Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ ކަންބޮޑުވުން

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 5 ޑިސެމްބަރު 2024 | ބުރާސްފަތި 01:18
ދ. ކުޑަހުވަދޫ މަސްވެރިންގެ މުޒާހަރާއެއްގެ ތެރެއިން (ފައިލް ފޮޓޯ)

ދ. ކުޑަހުވަދޫ މަސްވެރިންގެ މުޒާހަރާއެއްގެ ތެރެއިން (ފައިލް ފޮޓޯ)

އިބްރާހިމް މުޙައްމަދު ސާލީޙްގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ފައްޓާފައި ހުރި ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ކިބައިން މަސްވެރިކަމަށް އަޑު އުފުލަމުންދާ މަސްވެރިންގެ ލޮބީގެ ފަރާތުން އެދިއްޖެއެވެ.

ބުދަ ދުވަހުގެ މެންދުުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "މަސްވެރިންގެ ލޮބީ"ގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، ރާއްޖެޓީވީ އާއި ވާހަކަ ދައްކަމުން މަސްވެރިންގެ ލޮބީގެ ފަރާތުން ކެޔޮޅު މުޙައްމަދު ހަސަން ބުނީ މި ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތު މިއަދު އޮތް ހާލަތާ ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވި އިރު މަސައްކަތް އޮތް ހާލަތުގެ އިތުރުން މަސްވެރި އާއިލާތަކަށް ދިމާވެފައިވާ ނިކަމެތި ހާލަތު ހިއްސާކޮށްފައި ވާނެ ކަމަށެވެ.

"ނިމިދިއަ ސަރުކާރުން، މަސް ސްޓޯރޭޖް އިތުރަށް ބޮޑުކުރުމުގެ މަސައްކަތަކުގެ ތެރޭގައި، އެމަސައްކަތް މިވަގުތު މަޑު ޖެހިފައި އޮތުމާ އެމަސައްކަތް ވީހާވެސް އަވަހަކަށް ފައްޓަވާ މި އިންޑަސްޓްރީއަށް އޭގެ ސަބަބުން ލިބޭ މައުނަވީ މަންފާ ލިބޭ އިންތިޒާމް ހަމަޖައްސަވާ ދެއްވުމަށް. އަދި އެއާއި އެކު ކޫއްޑޫގެ 750 ޓަނު ނިމިދިއަ ސަރުކާރުން ބްރެއިންޓޭންކެއް ވަނީ ގެންގޮސްފައި. އެތަނުގެ ބަނދަރުގެ މަސައްކަތް ހުރީ ފެއްޓިފައި. ފެލިވަރުގެ މަސައްކަތް ހުރީ ފެއްޓިފައި. ތިނަދޫގެ މަސައްކަތް ހުރީ ފެއްޓިފައި، އައްޑޫގެ މަސައްކަތް ހުރީ ފެއްޓިފައި" ކެޔޮޅު މުޙައްމަދު ހަސަން ބުންޏެވެ.

އޭނާ ބުނީ ފެށިފަ ހުރި ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދެއްވުމަށް ރައީސް ކިބައިން އެދިފައިވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދައުވަތަކީ، މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އުފައްދާފައިވާ "ކެޔޮޅާ" ނޫހާއި އަދި މަސްވެރިންގެ ލޮބީގެ މެމްބަރުންނަށް ދެއްވި ދައުވަތެކެވެ. މި ލޮބީގެ ކައުންސިލް މެމްބަރުންނަށް ތިބީ ގިނައިން ކެޔޮޅުން ކަމަށްވާއިރު، މި ބައްދަލުވުމަކީ މަސްވެރިންވެސް ހިމެނިގެން ކުރިއަށް ގެންދިއަ ބައްދަލުވުމެކެވެ.

މަސްވެރިންއިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
10 ޑިސެމްބަރު 2024

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ
09 ޑިސެމްބަރު 2024

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް
07 ޑިސެމްބަރު 2024

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު