސްޕޯޓު އޮންނަ މީހަކަށް ވިޔަސް، އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ ރާއްޖޭ އެތެރެ ވެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މެއި 2025 | ހޮނިހިރު 07:24
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ސަރުކާރަށް އައީ ޕްރެޝަރު ބޮޑުވަމުން

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ސަރުކާރަށް އައީ ޕްރެޝަރު ބޮޑުވަމުން

އިސްރާއީލުން ފަލަސްޠީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ދެން، އިސްރާއީލް ޕާސްޕޯޓު މަނާ ކުރަން ނިންމުމަށްފަހު، އެއީ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުޙަލާގައި އިސްރާއީލް ޕާސްޕޯޓުގެ މައްސަލަ ޕާކު ކޮށްފައި އޮތްތާ 300 ދުވަސްވީ ފަހުން، އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ފާސް ކުރީ ހުސްވި އޭޕްރީލް މަހު އެވެ. އެ ބިލު ފާސްކޮށް، ރައީސް މުޢިއްޒު އެ ބިލު ތަސްދީޤު ކުރެއްވީ، ހަމަލާތައް ހުއްޓާލަން ދެން އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ހުށަހެޅުއްވި އެ ބިލުގައި ހިމަނާފައި ވަނީ، އިސްރާއީލް ޕާސްޕޯޓު މަނާކޮށް، އިސްރާއީލް ޕާސްޕޯޓާ އެކު ޑުއަލް ޕާސްޕޯޓު ގެން ގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރި އިރު، އިސްރާއީލް ޕާސްޕޯޓު އޮންނަ މީހަކަށް ވިޔަސް، އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ ރާއްޖޭ އެތެރެ ވެވޭނެ އެވެ. އަދި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލައިފި ނަމަ. އިސްރާއީލްގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއް ކަމަށެވެ. އަދި އެއީ ފަޚުރުވެރި ކަމާ އެކު ނިންމި ނިންމުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެއީ އިސްރާއީލުން ހިންގަމުން އަންނަ އަމަލުތަކާ ދެކޮޅަށް އަދި ފަލަސްޠީނު ރައްޔިތުންގެ ޙައްގުގައި، ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ސަރުކާރުން ނިންމި މުހިންމު ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިތުރަށް ރައީސް ވިދާޅުވީ، ރާއްޖެ އަކީ ކިތަންމެ ކުޑަ ޤައުމަކަށް ވީ ނަމަވެސް، ރާއްޖެ އިން އިސްރާއީލްގެ އަމަލުތަކާ ދެކޮޅުކަން ހާމަކޮށްދީފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސް މުޢިއްޒު އެހެން ވިދާޅުވި ނަމަވެސް، އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމިކަން ސަރުކާރުން އިއުލާން ކުރުމަށްފަހު، ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރި އެވެ.

އެގޮތުން އިސްރާއީލް ޕާސްޕޯޓުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި އޮއްވައި، އެހެން ބިލުތަކެއް މަޖިލީހަށް ހުށަހަޅައިގެން ސަރުކާރުގެ ފަރާތުން އެ ބިލުތައް ފާސްކޮށްފައިވެ އެވެ. އަދި އިސްރާއީލް ޕާސްޕޯޓުގެ މައްސަލަ ލަސްވާތީ، ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ފާޑު ވެސް ކިޔައިފަ އެވެ.

އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމުގެ ބިިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް މުޢިއްޒު އެ ބިލު ތަސްދީޤު ކުރެއްވީ ގިނަ ބައެއްގެ ފާޑު ކިޔުމާއި، ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު