Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށް ވި ވައުދު

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

ވައުދުވީ މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދައްކަން

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 9 ޑިސެމްބަރު 2024 | ހޯމަ 07:18
ރައީސް ޑރ. މުހައްމަދު މުއިއްޒު - ވައުދު ފުއްދެވިކަން އިއުލާން ކުރެއްވީ ކ. ގާފަރުގައި ހޯމަ ދުވަހު

ރައީސް ޑރ. މުހައްމަދު މުއިއްޒު - ވައުދު ފުއްދެވިކަން އިއުލާން ކުރެއްވީ ކ. ގާފަރުގައި ހޯމަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި، މަސްވެރިންނަށް ވި އެންމެ ބޮޑު އެއް ވައުދު ކަމަށްވާ، މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދައްކާނެ ކަމަށް ވި ވައުދު، ބީއެމްއެލްގައި އެކައުންޓް ހުންނަށް އޮޑިވެރިންނަށް، އެތައް ދުވަހެއް ފަހުން ދިވެހި ރުފިޔާ އިން ފައިސާ ދައްކާ ފުއްދަވައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އއ. އަތޮޅަށާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ހޯމަ ދުވަހު ކ. ގާފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން ދޭން ހުރި ފައިސާވެސް އެތައް ސަތޭކަ މިލިއަން ކަމަށާއި، 250 އެއްހާ މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށެވެ.

އެގޮތުން މިދިއަ 14 ދުވަހުގެ ތެރޭގައި ދައްކަން ހުރި 38 މިލިއަން ރުފިޔާ ދާދި ދެންމެއަކު އޮޑިވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށެވެ. މިހާރު ބެކްލޮގެއް ނީންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ ބީއެމްލްގައި އެކައުންޓް ހުރި 196 ބޭފުޅަކަށް 32.4 މިލިއަން ރުފިޔާ، އެމްއައިބީގައި އެކައުންޓް ހުރި 20 އޮޑިވެރިއަކަށް 5.6 މިލިއަން. އިއްޔެ ވާނީ ވަރަށް މުހިއްމު އެރޭންޖެމެންޓްތަކެއް ހަދާފައި. ފިނޭންސް މިނިސްޓްރީއާ މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާ ތިން ބައި މީހުންގެ އެގްރީމަންޓެއްގައި ސޮއި ކުރެވިފައި" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދަޅުވީ، އެ އިންތިޒާމްތަކުގެ ނަތީޖާއަކީ އަންގާރަ ދުވަހުން ފެށިގެން ބީއެމްއެލްގައި އެކައުންޓެއް އޮންނަ ކޮންމެ މަސްދޯންޏަކަށް، އެ ދޯންޏަކުން މަސްކިރާތާ 48 ގަޑީއިރުގެ ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންތައް ހަމަޖެހިގެން ދިއުން ކަމަށެވެ.

"މާދަމާއިން ފެށިން ވީ ވައުދު ފުއްދެމުންދާނެ. ބީއެމްއެލްގައި އެކައުންޓް އޮތް މަސްދޯންޏަކަށް ވިއްޔާ އެ ދޯންޏަކުން މަސްކިރާތާ 48 ގަޑީއިރު ތެރޭގައި އެ ދޯނީގެ އެކައުންޓަށް ފައިސާ ޖަމާވަމުންދާނެ. ދެން އެމްއައިބީ އެކައުންޓު ހުރި ފަރާތްތަކަށް އަދި އިތުރު ގޮތްތަކެއް ހޯދަންޖެހޭނެ" ރައީސް ކ. ގާފަރުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވައުދަކީ 48 ގަޑީއިރު ތެރޭ ގައި ފައިސާ ދިނުން ކަމަށާއި، އެހެންނަމަވެސް ސަރުކާރާ ހަވާލުވި އިރު އޮތް ހާލަތުން، ވެރިކަން ފެށިގެން 2 ވަނަ ދުވަހު އެކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއަދާ ހަމައަށް އައި އިރު 1000 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތް ތެލުގެ ސަބްސިޑީގެ އަގާ އެއްކޮށް ހިމަނައިގެން ލަހުންވިއަސް ދީފަ ވާނީ. އެކަމަކު އެއީ އެއް ނޫން އަޅުގަނޑު ވައުދުވި ގޮތަކީ" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ފައިސާ ދެވުނު ނަމަވެސް 48 ގަޑީއިރު ތެރޭ ފައިސާ ދޭނެ ކަމަށް ވީ ވައުދުގެ އަމަލީ މަސައްކަތް ނުފެށި އޮތް ސަބަބަކީ އެއީ ކަމަށާއި، މި ސިނާއަތް ނަގާ ކޮޅަށް ޖަހާ ފުޅާ ކުރާނެ ޕްލޭންތައް ހުރީ ނިންމާފައި ކަމަށެވެ.

"ވަގުތުތަކެއް ނަގައޭ އެހިސާބަށް ދާން. މިފްކޯ މިއޮތް ހާލަތުން ފުރަތަމަ އެތަން ރީފޯމްކުރުމަށްޓަކައި ވެސް މަސައްކަތް ކުރަންޖެހުނު. ވަރަށް ގިނަ މަސައްކަތް ކުރަން އަދިވެސް ޖެހޭ. އިދާރީ ގޮތުންވެސް ތަނުގެ ތަރުތީބު އޮތީ ރަނގަޅަކަށް ނޫން. އެހެންވީމަ އެކަހަލަ ބައިވަރު ކަންކަން ހުރުމާއެކީގައި މި އިންޑަސްޓްރީ ކުރިއަރުވަން ވަރަށް ފަރުވާތެރިކަމާއެކު މިއަދާ ހަމައަށް މިއައީ" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ، މަސްވެރިން ބާނާ މަހަށް، މަސް ކިރާތާ 48 ގަޑީއިރު ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވައުދު ވެވަޑައިގެންނެވެ. އަދި ކިރާ މަހަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ޑރ. މުއިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

މަސްވެރިން ބުނާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މިހާތަނަށް މަސްވެރިންނަށް އެންމެ ބޮޑަށް އިހުމާލުވި ސަރުކާރެވެ.

މަސްވެރިންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކ.ގާފަރު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު