Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްރިކާ ކަޕް

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

އަހަރުމެން މަރުވާން ބޭނުންވަނީ ދަނޑުމަތީގައި، ފްލައިޓެއްގައެއްނޫން: ކޯޗު

ރާއްޖެ އެމްވީ | 12 ޖެނުއަރީ 2024 | ހުކުރު 01:14
ގެމްބިއާ ކުޅުންތެރިން އައިވަރީ ކޯސްޓްގެ ފްލައިޓުން ފައިބަނީ

ގެމްބިއާ ކުޅުންތެރިން އައިވަރީ ކޯސްޓްގެ ފްލައިޓުން ފައިބަނީ

އެފްރިކަން ނޭޝަންސް ކަޕުގައި ކުޅެން އައިވަރީ ކޯސްޓަށް ދަތުރުކުރަނިކޮށް ފްލައިޓްތެރޭގައި ގެމްބިއާ ކުޅުންތެރިންނަށް ގޮތްނޭނގޭ ގޮތްތަކެއްވާން ފެށުމުން ކޯޗުގެ އެދުމަށް ފްލައިޓް އަނބުރައި ތިރިކޮށްފި އެވެ.

ބުދަ ދުވަހު ގެމްބިއާ ކުޅުންތެރިން އައިވަރީ ކޯސްޓަށް ފުރީ އައިވަރީ ކޯސްޓްގެ ގައުމީ އެއާލައިންގަ އެވެ. ނަމަވެސް ފްލައިޓް މައްޗަށް އެރިތާ ހައެއްކަ މިނިޓް ތެރޭގައި ގެމްބިއާގެ ވެރިރަށް ބަންޖޫލް އަށް ބޯޓު ތިރިކުރީ ކޯޗު އެދުމުގެ މަތީން އިމަޖެންސީގަ އެވެ

އެއާލައިން އޮފިޝަލުން ބުނީ ބޯޓު ތިރިކުރަން ޖެހުނީ ގިނަ ކުޅުންތެރިންތަކެއް ނިދޭގޮތްވެ، ހެއަށް ގޮތްވާން ފެށުމުން ކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރިީ އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބުމުން ކަމަށްބެލެވޭ ކަމަށެވެ. އަދި ޕައިލެޓް ގާތުގައި ބޯޓު ތިރުކުރަން އެދުނީ ކޯޗު ކަމަށެވެ.

އޭނާ އަދި ބުނީ ބޯޓު އިތުރަށް 30 މިނިޓް ދުއްވިނަމަ މީހުން ބޮލަށް ތަދުވާން ފަށާނެ ކަމަށެވެ.

އައިވަރީ ކޯސްޓްގެ އެއާލައިނުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެއާކަންޑިޝަންތަކަށް ދިމާވި މައްސަލަ ބޯޓު ތިރިކޮށް ހައްލު ކުރި ކަމަށެވެ. ނަމަވެސް އެ ފްލައިޓްގައި ދަތުރުކުރަން ނިންމައި އެ މޮޑެލްގެ އާ ފްލައިޓެއް ގެމްބިއާ ޓީމު ދަތުރުކުރަން ހަމަޖައްސާދީފައިވާ ކަމަށެވެ. ނަމަވެސް އެ ބޯޓުގައި ދަތުރުކުރަން ގެމްބިއާގެ ކެޕްޓަން ވަނީ ދެކޮޅު ހަދައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ގެމްބިއާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ބޯޓަށް ދިމާވީ ކޮންކަހަލަ މައްސަލައެއްކަން ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށެވެ. އަދި ކުޅުންތެރިން ސަލާމަތުން އެނބުރި އައިސް ޓާމިނަލްގައި މަޑުކުރީ ކަމަށެވެ.

މުބާރާތުގައި ހޯމަ ދުވަހު ސެނެގާލްއާ ދެކޮޅަށް ކުޅެން ޖެހޭ ގެމްބިއާ ޓީމު އައިވަރީ ކޯސްޓަށް ފަހުން ފުރީ އައިވަރީ ކޯސްޓްގެ ގައުމީ އެއާލައިނުން ހަމަޖައްސައިދިން އެއާބަސް 319ގެ ބޯޓެއްގައި ބުރާސްފަތި ދުވަހު އެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

03 ޖެނުއަރީ 2024
އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

03 ޖެނުއަރީ 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

31 ޑިސެމްބަރު 2023
ސައުތު އެފްރިކާ ޓީމަށް ސަޕޯޓަރުންގެ ހޫނު މަރުހަބާއެއް

ސައުތު އެފްރިކާ ޓީމަށް ސަޕޯޓަރުންގެ ހޫނު މަރުހަބާއެއް

26 ޖުލައި 2022

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު