Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ ކަންބޮޑުވުންތައް

މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން

މިދިޔަ 5 އަހަރު ޖުމްލަކޮށް މަސްވެރިންނަށް ދަތިނުވެ ކަންކަން ފުރިހަމަވެގެން ދިޔަ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ނޮވެމްބަރު 2024 | ހޮނިހިރު 13:11
އެމްޑީޕީގެ ލީޑަރޝިޕްގެ މެންބަރުން މަސްވެރިންނާއި ބައްދަލުކޮށް މަޝްވަރާކުރަނީ

އެމްޑީޕީގެ ލީޑަރޝިޕްގެ މެންބަރުން މަސްވެރިންނާއި ބައްދަލުކޮށް މަޝްވަރާކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މިހާތަނަށް މަސްވެރިންނަށް އެންމެ ބޮޑަށް އިހުމާލުވި ސަރުކާރު ކަމަށް ގިނަ މަސްވެރިން ބުނެފިއެެވެ.

ހޮނިހިރު ދުވަހުގެ މެންދުރުފަހު ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީގެ މެންބަރުން ވަނީ މާލެސިޓީގެ މަސްމާރުކޭޓު ސަރަހައްދަށް ގޮސް މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހާފައެވެ. މަސްވެރިންގެ ހިޔާލު ހޯދައި، ކަންކަމުގައި މަޝްވަރާކޮށްފައިވެއެވެ.

Advertisement - newsAdvertisement

މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތައް ހުރިއިރު، ބައެއް މަސްވެރިން ބުނެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ 5 އަހަރުގައި މަސްވެރިންނަށް ބައެއް ދަތިތައް ކުރިމަތިވި ނަމަވެސް ޖުމްލަކޮށް މަސްވެރިންނަށް ދަތިނުވެ ކަންކަން ފުރިހަމަވެގެން ދިޔަ ކަމަށާއި، މަސްވެރިންނަށް ހައްގު މިންވަރަށް ފައިސާ ލިބުނު ކަމަށެވެ.

މިސަރުކާރުން މަސްވެރިންގެ އަގުވައްޓާލާފައިވާކަން ފާހަގަކޮށް މަސްވެރިން ބުނެފައިވަނީ މަސްވެރިން ކިރާ މަސްކޮޅަށް ތިން ހަތަރު މަސްވެގެންދާއިރު، ފައިސާ ދޫނުކުރާ ކަމަށާއި، ހާލުގައި ޖައްސާފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް މިހައި ދަތިކުރި ސަރުކާރެއް މިގައުމަށް ނާންނަ ކަމަށް މަސްވެރިން ބުނެއެވެ.

މީގެ އިތުރުން މިސަރުކާރުގެ 52 ހަފްތާ ތެރޭގައި މަހުގެ އަގު 14 ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށާއި، 48 ގަޑިއިރު ތެރޭގައި ޑޮލަރުން ދޭން ބުނި ފައިސާ ރުފިޔާއިން ވެސް ނުދެވުނުކަން މަސްވެރިން ފާހަގަކުރެއެވެ. އަދި ކޫއްޑޫއާއި، ޕިއުލްސަޕްލައިގެ ތެލުގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، ކްރެޑިޓަށް އަޅައިދެމުން އައި ތެޔޮ އަޅައިދިނުން ވެސް ހުއްޓުވާފައިވާ ކަމަށް މަސްވެރިން ބުނެއެވެ.

މަސްވެރިން ބުނީ ކުރީ ސަރުކާރުތަކުގައި މަސްވެރިންނަށް ލިބިފައިވާ ލުއިތަކަށް ވެސް މިސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މައްސަލަ ހައްލު ކުރަންޖެހޭ ކަމަށާއި، އެކަމަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް މަސްވެރި ދޯނިތަކުގައި މަސައްކަތް ކުރާ ބިދޭސީން ތިބެންޖެހޭނީ ކުންފުނީގަ ވިސާގައި ކަމަށް ބުނެ، ފުރުސަތެއް ނުދީ ބިދޭސީން ހައްޔަރުކުރުމުން ވަރަށް ބޮޑަށް ދަތިވެފައިވާކަން އެމީހުން ބުނެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ފައްޔާޒު ވިދާޅުވީ މަސްވެރިންނަކީ ގައުމުގެ އިގްތިސާދުގެ ނާރެސް ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ޕާޓީގެ ފަރާތުން މަސައްކަތް ކުރާނެ ކަމަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިންނަށް ދަތިނުވާނެކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތްތެރީންގެ އަޑު އަހާނެ ކަމަށެވެ.

މަސްވެރިންއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
02 އޯގަސްޓު 2025

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް
15 އެޕްރީލު 2025

މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް

15 އެޕްރީލު 2025
މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް
28 ފެބުރުއަރީ 2025

ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

28 ފެބުރުއަރީ 2025
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު
13 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު