Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާގެ މެޓްރޯ

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

ބޮން ގޮއްވުމުގެ ހާދިސާގައި 11 މީހުން މަރުވެފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 11:56
ބޮން ގޮއްވި ސަރަހައްދު

ބޮން ގޮއްވި ސަރަހައްދު

ރަޝިއާގެ ސެއިންޓް ޕީޓަސްބާގްގެ މެޓްރޯގައި ހޯމަދުވަހު މެންދުރު ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މިހާއަކީ އުމުރުން 20 ގެ އަހަރުތައް ގުނަމުންދާ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް ކަމަށް ރަޝިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ދެ މެޓްރޯ ސްޓޭޝަންގެ ދެމެދުގައި ދިން ބޮން ގޮއްވުމުގެ ހަމަލާގައި 11 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު މަދުވެގެން 45 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިއާގެ މީޑިއާ ތައް ބުނާ ގޮތުން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާއިރު އެއީ ސީދާ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެންމެ ފުރަތަމަ ރިޕޯޓުތައް ލިބިގެން ދިޔައީ ދެ ގޮވުމެއް ގޮވި ކަމަށެވެ. އެހެން ނަަމަވެސް ފަހުން ކަމާ ބެހޭ މުއައްސަސާތަކުން ހާމަކޮށްފައި ވަނީ ގޮވީ އެންމެ ގޮވުމެއް ކަމަށެވެ.

ބޮން ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން ސެއިންޓް ޕީޓަސްބާގްގައި ވަނީ ހިތާމަފާޅު ކުރުމުގެ ތިން ދުވަސް އިއުލާންކޮށްފައެވެ.

ރަޝިއާގެ ރައީސް ވްލަޑީމިއާ ޕުޓިން ވަނީ ބޮންގޮއްވުމުގެ ހާދިސާ ކުށްވެރިކުރައްވައި މަރުވި މީހުންގެ އާއިލާތަކާއި އަދި ރަހްމަތްތެރިންނަަށް ހަމްދަރުދީ ފޮނުއްވާފައެވެ. އަދި ދުނިޔޭގެ ގައުމުތަކުގެ ވެރިން ދަނީ މިހަަމަލާ ކުށްވެރި ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު