Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

4 އެޕްރީލު 2017 | އަންގާރަ 23:14

ކުޅުންތެރިން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 4 އެޕްރީލު 2017 | އަންގާރަ 23:14
މާޒިޔާ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މާޒިޔާ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މާޒިޔާ އަތުން ތިން ޕޮއިންޓް ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށް ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް ބުނެފި.

އެސިސްޓަންޓް ކޯޗް މިހެން ބުނެފައިވަނީ އަންގާރަ ދުވަހު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗައްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެސިސްޓަންޓް ކޯޗް ބުނެފައިވަނީ މާޒިޔާ އާއި ދެކޮޅަށް ކުޅެން އެއްގޮތަކަށްވެސް ފަސޭހަ ނުވި ކަމަށާ މެޗަށް ނިކުތީވެސް އެވަރު ދަނެގެން ކަމަށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މާޒިޔާ އާއި ދެކޮޅަށް ކުޅުނު ތިން މެޗުންވެސް އެޓީމަށް މޮޅު ވެވުނީ އެންމެ ލަނޑެއްގެ ތަފާތުން ކަމަށާ މާޒިޔާއަކީ ވަރުގަދަ ޓީމެއްކަން ތިންމެޗުގެ ނަތީޖާއިންވެސް ހާމަކޮށްދީފި ކަމަށްވެސް ކޯޗް ބުންޏެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗެކޭވެސް އެއްފަދައިން ބެންގަލޫރުގެ އެސިސްޓަންޓް ކޯޗުވެސް ވަނީ ރެފްރީގެ ނިންމުންތަކާމެދު ކޮންމެވެސް ވަރަކަށް ނުރުހުން ފާޅުކޮއްފައެވެ. އޭނާ ބުނީ މެޗްގައި އެޓީމަށް ލިބެންޖެހޭ ޕެނަލްޓީއެށް ދީފައި ނުވާ ކަމަށާ މެޗުގެ ފަހު ވަގުތު އެޓީމުގެ ކޯޗަށް ދެއްކި ރަތް ކާޑަކީ ގަބޫލު ކުރެވޭނެ ކާޑެއް ނޫން ކަމަށެވެ. އޭނާ ބުނީ މެޗްގެ ފަހު ވަގުތު އޮއެވަރު ހުރިގޮތުން ކޯޗު ހުރީ ވަރަށް ބޮޑަށް ޕްރެޝަރުގައި ކަމަށާ އެވަގުތު ކޯޗުގެ އަމަލުތަށް ގޯސްވި ނަމަވެސް އެއީ ރަތްކާޑެއް އަންނަން ޖެހޭވަރު ދަނޑިވަޅެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ބެންގަލޫރުގެ އެސިސްޓަންޓް ކޯޗް ބުނީ މެޗުން މި ލިބުނީ ވަރަށް މުހިންމު ތިން ޕްއިންޓް ކަމަށާ މުބާރާތް ރޭވިފައި ވާގޮތުން ގުރޫޕުގެ ކުރި ހޯދުން ވަރަށް މުހިންމުކަމަށެވެ. މުބާރާތުގެ އޮނިގަނޑު ރޭވިފައިވާގޮތުން، ދެވަނަ ބުރަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.

މުބާރާތުގެ ގުރޫޕް އީގައި މިވަގުތު ބެންގަލޫރު އެފްސީ އޮތީ ހަޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި ޖުމްލަ ތިން ޕޮއިންޓާއެކު އޮތީ އަންގާރަދުވަހުގެ މެޗުން ބަލިވި މަޒިޔާ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް