Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ ކަންބޮޑުވުންތައް

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

މަސްވެރިންގެ ކަންކަން ހަރުދަނާކުރަން ރަނގަޅު ޓައިމްލައިނެއް ނުވަތަ ކަންކަން ކުރެވޭނެ ކަމުގެ ޔަޤީންކަން އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2024 | ހޮނިހިރު 19:05
ކެޔޮޅުންގެ ލޮބީގެ މެމްބަރު، ކެޔޮޅު މުޙައްމަދު ހަސަން

ކެޔޮޅުންގެ ލޮބީގެ މެމްބަރު، ކެޔޮޅު މުޙައްމަދު ހަސަން

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކާއެކު، "ކެޔޮޅުންގެ ލޮބީ" އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް، އެމަނިކުފާނަށް އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ ބަލައިގަނެވޭ ވާހަކަތަކެއް ނޫން ކަަމަށް ކެޔޮޅުންގެ ލޮބީ އިން ބުނެފިއެވެ.

ނިމިދިޔަ ބުދަ ދުވަހުގެ މެންދުުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިކެޔޮޅުންގެ ލޮބީ އާއި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކެޔޮޅުންގެ ލޮބީގެ ފަރާތުން ކެޔޮޅު މުޙައްމަދު ހަސަން ވަނީ އެ ބައްދަލު ކުރެއްވުމަށް ދައުވަތު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ކަމަަށް ވީނަމަވެސް އެ ބައްދަލުވުމާއި ގުޅޭ ހަގީގަތް އޮޅޭ ގޮތަށް ސަރުކާރުން ވާހަކަދައްކާފައިވާ ކަަމަށް ފާހަގަކުރައްވާފައެވެ. ކެޔޮޅުންގެ ލޮބީގެ ފަރާތުން އައީ މަސްވެރިންނާއި ގުޅޭ ކަންބޮޑުވުންތައް މީޑިއާ އާއި އެކިއެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ. ލޮބީގެ ކަންކަމުގައި އިސްކޮށް ހުންނަވާ އެއްބޭފުޅަކީ ކެޔޮޅާގެ ދިޔަ ކަމަށާއި، ލޮބީ އާއި ބައްދަލުކުރުމަށް އެދި އެ މެސެޖް ހިއްސާކުރީ އޭނާ އާއި ކަމަށް ހަސަން ވިދާޅުވިއެވެ. އެއީ މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މަސްވެރިންނާއި ބައްދަލުކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ޤަބޫލު ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް އޮފީހަށް ރައީސާއި ބައްދަލުކުރުމަށް އެދި ފޮނުވި ސިޓީ އަށް ވެސް ޖަވާބުދީފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން، އެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތު އޮތް ޙާލަތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރި ނަމަވެސް ކަންކަން ހައްލުކޮށްދޭނެ ގޮތުގެ ތަފްސީލެއް އެމަނިކުފާނަށް ހިއްސާ ނުކުރެއްވޭ ކަަމަށް އޭނާ ވިދާޅުވިއެވެ. ރައީސް މުޢިއްޒު ސަރުކާރާ ހަވާލުވީއިރު ޙާލަތު އޮތް ގޮތް ވެސް ހިއްސާކޮށްފައިވާނެ ކަމަށް އެ ލޮބީގެ ފަރާތުން ބުންޏެވެ. މީގެ އިތުރުން މިއަދު މަސްވެރި އާއިލާތައް ތިބި ނިކަމެތި ޙާލަތާއި، އެ ޙާލަތުން އަރައި ގަތުމަށް ސަރުކާރާ ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ކެޔޮޅު ހަސަން ވިދާޅުވިއެވެ. ރައީސަށް މަސްވެރިންގެ ދަތިތައް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވި ވިދާޅުވުން ޤަބޫލު ނުކުރެވޭ ސަބަބަކީ މިފްކޯގައި އެމްޑީއަކު ނެތުމުން ބޭރު ޤައުމަކުން މިފްކޯ ހިންގުމަށް ބޭފުޅަކު ހޯއްދަވާނެ ކަމާއި މިފްކޯއަށް ރަގަޅު ގޮތްތަކެއް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމަށް ކުރިން އެމަނިކުފާނު ވިދާލުވެފައިވަނީ ، ވީމާ ރައިސް އަށް އެގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވުން އެއީ ވަރަށް ދެރަވަރުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކެޔޮޅު މުޙައްމަދު ހަސަން ވިދާޅުވީ، މަސްވެރިންގެ އުއްމީދަކީ މި ސިނާއަތަށް ދިމާވެފައިވާ ނިކަމެތި ކަމުން އަރައިގަނެ އަންނަން އޮތް ޖީލުތަކަށް މި ސިނާއަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެ ވާހަކަފުޅުތަކުން އުއްމީދެއް ލިބިގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް ހަރުދަނާ ޓައިމްލައިނެއް ނުވަތަ ކަންކަން ކުރެވޭނެ ކަމުގެ ޔަޤީންކަން އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިންމަސްވެރިންގެ މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު