Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ސިޓީގެ މޮޅުވުމަށް، ބޯންމައުތުން ނިމުމެއް ގެނެސްފި

10 މެޗުން 23 ޕޮއިންޓާ އެކު ސިޓީ އޮތީ ދެ ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2024 | އާދީއްތަ 04:09
ބޯންމައުތު އަދި ސިޓީ ކުޅުނު މެޗުގެ ތެރެއިން

ބޯންމައުތު އަދި ސިޓީ ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޗެމްޕިއަން މެންޗެސްްޓަރ ސިޓީ އަށް އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ބޯންމައުުތުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ސިޓީގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބޯންމައުތުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ދެ ވަނަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހައި އެ ޓީމުން ލީޑު ފުޅާ ކޮށްފައިވާއިރު، މި ހާފުގައި ސިޓީން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ސިޓީ ކޮޅަށް ލަނޑު ޖަހައި ބޯންމައުތަށް ލީޑު ނަގައިދިނީ އެންޓޮއިން ސެމެންޔޯ އެވެ. އޭނާ އެ ލަނޑު ޖެހީ މިލޯސް ކާކެޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ސިޓީން ނަތީޖާ ހަމަހަަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ 68 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. ކާކެޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ އެވަނިލްސަން އެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ސިޓީގެ ހަމައެކަނި ލަނޑު ޖެހީ ޖޮސްކޯ ގްވާޑިއޯލް އެވެ. އެއީ އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ބަލިވި ފުރަތަމަ މެޗެވެ. މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، ބަލިވެފައި ވަނީ އެއް މެޗުންނެވެ. 10 މެޗުން 23 ޕޮއިންޓާ އެކު ސިޓީ އޮތީ ދެ ވަނައިގަ އެވެ.

ޕްރިމިއަރ ލީގުބޯންމައުތުމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު