Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައުމޫން

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

ލީވާން އަލީ
ލީވާން އަލީ | 4 ޖެނުއަރީ 2017 | ބުދަ 11:23

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އިޓަލީގެ މިޑް ފިލްޑަރު މާކޯ ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި އެވެ. ޑެއިލީ މެއިލް އިން ބުނީ ވެރާޓީ ހޯދުމަށް ޗެލްސީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެގޮތުން އެ ކްލަބުން އޭނާ ހޯދުމަށް 30 މިލިއަން ޕައުންޑުގެ ބިޑެއް ޕީއެސްޖީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަންނަ ޖެނުއަރީ ޓްރާންސްފާއާ ދިމާކޮށް ވެރާޓީ ޗެލްސީއަށް ގެނައުމަށް އެ ކްލަބުން މަސައްކަތްކުރަމުން އަންނަ އިރު، އޭނާ ހޯދުމަށް އިންޓަމިލާނުން ވެސް ވަނީ 65 މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޓަލީގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ވެރާޓީ އެ ކްލަބުގައި މަޑުކުރުމަށް ފެބްރުއަރީ މަހު ވަނީ ނިންމާފަ އެވެ. އެގޮތުން އޭނާ ވަނީ 2020 ވަނަ އަހަރު ކްލަބުގައި މަޑުކުރުމަށް ނިންމާ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ވެރާޓީ ބުނީ މީގެ ހަތަރު އަހަރު ކުރިން އޭނާ ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި، އަދިވެސް އެ ހުވަފެން ހަގީގަތަކަށް ހަދަން އޭނާ ބޭނުންވާ ކަމަށެވެ. ޕީއެސްޖީއާ 2012 ވަނަ އަހަރު ގުޅުނު ވެރާޓީ ވަނީ އެ ކްލަބާއެކު ހޭދަކުރި ހަތަރު ސީޒަނުގައި 173 މެޗު ކުޅެދީ ފަސް ލަނޑު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅުނު 17 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީއާ އެކު އޭނާ ވަނީ ހަތަރު ލީގު ތަށި، ދެ ލީގް ކަޕް، ހަތަރު ފްރެންޗް ސުޕާކަޕް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ ސެރީއާ ބީގެ ޕެސްކާރާއާ އެކުވެސް ގިނަ ކާމިޔާބީތައް ހޯދާފަ އެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު