Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެރިޓީ ޝިލްޑް 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

ލަނޑު ޖެހުމުގެ މައްސަލަ މުޅިން ހައްލުކުރާނެ: ސެކުލޮވްސްކީ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2017 | ބުރާސްފަތި 19:43
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ

މާޒިޔާގެ ކޯޗު ސެކުލޮވްސްކީ

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ ކަމަށާއި، ކުޅުންތެރިންގެ ކުޅުމަށް ސާބަސް ކިޔަން ޖެހޭ ކަމަށް މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮވްސްކީ ބުނެފި އެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެކުލޮވްސްކީ ބުނީ މެޗުން މޮޅުވުމުން ވަރަށް އުފާވާ ކަމަށާއި، ވަކިން ހާއްސަކޮށް ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން ވެލެންސިއާ އަށް ހަމަލާއެއް އެފައްދަން ފުރުސަތު ނުދީ މާޒިޔާ އިން ނުރައްކާތެރި ދެ ހަމަލާ އުފެއްދިކަންވެސް އޭނާ ވަނީ ބުނެފައެވެ.

ސެކުލޮވްސްކީ ބުނީ ކޯޗެއްގެ ހައިސިއްޔަތުން މެޗުން މޮޅުވުމުން އުފާވާން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ކުރިޔަށް އޮތް މެޗުގައި މާޒިޔާ ނިކުންނަން ޖެހޭނީ ރަނގަޅު ސްކޯ ލައިނަކަށް ވިސްނައިގެން ކަމަށާއި، އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މާޒިޔާ އިން ކުޅުނީ ޑިފެންސިވް ފުޓުބޯޅައެއްކަން ފާހަގަކުރަމުން ސެކުލޮވްސްކީ ބުނީ މުޅި ޓީމު ކުރިޔަށް އެއްކޮށް އަރުވަން ޖެހިލުންވި ކަމަށެވެ. އެގޮތުން މާޒިޔާ އިން ވަނީ މެޗު ކޮންޓްރޯލްކޮށްގެން ކުޅެފަކަމަށާއި، ފުރަތަމަ ހާފްގައި ދެ ލަނޑުވަރު ޖެހުނު ނަމަ މެޗު ވަރަށް ފަސޭހަވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސެކުލޮވްސްކީ ބުނީ ކުރިޔަށް އޮތް މެޗުގައި އަސަދުﷲ ވެސް ލިބޭ ފުރުސަތުގެ ބޭނުން ހިފާނެކަމަށް އުންމީދު ކުރާ ކަމަށާއި، ލަނޑު ޖެހުމުގެ މައްސަލަ މުޅިން ހައްލުކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު