Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން އެމެރިކާ ހަމަނުޖެހުން

އީރާނަން ބޮން އެޅުމަކުން ސުލްހަ ނުލިބޭނެ - ރަޝިއާ

ރަޝިއާއިން ބުނެފައިވަނީ އެމެރިކާއިން ހުއްޓުމެއް ނެތި އިންޒާރުތައް ދެމުން ދިޔަނަމަވެސް، އިރާނުން އޮތީ ދިފާއުވާން ހުރިހާ ތައްޔާރީއެއް ވެގެން ކަމަށެވެ. އީރާނުގެ އޮފިޝަލުން ރޮއިޓާސްއަށް އަންގާރަ ދުވަހު ވިދާޅުވީ އީރާނުން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާއެކު ހަފުތާ ބަންދުގައި މަޝްވަރާތައް ކުރިއަށް ދާއިރު، ކުރިއެރުންތަކާ މެދު އިތުބާރު ކުޑަކަމަށާއި، އެމެރިކާގެ ވިސްނުމާ މެދު ޝައްކު އުފެދިފައިވާ ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 އެޕްރީލު 2025 | ބުރާސްފަތި 08:38
އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ (ކ) ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން (ވ) އާއި 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ތެހެރާނުގައި ބައްދަލުކުރައްވަނީ

އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ (ކ) ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން (ވ) އާއި 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ތެހެރާނުގައި ބައްދަލުކުރައްވަނީ

އެމެރިކާއިން އީރާނަށް ދޭ ނިމުމެއް ނެތް އިންޒާރުތަކުން މުޅި ދުނިޔެ ފޫހިވެއްޖެ ކަމަށާއި، އީރާނަށް ބޮން އެޅުމުން ސުލްހަ ނުލިބޭނެ ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިއާއިން ބުނެފައިވަނީ އެމެރިކާއިން ހުއްޓުމެއް ނެތި އިންޒާރުތައް ދެމުން ދިޔަނަމަވެސް، އިރާނުން އޮތީ ދިފާއުވާން ހުރިހާ ތައްޔާރީއެއް ވެގެން ކަމަށެވެ. އީރާނުގެ އޮފިޝަލުން ރޮއިޓާސްއަށް އަންގާރަ ދުވަހު ވިދާޅުވީ އީރާނުން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާއެކު ހަފުތާ ބަންދުގައި މަޝްވަރާތައް ކުރިއަށް ދާއިރު، ކުރިއެރުންތަކާ މެދު އިތުބާރު ކުޑަކަމަށާއި، އެމެރިކާގެ ވިސްނުމާ މެދު ޝައްކު އުފެދިފައިވާ ކަމަށެވެ.

މި މަޝްވަރާތައް ހޯމަ ދުވަހު އިއުލާން ކުރެއްވީ ޖެނުއަރީ މަހު ވައިޓް ހައުސްއަށް އެނބުރި ވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޓްރަމްޕް ވަނީ ޑީލްއެއް ނުހެއްދިއްޖެ ނަމަ އަސްކަރީ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ޖުނުއަރީ މަހު ވެސް އީރާނަށް ދީފައެވެ.

ރަޝިއާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ މޮސްކޯއަށް ވަރަށް ހަރުކަށި ވާހަކަތައް އެނގޭ ކަމަށާއި އީރާނުން ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ކަމަށާއި ފޯކަސް ކުރަން ޖެހޭނީ ކުރިމަތިލުމުގެ ބަދަލުގައި މަޝްވަރާއަށް ކަމަށެވެ.

ރަޝިއާގެ ވިސްނުން ސާފުކުރަން ރޮއިޓާސް އިން ސުވާލު ކުރުމުން ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވިދާޅުވީ ހަގީގަތުގައި ވެސް މުޅި ދުނިޔެ ދަނީ އީރާނަށް ދެމުން އަންނަ ނިމުމެއް ނެތް ނުރައްކާތަކުގެ އިންޒާރާއި ގުޅިގެން ފޫހިވަމުން ކަމަށެވެ. އަދި ބޮމުގެ ހަމަލާއިން ސުލްހައަށް މަގު ތަނަވަސް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

1950 ގެ އަހަރުތަކުގައި އެމެރިކާގެ އެހީތެރިކަމާއެކު ފެށި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ޒަމާނުއްސުރެ ދުނިޔޭގެ ބާރުތަކާއި އީރާނާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާ ޕްރޮގްރާމެކެވެ. އަދި މިއާއެކު 1979 ވަނަ އަހަރު އިސްލާމިކް ރިވަލިއުޝަން އުފެދި އެމެރިކާއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ބެލެވިގެން ދިޔައެވެ.

އެމެރިކާ އާއި އިޒްރޭލާއި ޔޫރަޕްގެ ބައެއް ބާރުތަކުން ބުނަނީ އީރާނުން ސިއްރުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތުކުރަމުން އަންނަ އިރު އިރާނުން މިކަން ދޮގުކުރެއެވެ. މިފަދަ ތުހުމަތުތަކެއް އައިސްފައި މިވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ބާރު ކަމަށްވާ ރަޝިއާއާ އެކު ގާތް ގުޅުމެއް އީރާނުން ގާއިމްކޮށްފައިވައިވަނިކޮށެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައަށް ރަޝިއާއިން އީރާނުން ހަތިޔާރު ގަނެ، އީރާނުން 20 އަހަރުގެ ސްޓްރެޓެޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި މިއަހަރުގެ ކުރީކޮޅު ސޮއިކޮށްފައިވާއިރު، 16 ވަނަ ގަރުނުގައި މަސްކޯވީ ރަސްމީކޮށް ޕާސިއަން އެމްޕަޔަރާ ގުޅުން ގާއިމުކުރި ހިސާބުން ފެށިގެން ބައެއް ފަހަރު އެ މީހުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ރަޝިއާ އިން ވަރަށް ހަރުކަށި ކޮށް ވާހަކަ ދައްކާ ކަމަށާއި ނަމަވެސް މެދުއިރުމަތީގެ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެތީ ބިރުގަންނަ ކަމަށެވެ. އީރާނާއި ރަޝިއާއާ ދެމެދު ސޮއިކުރި ޕާޓްނާޝިޕް އެއްބަސްވުމުގައި ދެގައުމުގެ ދިފާއީ މާއްދާއެއް ހިމަނާފައެއް ނުވެ އެވެ.

ހާއްސަކޮށް ރަޝިއާ އާއި އީރާނަކީ ހުޅަނގުގެ ގައުމުތަކުން ދުޝްމަނުންގެ ގޮތުގައި ލޭބަލްކުރުމުން، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީއާ ރަނގަޅު ގުޅުމެއް ބާއްވައިފަ އެވެ.

ޒަޚަރޯވާ ވިދާޅުވީ ރަޝިއާއިން ބޭނުންވަނީ އީރާނުގެ ޔޫރޭނިއަމް ފައްކާކުރުމުގެ ޕްރޮގްރާމާ މެދު ހުޅަނގުގެ ފަރާތްތަކުން ކުރާ ޝައްކުތައް ކުޑަކޮށް، މަސްލަހަތު ބެލެންސްކޮށް އިތުބާރު އަލުން އިއާދަކޮށް، ކާރިސާއަކުން ސަލާމަތްވުމަށް "ހަރުދަނާ މަޝްވަރާކުރެވޭ ހައްލުތަކެއް" ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއާ މަސައްކަތްތައް ލިމިޓްކޮށް، އިތުރު އިންސްޕެކްޝަންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ގޮތުން ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އެއްބަސްވުމުން އެއްފަރާތްވެ ވަކިވެފަ އެވެ.

އެމެރިކާ އިން އެއްބަސްވުމުން ވަކިވުމާ ގުޅިގެން އީރާނުން ވަނީ ނިއުކްލިއާ ބޮން އުފެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމުގެ މުހިންމު މަގެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޔޫރޭނިއަމް ފައްކާކުރުމާ ބެހޭ އެއްބަސްވުމުގެ ލިމިޓްތައް އުވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު