Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން ގުޅުން

ޓްރަމްޕް އީރާނާއެކު ނިއުކްލިއަރ ޑީލްއަކަށް މަޝްވަރާ ކުރުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވައިފި

ޓްރަމްޕް ވިދާޅުވީ އިސްކަންދެއްވަނީ ޑީލަކަށް ކަމަށާއި އީރާނަށް ގެއްލުމެއް ދޭން ބޭނުން ނުވާ ކަމަށް.

ރާއްޖެ އެމްވީ | 8 މާރިޗު 2025 | ހޮނިހިރު 07:02
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އެގްޒެކެޓިވް އަމުރުތަކުގައި ސޮއިކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ މާޗް 6، 2025

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އެގްޒެކެޓިވް އަމުރުތަކުގައި ސޮއިކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ މާޗް 6، 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ނިއުކްލިއަރ ޑީލްއަކަށް މަޝްވަރާ ކުރުމަށް އެދިވަޑައިގެން، އީރާނުގެ އިސްވެރިންނަށް ސިޓީއެއް ފޮނުއްވައިފިއެވެ. 

ފޮކްސް ބިޒްނަސް ނެޓްވަރކަށް ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން މަޝްވަރާތަކަށް އެއްބަސްވުމަކީ އެގައުމަށް މާރަނގަޅު ގޮތެއް ކަމަށެވެ. 

"އަޅުގަނޑުމެން އެހެން ގޮތެއް ހޯދަން ޖެހޭނެ، އެއީ އިތުރު ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ދެވޭކަށް ނެތް" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. 

ސުޕްރީމް ލީޑަރ އަލީ ޚާމަނާއީ އަށް އެޑްރެސްކޮށް ފޮނުއްވި ކަމަށް ބެލެވޭ މި ސިޓީއާ ގުޅޭ ގޮތުން އީރާނުގެ ފޮރިން މިނިސްޓްރީން އަދި އެއްވެސް ބަހެއް ނުބުނެއެވެ. 

"އީރާނާމެދު ޢަމަލު ކުރެވިދާނެ ދެ ގޮތެއް އެބައޮތް: އަސްކަރީ ގޮތުން، ނުވަތަ ޑީލްއެއް ހެދުން،" ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑު އިސްކަންދެނީ ޑީލަކަށް، އެއީ އަޅުގަނޑު އީރާނަށް ގެއްލުމެއް ދޭން ބޭނުމެއް ނޫން. އެއީ ވަރަށް ވަރުގަދަ ބައެއް." 

ޓްރަމްޕް އީރާނަށް ސިޓީފުޅެއް ފޮނުއްވި އިރު، 2018 ގައި އީރާނާ އެކު ހެދި ނިއުކްލިއަރ އެއްބަސްވުމުން އޭނާގެ ފުރަތަމަ ވެރިކަމުގައި ވަނީ ވަކިވެފައެވެ. 

ރަޝިޔާ އިން ވަނީ މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ހުށަހަޅާފައެވެ.

ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސަރގެއި ރިޔަބްކޮވް އީރާނުގެ އެމްބެސެޑަރ ކަޒެމް ޖަލާލީ އާއެކު ބައްދަލު ކުރައްވައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ބައިނަލްއަޤްވާމީ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު