Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

މަރެސްކާ ބުނީ ޗެލްސީން ކުޅުނީ ބޭނުންވި ގޮތަށް ކަމަށް!

މަރެސްކާ ބުނީ ޗެލްސީން ކުރަމުން އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކަމަށާއި، ބޭނުން ވަނީ ނަތީޖާ ނެރުން ކަަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ނޮވެމްބަރު 2024 | އަންގާރަ 04:21
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީން ބޭނުންވި ކުޅުން ދެއްކުނު ކަމަށް، އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެލްސީގެ އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗު 1-1 އިން އެއްވަރުވީއިރު، އާސެނަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީން ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައި ލަނޑު ޖަހައިގެންނެވެ. މެޗުގައި ޗެލްސީން ވަނީ އިތުރު ލަނޑު ޖެހުމަށް ވެސް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަރެސްކާ ބުނީ، މެޗުގައި ޗެލްސީން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި އެ މެޗުގައި ޗެލްސީގެ ކުޅުންތެރިން ދެއްކި ކުޅުމަކީ، އެ މެޗުގައި ޗެލްސީން ދައްކަން ބޭނުންވި ފެންވަރުގެ ކުޅުމެއް ކަމަށް ވެސް މަރެސްކާ ބުންޏެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ ދެކޮޅަށް ވެސް އެނބުރި ދާނެ ކަހަލަ ވަގުތުތަކެއް ދިޔަ ކަމަށާއި، ނަމަވެސް ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ މެޗަށް ލޯ ހުޅުވިގެން ތިބި މަންޒަރު ކަމަށެވެ.

މަރެސްކާ ބުނީ ޗެލްސީން ކުރަމުން އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކަމަށާއި، ބޭނުން ވަނީ ނަތީޖާ ނެރުން ކަަމަށެވެ. ލީގުގައި މިދިޔަ އޮކްޓޫބަރު މަހު ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތް ކުރަމުން މަރެސްކާ ބުނީ، އެ މެޗުން ބަލިވުމަކީ ޗެލްސީ އަށް ޙައްޤު ނަތީޖާ ނޫން ކަމަށެވެ. އެ މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ފުޓުބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެކަމް ފާހަގަ ކުރަމުން މަރެސްކާ ބުނީ، އަވަސް މުސްތަޤުބަލެއްގައި ޗެލްސީ އަށް މިކަހަލަ ބޮޑެތި މެޗުތަކުން މޮޅުވެވޭ ފެންވަރު ގެނެވޭނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ޗެލްސީގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާ މެދު ޖައްސާނެ މައްސަލައެއް ނެތް ކަމަށެވެ. ސަބަބަކީ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ކުޅުންތެރިން މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެނުން ކަމަށާއި، އެކަމަކީ އޭނާ އަށް އޮންނަ ހިތްހަމަ ޖެހުމެއް ކަމަށް ވެސް މަރެސްކާ ބުންޏެވެ. މަރެސްކާ ބުނީ އޭނާ ހިތްހަމަ ނުޖެހޭނީ، ޗެލްސީގެ ކުޅުން ދަށްވެއްޖެ ނަމަ ކަމަށާއި، މިވަގުތަށް ބަލާއިރު އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށެވެ.

އަމިއްލަ ދަނޑުގައި އާސެނަލް އަތުން ހޯދި ޕޮއިންޓާ އެކު ޗެލްސީން ވަނީ ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 11 މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. ޗެލްސީގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން މިދިޔަ ސީޒަނަށްފަހު އެ ޓީމުގެ ކޯޗަކަށް ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިވުމުން، ދެން އެ މަގާމަށް ގެނައީ މަރެސްކާ އެވެ. ޗެލްސީން މަރެސްކާއާ ހަވާލު ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ އެ ޓީމުގެ ނަތީޖާތައް ރަނގަޅު ކުރުމެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
24 ފެބުރުއަރީ 2017

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017
އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު