Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިން

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިން އިސް ނަގައިގެން އިންތިޒާމު ކުރާ އެ ޙަރަކާތް އޮތީ އަންގާރަ ދުވަހުގެ މެންދުރު ފަހު ހުޅުމާލޭ މަސްވެރިންގެ ބަނދަރުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޑިސެމްބަރު 2024 | އަންގާރަ 06:40
މަސްވެރިންގެ އަޑު އުފުލުމަށް ބާއްވާ ޙަރަކާތުގެ ތެރެއިން

މަސްވެރިންގެ އަޑު އުފުލުމަށް ބާއްވާ ޙަރަކާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލާ، މަސްވެރިންގެ އަޑު އުފުލަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ މަސްވެރިންގެ ދުވަހާ ދިމާކޮށް، ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިން އިސް ނަގައިގެން އިންތިޒާމު ކުރާ އެ ޙަރަކާތް އޮތީ އަންގާރަ ދުވަހުގެ މެންދުރު ފަހު ހުޅުމާލޭ މަސްވެރިންގެ ބަނދަރުގަ އެވެ. އެ ޙަރަކާތުގައި ގިނަ މަސްދޯނިތަކަކާއި، އެ ދޯނި ފަހަރުތަކުގެ އޮޑިވެރިންނާއި، ފަޅުވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ޙަރަކާތް އިންތިޒާމު ކުރާ ފަރާތްތަކުން މިހާރު އަންނަނީ އެ ހަރަކާތައް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މެންދުރު ފަހު އޮންނަ ޙަރަކާތުގައި މަސްވެރިންގެ ކަންބޮޑުވުންތައް ފާޅު ކުރުމާއި، ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލާ ސަރުކާރަށް އަޑު އިއްވުން ކުރިއަށް ދާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެ ޙަރަކާތުގައި ބައިވެރިވާ ދޯނި ފަހަރުތަކުގައި ވަނީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ބެނާ ތަކުގައި ލިޔެ، ދޯނި ފަހަރުތަކުގައި ދަމައިފަ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުޢިއްޒު މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ، މަސްވެރިންގެ ކަންބޮޑުވުން އަބަދު ވެސް އަންނަނީ ފާޅު ކުރަމުންނެވެ. އެގޮތުން މަހުގެ އަގު ދައް ކުރުމާއި، މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބުމާއި، ތެޔޮ ލިބުމުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ މަސްވެރިންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން، އެކި ފަހަރު މަތިން މަސްވެރިން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ބޮޑު ކަންނެލި މަސްވެެރިކަންމަސްވެރިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
07 ޑިސެމްބަރު 2025

ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

07 ޑިސެމްބަރު 2025
ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!
10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
09 ޑިސެމްބަރު 2024

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް
07 ޑިސެމްބަރު 2024

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު