Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ޖެހިޖެހިގެން ތިންވަނަ އަހަރަށް އިޒްރޭލަކީ ދުނިޔޭގައި ނޫސްވެރިން އެންމެ ގިނައިން މަރާ ޤައުމު ކަމަށް ކަނޑައަޅައި، ދުނިޔޭގައި މި އަހަރު މަރުވި 67 ނޫސްވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށްވާ 29 ފަރާތަކީ ފަލަސްތީނުގެ ނޫސްވެރިން ކަމަށް ބުނެފައި.

ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 02:30
ޣައްޒާ ގައި އިޒްރޭލުގެ ހަމަލާއެއްގައި މަރުވި ނޫސްވެރިންތަކެއްގެ ޖަނާޒާ ގެ ތެރެއިން - 7 ޖެނުއަރީ 2024

ޣައްޒާ ގައި އިޒްރޭލުގެ ހަމަލާއެއްގައި މަރުވި ނޫސްވެރިންތަކެއްގެ ޖަނާޒާ ގެ ތެރެއިން - 7 ޖެނުއަރީ 2024

އިޒްރޭލަކީ ދުނިޔޭގައި ނޫސްވެރިން އެންމެ ގިނައިން މަރާ ޤައުމު ކަމަށް ރިޕޯޓަރުސް ވިތައުޓް ބޯޑަރސް އިން ޖެހިޖެހިގެން ތިންވަނަ އަހަރަށް ކަނޑައަޅައިފި އެވެ.

ރިޕޯޓަރުސް ވިތައުޓް ބޯޑަރސް (އާރުއެސްއެފް) އިން ހާމަކޮށްފައިވާ ރިޕޯޓުގައިވާ ގޮތުގައި، 2025 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި ނޫސްވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނޫސްވެރިން މަރުވެފައިވަނީ އިޒްރޭލުން ހަނގުރާމަ ކުރަމުންދާ ޣައްޒާގައެވެ.

އަންގާރަ ދުވަހު ނެރުނު އަހަރީ ރިޕޯޓު ގައި އާރުއެސްއެފް އިން ބުނެފައިވަނީ، މި އަހަރު ދުނިޔެއިން މަރުވި 67 ނޫސްވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށްވާ 29 ފަރާތަކީ ފަލަސްތީނުގެ ނޫސްވެރިން ކަމަށާއި އެއީ ޣައްޒާ ގައި އިޒްރޭލުގެ ސިފައިން ގެ ޝިކާރައަކަށްވީ މީހުން ކަމަށެވެ.

ޕެރިސް ގައި މައި ހެޑްކުއާޓާރސް ހުންނަ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ މި ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ، ޣައްޒާ ހިސޯރު ކޮށްގެން އުޅޭ އިޒްރޭލަކީ ފާއިތުވި ތިން އަހަރު ވެސް ނޫސްވެރިންނަށް ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ބާރު ކަމަށެވެ.

އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ފަހުން، ގާތްގަނޑަކަށް 220 ނޫސްވެރިން މަރުވެފައިވެއެވެ.

އާރުއެސްއެފް ގެ ރިޕޯޓުގައި، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މަރުވި ނޫސްވެރިންގެ މައުލޫމާތު ހިމަނާފައިވާއިރު، އިޒްރޭލު ސިފައިން ސިފަކޮށްފައި ވަނީ "ނޫސްވެރިންގެ އެންމެ ބޮޑު ދުޝްމަން" ގެ ގޮތުގައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، "ފާއިތުވި 12 މަސް ދުވަހު މަރުވި ނޫސްވެރިންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (43%) މީހުން ޣައްޒާގައި އިޒްރޭލުގެ ސިފައިންގެ އަތްދަށުވި" ކަމަށެވެ.

އެންމެ ގިނަ ނޫސްވެރިން މަރުވި ހަމަލާ ދީފައިވަނީ އޮގަސްޓު 25 ގައެވެ. އެ ދުވަހު ޣައްޒާގެ ދެކުނުގައި ހުންނަ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ފަސް ނޫސްވެރިން މަރުވެފައިވެއެވެ.

އިސްރާއީލުން ވަނީ ފަލަސްޠީނުގެ ގިނަ ނޫސްވެރިންނަކީ "ޓެރަރިސްޓުން" ކަމަށް ލޭބަލް ކޮށްފަ އެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ފަލަސްތީނުގެ ސަރަހައްދަށް ބޭރުގެ ނޫސްވެރިންނަށް ވަނުން މަނާ ކޮށްފައި ވުމުގެ ސަބަބުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާތަކުން މިނިވަންކަމާއެކު އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނުމަށް ތަކުރާރުކޮށް ގޮވާލާފައިވީ ނަމަވެސް، ނޫސްވެރިންނަށް ވަދެވޭނީ އިޒްރޭލުގެ ސިފައިން އިންތިޒާމުކުރާ ކޮންޓްރޯލް ކުރެވިފައިވާ ދަތުރުތަކުގައި އެކަންޏެވެ.

އޮކްޓޯބަރު 1 ގައި އާރުއެސްއެފް އިން ބުނެފައިވަނީ، އިޒްރޭލުގެ ވެރިކަމުން ޣައްޒާގައި ނޫސްވެރިންނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް، ފަސްވަނަ ފަހަރަށް އާ މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ.

އިޒްރޭލްރިޕޯޓަރސް ވިތައުޓް ބޯޑަރސްނޫސްވެރިންއިޒްރޭލް-ފަލަސްޠީންޕްރެސް ފްރީޑަމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު