Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

މާސޭ ބަލިކޮށް، ޕީއެސްޖީން މަގާމު ދަމަހައްޓައިފި

28 އޮކްޓޯބަރު 2024 | ހޯމަ 05:53

މޮޅާއެކު ޕީއެސްޖީން ވަނީ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޮކްޓޯބަރު 2024 | ހޯމަ 05:53
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ފްރާންސް ލީގުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

މާސޭގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 3-0ންނެވެ. މެޗުގައި ޕީއެސްޖީން ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ޔާއޯ ނެވެސް އެވެ. މެޗުގައި މާސޭ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ އެ ޓީމުގެ އަމީން ހަރިތު އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ނުވަ މިނެޓު ފަހުން ޕީއެސްޖީގެ ދެ ވަނަ ލަނޑަކީ މާސޭގެ ލިއޮނާޑޯ ބަލާޑީ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑު 40 ވަނަ މިނެޓުގައި ޖެހީ ބްރާޑްލޭ ބާކޮލާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އޮސްމާން ޑެމްބެލޭ އެވެ.

މޮޅާއެކު ޕީއެސްޖީން ވަނީ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅުނު ނުވަ މެޗުން އެ ޓީމަށް ލިބެނީ 23 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް މޮނާކޯ އަށް 20 ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި މާސޭ އޮތީ 17 ޕޮއިންޓާ އެކު އެވެ.

ފްރެންޗް ލީގުޕީއެސްޖީމާސޭ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
01 ޖޫން 2026

މިއީ ޕީއެސްޖީ އަށް ބޮޑު ކާމިޔާބެއް، އެންރީކޭ އަށް ޚާއްޞަ އުފަލެއް

01 ޖޫން 2026
މިއީ ޕީއެސްޖީ އަށް ބޮޑު ކާމިޔާބެއް، އެންރީކޭ އަށް ޚާއްޞަ އުފަލެއް
01 ޖޫން 2026

ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

01 ޖޫން 2026
ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
31 މެއި 2026

އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

31 މެއި 2026
އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
30 މެއި 2026

ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ

30 މެއި 2026
ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ
14 މެއި 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި

14 މެއި 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި
07 މެއި 2026

ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި

07 މެއި 2026
ޕީއެސްޖީ ވަރުގަދަ، އެންރީކޭ ހުރީ ތާރީޚީ ކާމިޔާބަކަށް ކެތްމަދުވެފައި
07 މެއި 2026

ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް

07 މެއި 2026
ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް
06 މެއި 2026

ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ

06 މެއި 2026
ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ
29 އެޕްރީލު 2026

ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ

29 އެޕްރީލު 2026
ދެ ވަނަ ލެގަށް ވެސް ނިކުންނާނީ މޮޅުވާން: އެންރީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް