Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއޯސީ ކޮންގްެސް

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މެޑަލް ހޯދުނު އަހަރަކީ 2016 ވަނަ އަހަރު: އިރުތިޝަމް

ލީވާން އަލީ
ލީވާން އަލީ | 8 އެޕްރީލު 2017 | ހޮނިހިރު 17:31
ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް

ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް

މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މެޑަލް ލިބުނު އަހަރު ކަމަށާއި، މިއީ ހުރިހާ ފަރާތްތަކުން އުފާ ފާޅުކުރަންޖެހޭ ކަމެއް ކަމަށް ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އޮލިމްޕިކް ކޮމެޓީގެ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އިރުތިޝާމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މެޑަލް ހޯދުނު އަހަރަކީ 2016 ވަނަ އަހަރު ކަމަށާއި، މިއީ ހުރިހާ ފަރާތްތަކުން އުފާ ފާޅުކުރަންޖެހޭ އަހަރެއް ކަމަށެވެ.

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި އޮލިމްޕިކްސް ކުރިއެރުވުމަށް އޮލިމްޕިކްސް ކޮމެޓީން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުން ކަމަށާއި، މިކަންތައްތައް ކުރުމަށް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު އަދި އެކްސްކޯގެ މެމްބަރުންގެ މަސައްކަތް ފާހަގަކުރެވޭ ކަމަށްވެސް އިރުތިޝާމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް ޔޫތްއާ ގުޅިގެން އޮލިމްޕިކް ކޮމެޓީން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވަމުން އިރުތިޝާމް ވިދާޅުވީ، ރާއްޖޭގެ އެތުލީޓުންނަށް ތަމްރީން ޕްރޮގްރާމްތައް ހޯދައިދިނުމާއި، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަންވަނަ ހޯދުމަށް އެތުލީޓުންނަށް އޮލިމްޕިކް ކޮމެޓީން ފުރުސަތު ހޯދައިދެމުން އަންނަ ކަމަށެވެ. އެގޮތުން އޮލިމްޕިކް ކޮމެޓީގެ މަސައްކަތަށް ޝުކުރު އަދާކުރާކަމަށް އިރުތިޝާމް ވަނީ ވިދާޅުވެފައެވެ.

އިރުތިޝާމް ވިދާޅުވީ، ފާއިތުވެދިޔަ އަހަރަކީ ކުޅިވަރު އެސޯސިއޭޝަންތައް މަދުން ނަމަވެސް އެއްފުރާޅަކަށް ގެނެވުނު އަހަރެއް ކަމަށާއި، މިކަން އެންމެ އެދެވޭ ގޮތުގައި ކުރެވިއްޖެ ނަމަ ދިވެހި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން އިރުތިޝާމް ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ ލަނޑުދަނޑިތައްވެސް ހާސިލްވެގެންދަނީވެސް މިފަދަ އެއްބާރުލުންތައް ދެއްވާތީ ކަމަށާއި، އެކަމަށް އެސޯސިއޭޝަންތަކަށް ހާއްސަ ޝުކުރެއް ރައްދުކުރާ ކަމަށެވެ.

ކުޅިވަރު ކްލަބްތައް އަދި އެސޯސިއޭޝަންތަކަށް މާލީ ގޮތުން އެހީވުމަށް ތަފާތު ގޮތްގޮތުން މަސައްކަތްކުރައްވާފައިވާނެ ކަމަށް ފާހަގަކުރައްވަމުން އިރުތިޝާމް ވިދާޅުވީ، އެސޯސިއޭޝަންތަކުން ހުށަހެޅުއްވި ބަޖެޓު ހަމަޖެއްސޭނެ އިންތިޒާމު މިއަދު ސަރުކާރުން ވާނީ ހަމަޖައްސާފައި ކަމަށެވެ. އެގޮތުން މިއީ ތާރީހުގެ ތެރެއިންވެސް ވެފައިވާ ކަމެއް ނޫންކަން އިރުތިޝާމް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު