Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ކުއްލި އެއްވުން

އެމްޑީޕީން މަގުމައްޗަށް ނުކުމެ، ރައްޔިތުންގެ ހައްޤުގައި މި ކުރަނީ ގައުމީ ޖިހާދެއް: މައުރޫފް

މަގުތަކަށް ނުކުމެ، އެމްޑީޕީން ހިންގާ މި ސުލްހަވެރި ހަރަކާތަކީ އިތުރު އެހެން އެއްވެސް ގޮތެއް ނެތުމުން ކުރިއަށް ގެންދާ ހަރަކާތެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 20 މާރިޗު 2025 | ބުރާސްފަތި 12:24
އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ އިހުތިޖާޖުގެ ތެރެއިން، ބުދަ ދުވަހުގެ ރޭގެ އެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވާހަކަދައްކަވަނީ

އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ އިހުތިޖާޖުގެ ތެރެއިން، ބުދަ ދުވަހުގެ ރޭގެ އެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވާހަކަދައްކަވަނީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓްސް ޕާޓީ (އެމްޑީޕީ) ކޮންމެ ރެއަކު މަގުމައްޗަށް ނުކުމެ މި ކުރަމުން ގެންދަނީ ގައުމުގެ ރައްޔިތުންގެ ހައްޤުގައި ގައުމީ ޖިހާދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކުއްލި އެއްވުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ މަގުތަކަށް ނުކުމެ، އެމްޑީޕީން ހިންގާ މި ސުލްހަވެރި ހަރަކާތަކީ އިތުރު އެހެން އެއްވެސް ގޮތެއް ނެތުމުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި އެގޮތުން ރައްޔިތުން މަގުމައްޗަށް ނުކުންނަން ޖެހުނީ އެ ރައްޔިތުންގެ ހައްޤުތަކާއި އަދުލުއިންސާފާއި އެމީހުން ރިޕްރެސެންޓު ކުރެވޭނެ މަގު ގެއްލިދިއުމުން އިންސާފު ހޯދަން ދާނޭ އިތުރު ތަނެއް ނެތުނީމަ ކަމަށެވެ.

Advertisement - newsAdvertisement

ކޮންމެ ރެއަކުވެސް އެއްވެސް ވަރުބަލިކަމެއް ނެތި، އެމްޑީޕީގެ އެންމެހާ ބޭފުޅުން ކުރައްވަމުން އެ ގެންދަވަނީ ވަރަށް ތައުރީފް ހައްޤު ބުރަ ބޮޑު މަސައްކަތެއް ކަމަށާއި އެހެން ކަމުން އެކަމަށް ޝުކުރު ދަންނަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރީފް ވިދާޅުވީ އެމްޑީޕީގެ ހިއްވަރުގަދަ ލަސްކަރުން އެއްވެސް ވަރުބަލިކަމެއް ނެތި ކޮންމެ ރެއަކުވެސް މަގުތަކަށް ނުކުމެ ރައްޔިތުންގެ ހައްޤުގައި ކުރަމުން މިގެންދަނީ ގައުމީ ޖިހާދެއް ކަމަށެވެ. އެގޮތުން ގަބޫލުކުރަން ޖެހޭ ހަޤީޤަތަކީ އެމްޑީޕީން މި ކުރައްވަމުން ގެންދަވާ ގައުމީ ޖިހާދުގެ އަސަރު ވަރަށް ބޮޑަށް ފެންނަމުން އެބަދާކަމަށެވެ. އެގޮތުން ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ މަޖިލީހުން ފެންނަމުން ދަނީ އެ މަންޒަރު ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މިހާރު ކޮންމެ ދުވަހަކު މަޖިލީހަށް ދާއިރުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ މަޖިލިސް މެމްބަރުން ރުޅިއައިސްފައި ތިބޭ ކުކުޅުތަކެއް ހެން ތިބޭތަން ފެންނަ ކަމަށާއި އަދި ކޮންމެ ރެއަކު ބިމަށް ތުން ހަރާލައިގެން ތިބެ ގޮސް މަޖިލީހަށް ވަންނައިރަށް މުޒާހަރާގެ ވާހަކަތައް ދައްކަން ފަށާކަމަށެވެ.

އަޅުގަނޑުމެން މިޖީލަށް ދާއިރު، ޕީއެންސީގެ މެމްބަރުން އެ ތިބެނީ ރުޅި އައިސްފައި ތިބޭ ކުކުޅުތަކެއް ތިބޭހެން. ކޮންމެ ރެއަކު ބިމަށް ތުން ހަރާލައިގެން އަޅުގަނޑުމެންގެ މި މުޒާހަރާތަކުގެ ވާހަކަ، ހަމަ ގޮސް ވަންނައިރަށް، އޭ ރޭގެ މުޒާހަރާގައި ހާދަ މީޙުން މަދޭ، އޭ މިވެނި ރެއެއްގެ މުޒާހަރާގައި ހާދަ މީޙުން ގިނައޭ، އޭ ކަލޭމެން ރަމަޟާންމަހުގެ ފަހު ދިހައެއް ގައިވެސް މުޒާހަރާ ކުރަނީހެއްޔޭ، ހުއްޓާލާކަށް ނުވޭހެއްޔޭ، ހަމަ މިވާހަކަތައް ދައްކާލަ ދައްކާލަ ޕީއެންސީ މެމްބަރުންތައް އެތިބެނީ
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު

މައުރޫފް ވިދާޅުވީ ފެންނަ ކޮންމެ ތާކުން ޕީއެންސީ މެމްބަރުން އެފަދަ ވާހަތައް ދެއްކުމުން އެނގިގެން ދަނީ ޕީއެންސީ އަށާއި މި ސަރުކާރަށް އެމްޑީޕީގެ މި މުޒާހަރާތަކުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަންކަމަށެވެ.

މައުރޫފް ވިދާޅުވީ ޕީއެންސީ އާއި މި ސަރުކާރުގެ އަޑެއް ނީވުނު ނަމަވެސް ހަޤީތަކަކީ މި ފަރާތްތަކުން ދަނީ އެމްޑީޕީގެ މުޒާހަރާތަކުގައި ދައްކާ ހުރިހާ ވާހަކައެއް އަޑުއަހާ އެ މަންޒަރުތައް ބަލަމުން ކަމަށެވެ.

އަދި މި މުޒާހަރާތަކުގެ ސަބަބުން ސަރުކާރު މިހާރުވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި ކަމަށާއި ނަތީޖާއެއްގެ ގޮތުން މުޒާހަރާގެ ބައިވެރިންނަށް ފޯކަސް ކޮށްގެން ބޮޑެތި ހުތުމަތުތަކެއް ކޮށް ދައުވާތައް ކުރުމަށް ހިތުއަޅައިގެން އެ ގެންދަނީ މި ހަރަކާތް ހުއްޓުވާލެވޭނެ ކަމަށް ހީކޮށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ސަރުކާރަކަށް އެމްޑީޕީން ކުރިއަށް ގެންދާ މި ހަރަކާތްތައް ހުއްޓުވާ ނުލެވޭނޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މައުރޫފް ޒާކިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު