Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެެރިންގެ ލޮބީ

މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ

އެ ލޮބީގެ ފަރާތުން ވަނީ މަސްވެރިންނަށް ފައިސާ ނުލިބުމުގެ ސަބަބުން އެ އާއިލާތަކަށް ލިބޭ ފޫ ނުބެއްދޭވަރުގެ ގެއްލުން ރައީސަށް ހިއްސާ ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2024 | ބުދަ 08:25
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކާއެކު، "މަސްވެރިންގެ ލޮބީ"އާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް، އެމަނިކުފާނަށް އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އެ ލޮބީގެ ފަރާތުން ބުނެފި އެވެ.

ބުދަ ދުވަހުގެ މެންދުުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމަށްފަހު، ވާހަކަ ދައްކަމުން މަސްވެރިންގެ ލޮބީގެ ފަރާތުން ބުނީ އެ ލޮބީއާ ބައްދަލު ކުރެއްވުމަށް ދައުވަތު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ކަމަަށެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތު އޮތް ޙާލަތު ރައީސުލްޖުމްހޫރިއްޔާ އަށް ހިއްސާކޮށްފައިވާނެ ކަމަށާއި، ރައީސް މުޢިއްޒު ސަރުކާރާ ހަވާލުވީއިރު ޙާލަތު އޮތް ގޮތް ވެސް ހިއްސާކޮށްފައިވާނެ ކަމަށް އެ ލޮބީގެ ފަރާތުން ބުންޏެވެ. މީގެ އިތުރުން މިއަދު މަސްވެރި އާއިލާތައް ތިބި ނިކަމެތި ޙާލަތާއި، އެ ޙާލަތުން އަރައި ގަތުމަށް ސަރުކާރާ ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުޢިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުނު މިންވަރާ ގުޅޭ ގޮތުން އަދި ނުފުއްދި ހުރި ވައުދުތަކާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަާރާ ކޮށްފަ އެވެ. ޚާއްސަކޮށް އެ ވައުދުތައް ފުއްދުމަށް އަވަސް ފިޔަވަޅު އެޅުމާއި، ސިނާއަތަށް ގެންނަން ޖެހޭ ބަދަލެއްވާ ނަމަ، އެ ބަދަލެއް ގެނައުމަ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ލޮބީގެ ފަރާތުން ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ޒަމާނީ ވަސީލަތާ އެކީގައި، ޒަމާނީ ފެންވަރުގައި މަސްވެރި ސިނާއަތް އަންނަން ގޮތް ޖީލަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ލޮބީން ބުނީ މަސްވެރިންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރުމުން، ރައީސަށް ވަރަށް ގިނަ ކަންކަން އޮޅުން ފިލައިގެން ދިޔަ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ކަމަށެވެ. އަދި އެއީ މީގެ ކުރިން ރައީސާ ހަމައަށް ތިލަވެފައި ނެތް މައުލޫމާތުތައް ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާ ކަމަށް ވެސް ލޮބީގެ ފަރާތުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރައީސްގެ ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންނާއި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު އެ ބޭފުޅުންގެ މަގާމުގެ ދަހިވެތިކަމުގައި ނުވަތަ ދިފާއުގައި ވާހަކަ ދައްކާނެ ކަމަށް ވެސް ރައީސަށް ދަންނަވާފައިވާނެ ކަމަށް ލޮބީގެ ފަރާތުން ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ލޮބީގެ ފަރާތުން ވަނީ މަސްވެރިންނަށް ފައިސާ ނުލިބުމުގެ ސަބަބުން އެ އާއިލާތަކަށް ލިބޭ ފޫ ނުބެއްދޭވަރުގެ ގެއްލުން ރައީސަށް ހިއްސާ ކޮށްފަ އެވެ. އެކަމުގެ ސަބަބުން އެ އާއިލާތަކުން ކުރަމުން އަންނަ ހިތާމަ އާއި ކެކުޅުމާއި އަދި ވޭން ރައީސަށް ހިއްސާކޮށްފައިވާނެ ކަމަށް ވެސް މަސްވެރިންގެ ލޮބީގެ ފަރާތުން ބުނެފައިވެ އެވެެ. ސަރުކާރުގެ އެހެނިގެން މުވައްޒަފުންނަށް ވެސް ބިލުތައް އަންނަ ފަދައިން، މަސްވެރި ކޮންމެ ގޭބިސީއަކަށް ވެސް ބިލުތައް އަންނަ ކަމަށާއި، ސަރުކާރުގައި މަސްވެރިންގެ ފައިސާ ހިފެހެއްޓިފައި ހުންނާތީ މަސްވެރިންގެ ގެތަކުން ކަރަންޓު ކެނޑޭ ކަމަށާއި، ފެން ކެނޑޭ ކަމަށާއި، އަދި ދަރިންގެ ޟަރޫރީ ބޭނުންތައް ވެސް ނުފިދިފައިވާ ކަމަށް ވެސް އެ ލޮބީގެ ފަރާތުން ވަނީ ބުނެފަ އެވެ. އެ ހުރިހާ ކަމެއްގެ ކަންބޮޑުވުން ރައީސަށް ހިއްސާކޮށްފައިވާނެ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މަސްވެރިންގެ ލޮބީގެ ފަރާތުން ބުނީ މަޝްވަރާ ކުރި ކަންކަމުގެ އަމަލީ ސިފައެއް ފެންނާނީ އެކަމުގައި ސަރުކާރުން އަދި ކަމާ ގުޅުން ހުރި ފަރާތްތަކުން އަމަލީ ގޮތުން މަސައްކަތް ކޮށްގެން ކަމަށެވެ.

މަސްވެރިންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު