Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ހަތް މަސް ފަހުން އަލް-ޝިފާ ހޮސްޕިޓަލްގެ ވެރިޔާ އިޒްރޭލު ޖަލުން ދޫކޮށްލައިފި

ޖަލުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ޑރ. އަބޫ ސަލްމިޔާ ދޫކޮށްލީ، އޭނާގެ ފަރާތުން އޮތް ނުރައްކާ ވަޒަން ކުރުމަށް ފަހު ޖަލުގައި ތޮއްޖެހުން ބޮޑުވެފައިވާތީއެވެ.

ރާއްޖެ އެމްވީ | 1 ޖުލައި 2024 | ހޯމަ 19:39
އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއާ (2އާރް) ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔުނިސް ބަހުން ބަޔާނެއް ދެއްވަނީ

އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއާ (2އާރް) ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔުނިސް ބަހުން ބަޔާނެއް ދެއްވަނީ

ހަތް މަސް ދުވަހަށް ވުރެ ގިނަ ދުވަހު އިޒްރޭލުން ޖަލުގައި ބަންދު ކޮށްގެން ގެންގުޅުމަށް ފަހު ގާޒާ ގެ އަލް-ޝިފާ ހޮސްޕިޓަލްގެ އެންމެ އިސް ވެރިޔާ ޑރ. މުހައްމަދު އަބޫ ސަލްމިޔާ ދޫކޮށްލައިފިއެވެ.

އޭނާ ދޫކޮށްލުމުން އިޒްރޭލުގެ ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ.

ޖަލުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ޑރ. އަބޫ ސަލްމިޔާ ދޫކޮށްލީ، އޭނާގެ ފަރާތުން އޮތް ނުރައްކާ ވަޒަން ކުރުމަށް ފަހު ޖަލުގައި ތޮއްޖެހުން ބޮޑުވެފައިވާތީއެވެ.

ޖަލުން މިނިވަން ވުމުން އިޒްރޭލުން ޖަލުގައި ބަންދު ކޮށްގެން ގެންގުޅޭ ފަލަސްތީނު މީހުންނާ މެދު ކަންތައް ކުރަމުންދާ ލާ އިންސާނީ ގޮތުގެ ވާހަކަ ވަނީ ޑރ. އަބޫ ސަލްމިޔާ މީޑިއާ އާ ހިއްސާ ކޮށްފައެވެ.

ޑރ. އަބޫ ސަލްމިޔާ ހައްޔަރު ކުރި އިރު އިޒްރޭލު ސިފައިން ދެއްކި ބަހާނަޔަކީ އަލް ޝިފާ ހޮސްޕިޓަލަކީ، އޭނާގެ މެނޭޖްމަންޓްގެ ދަށުން، ހަމާސް ހަނގުރާމަވެރިން ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް ކަމަށް ބުނެއެވެ.

ޑރ. އަބޫ ސަލްމިޔާ ބުނި ގޮތުގައި އިޒްރޭލުގެ ޖަލުތަކުގެ ހާލަތު ހުރީ ދުވަހަކުވެސް ތަނެއް ގޯސްވާނެ އެންމެ ބޮޑަށް ގޯސްވެފައެވެ.

ޑރ. އަބޫ ސަލްމިޔާ ބުނިގޮތުގައި ޖަލުގައި ބަންދު ކޮށްފައި ތިބި އެތައް މެޑިކަލް ސްޓާފުން ވަނީ އިޒްރޭލް ސިފައިން އަނިޔާ ކުރުމުގެ ސަބަބުން މަރުވެފައެވެ.

އިޒްރޭލް ސިފައިން ޖަލުގައި ބަންދު ކޮށްގެން ގެންގުޅު އަލް ޝިޕާ ހޮސްޕިޓަލްގެ އޮތޮޕީޑިކްސް ގެ އިސް ވެރިޔާ މި އަހަރުގެ އޭޕްރީލް މަހު ޖަލުގައި ވަނީ މަރުވެފައެވެ.

ޑރ. އަބޫ ސަލްމިޔާ ހާމަ ކުރި ގޮތުގައި ޖަލުގައި ތިބި ފަލަސްތީން މީހުންނަށް އެކި ބާވަތުގެ ގޯނާ ކުރުމުގެ އިތުރުން އެމީހުންނަށް ކާނާ އާއި ބޯފެންވެސް ލިބެނީ ކިރިޔާ ދުނިޔޭގައި ތިބޭ މިންވަރަކަށެވެ.

"އަހަރެމެންނަށް އިންތިހާ އަނިޔާ ކުރި، އަހަރެންގެ ކުޑަވައި އިނގިލިވެސް ބިންދާލި، ބޮލުގައި ޖަހާ ބޯ ފަޅާލި،" ޑރ. ޑރ. އަބޫ ސަލްމިޔާ ޖަލުގެ އަނިޔާތަކުގެ ވާހަކަ ކިޔައިދެމުން ބުނެފައިވެއެވެ.

"ޖަލުގައި ކޮންމެ ދުވަހަކީ ވެސް އަނިޔާ ކުރާ ދުވަހެއް، ކޮންމެ ދުވަހަކު ގައިގާ ތަޅާ."

އިޒްރޭލުގެ ޖަލު ތަކުގައި ބަންދުކޮށްގެން ގެންގުޅޭ ފަލަސްތީން މީހުންނަށް ލާ އިންސާނީ އަނިޔާ ދޭ ވާހަކަ ޖަލުތަކުގައި ބަންދު ކުރި އެތައް ހާސް މީހުން ވަނީ މީގެ ކުރިން ވެސް ހާމަ ކޮށްފައެވެ.

ގާޒާގެ މީޑިއާ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި 2023 ގެ އޮކްޓޯބަރުގެ ފަހުން ޔަހޫދީ ދައުލަތުން ފަލަސްތީނުގެ 5000ށް ވުރެ ގިނަ މީހުން ވަނީ ރަހީނު ކޮށްފައެވެ.

އެމީހުންނާ ބެހޭ މައުލޫމާތެއް އެމީހުން ތިބި ހާލަތެއްވެސް ނޭނގޭ ކަމަށް ގާޒާގެ އޮފިޝަލުން ބުނެފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާއިޒްރޭލް

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2025

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

28 ޑިސެމްބަރު 2025
ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި
27 ޑިސެމްބަރު 2025

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025
ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް
27 ޑިސެމްބަރު 2025

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025
ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް
25 ޑިސެމްބަރު 2025

ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

25 ޑިސެމްބަރު 2025
ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ
25 ޑިސެމްބަރު 2025

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

25 ޑިސެމްބަރު 2025
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި
25 ޑިސެމްބަރު 2025

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން
21 ޑިސެމްބަރު 2025

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް
20 ޑިސެމްބަރު 2025

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު