Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ އުތުރުގައި 'ޝައްކެއްނެތް' މިންވަރަށް ނަސްލު ނައްތާލުން ގެންދަނީ ހިންގަމުން: ޑޮކްޓާރސް ވިތައުޓް ބޯޑާރސް

20 ޑިސެމްބަރު 2024 | ހުކުރު 09:12

އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާ ގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 45،129 ފަލަސްތީނު މީހުން ޝަހީދުވެ، 107،338 މީހުން ޒަޚަމްވެފައިވެއެވެ.

ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 09:12
ޑިސެމްބަރު 19 ވީ ބުރާސްފަތި ދުވަހު އިސްރާއީލުގެ ހަމަލާ އެއްގައި ޒަޚަމްވީ ބަޔަކު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަނީ

ޑިސެމްބަރު 19 ވީ ބުރާސްފަތި ދުވަހު އިސްރާއީލުގެ ހަމަލާ އެއްގައި ޒަޚަމްވީ ބަޔަކު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަނީ | އަނަދޮލޫ

ޣައްޒާގެ އުތުރު ސަރަހައްދުގައި އިސްރާއީލުން ނަސްލު ނައްތާލަމުން ގެންދާ ކަން ޝައްކެއް ނެތް މިންވަރަށް ހާމަވާ ކަމުގައި ޑޮކްޓަރސް ވިތައުޓް ބޯޑަރސް އިން ބުނެފިއެވެ.

އެ ޖަމާއަތުން "ގާޒާ ޑެތް ޓްރެޕް" ނަމުގައި ނެރުނު އައު ރިޕޯޓެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ސަރަޙައްދުގައި އިސްރާއީލުގެ ބާރުތަކުން "ނަސްލު ނައްތާލުމުގެ ހެކިތައް" ފެންނަން އެބަހުރި ކަމަށެވެ.

Advertisement - worldAdvertisement

މި ކަމާ ބެހޭ ގޮތުން ޤަތަރު ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރ ލުޗިއާނޯ ޒައްކާރާ އަލްޖަޒީރާ އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިސްރާއީލުން ޣައްޒާގެ އުތުރުގައި ދިރިއުޅޭ އެންމެން އެ ސަރަޙައްދުން ބޭރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

މި ސަރަޙައްދަކީ މިހާރުވެސް އިސްރާއީލުން ހިޞާރު ކޮށްފައިވާ ސަރަޙައްދެކެވެ.

އަލްޖަޒީރާގެ ދޯހާ ހެޑްކުއާޓަރުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިސްރާއީލުން އެ ސަރަޙައްދަށް "އެހެން ރޭވުމެއް ރާވަމުންދާ" ކަމަށެވެ – މިސާލަކަށް އޭނާ ވިދާޅުވީ ޔަހޫދީ އާބާދީތައް އެ ތަނުގައި ޤާއިމުކުރުން ފަދަ ކަމެއް ކުރުން އެކަށީގެންވާ ކަމަށެވެ.

އިސްރާއީލުން މި އަމަލު ހިންގަމުންދާތާ އެތައް ދުވަހެއް ފާއިތުވެގެން ދާއިރު ވެސް އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޒައްކާރާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ފެށިގެން ޞިއްޙީ އަދި އެހީދޭ ޖަމާޢަތްތައް ހިމެނޭ ގޮތުން އުތުރު ޣައްޒާގެ ހާލަތަކީ "ޤަބޫލުކުރެވޭނެ" ހާލަތެއް ނޫން ކަމަށާއި އަދި އާންމު ރައްޔިތުންނާމެދު އަމަލު ކުރެވެމުން ދަނީ "މުޅިން އިންސާނިއްޔަތާ ޚިލާފު" އަށް ކަމަށް ބުނެފައިވާ ކަމަށެވެ.

"މިކަން ހުއްޓުވުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތްކުރާ އެއްވެސް މީހަކު ނެތް، އަހަރުމެންނަށް މިކަން ވަރަށް ސާފުކޮށް ފެންނަމުންދިޔަ ނަމަވެސް." އޭނާ ވިދާޅުވިއެވެ.

ޣައްޒާ އަށް އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާ ތަކުގައި ޣައްޒާ ސިޓީގައި ހުރި ވަގުތީ ހިޔަލުގެ ގޮތުގައި ބޭނުން ކުރާ ދެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 15 ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ.

މި މީހުންނަކީ ހަނގުރާމައިގެ ސަބަބުން މަޖުބޫރުން ގެދޮރު ދޫކޮށް ވަގުތީ ހިޔަލުގައި އުޅެން މަޖުބޫރުވެފައި ތިބި މީހުންނެވެ. ޣައްޒާ ގައި ހުރި އަލް ޖަޒީރާގެ ނޫސްވެރިޔާ ބުނާ ގޮތުގައި އިސްރާއީލުން ގެންދަނީ ޣައްޒާ ގެ ފެނުގެ ވަސީލަތްތައް ގަސްދުގައި ހަލާކު ކޮށް، "ހަނގުރާމައިގެ ހަތިޔާރެއްގެ" ގޮތުގައި ފެން ބޭނުން ކުރަމުންނެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާ ގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 45،129 ފަލަސްތީނު މީހުން ޝަހީދުވެ، 107،338 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އދ. ފޭލުވަނީތަ؟ މާހިރުން ވިދާޅުވީ އދ.ގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ހުރިކަމަށް!

24 ސެޕްޓެމްބަރު 2026
އދ. ފޭލުވަނީތަ؟ މާހިރުން ވިދާޅުވީ އދ.ގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ހުރިކަމަށް!
23 ސެޕްޓެމްބަރު 2026

ދެ ދައުލަތުގެ ހައްލަށް އޮތް ތާއީދު ހަމައެކަނި ބަސްތަކަކުން ނިންމާލެވޭކަށް ނެތް: ގުޓެރޭޝް

23 ސެޕްޓެމްބަރު 2026
ދެ ދައުލަތުގެ ހައްލަށް އޮތް ތާއީދު ހަމައެކަނި ބަސްތަކަކުން ނިންމާލެވޭކަށް ނެތް: ގުޓެރޭޝް
23 ސެޕްޓެމްބަރު 2026

އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު

23 ސެޕްޓެމްބަރު 2026
އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026

ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

22 ސެޕްޓެމްބަރު 2026
ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
21 ސެޕްޓެމްބަރު 2026

މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ

21 ސެޕްޓެމްބަރު 2026
މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ
20 ސެޕްޓެމްބަރު 2026

ހުޅަނގު އައްސޭރީގެ ދެ ޗެކްޕޮއިންޓެއް ބަންދުކޮށް، 100 އަށް ވުރެ ގިނަ މުދައްރިސުންނަށް ހުރަސްއަޅައިފި

20 ސެޕްޓެމްބަރު 2026
ހުޅަނގު އައްސޭރީގެ ދެ ޗެކްޕޮއިންޓެއް ބަންދުކޮށް، 100 އަށް ވުރެ ގިނަ މުދައްރިސުންނަށް ހުރަސްއަޅައިފި
20 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި

20 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި
20 ސެޕްޓެމްބަރު 2026

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ސިއްހީ ވުޒާރާގެ ވެރިޔާގެ ދަރިފުޅާއެކު ހަތަރު މީހަކު ޝަހީދުކޮށްލައިފި

20 ސެޕްޓެމްބަރު 2026
ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ސިއްހީ ވުޒާރާގެ ވެރިޔާގެ ދަރިފުޅާއެކު ހަތަރު މީހަކު ޝަހީދުކޮށްލައިފި
17 ސެޕްޓެމްބަރު 2026

އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހައުސްގައި ހުރަަސްއަޅަނީ

17 ސެޕްޓެމްބަރު 2026
އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހައުސްގައި ހުރަަސްއަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް