Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްރިކާ ކަޕް އޮފް ނޭޝަންސް

މިސްރު ބަލިކޮށް އެފްރިކާގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސެނެގާލަށް

ޕެނަލްޓީގައި ސެނެގާލް ކުރިހޯދީ 4-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2022 | ހޯމަ 02:52
އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތައްޓާއެކު ސެނެގާލުގެ ކުޅުންތެރިން އުފާފާޅުކުރަނީ

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތައްޓާއެކު ސެނެގާލުގެ ކުޅުންތެރިން އުފާފާޅުކުރަނީ

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މިސްރު ބަލިކޮށް، ސެނެގާލުން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.

ކެމަރޫނުގައި ކުރިއަށްދިޔަ މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އެއާއެކު ޕެނަލްޓީގައި ސެނެގާލް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސެނެގާލުން ފުރަތަމަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުން ވަނީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން އަލްޖީރިއާ އަތުން ސެނެގާލް ވަނީ ބަލިވެފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގަން ސެނެގާލަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ސެނެގާލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ތަރި ސަޑިއޯ މާނޭ ފޮނުވާލި ޕެނަލްޓީ މިސްރުގެ ގޯލްކީޕަރު އަބޫ ގަބާލް ވަނީ ދިފާއުކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ސެނެގާލުގެ ސަލިއޫ ސިސްއަށް މިސްރުގެ މުހައްމަދު އަބްދުލްމޮނެމް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މި މެޗުގައި މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު ފޮނުވާލި ދެ ހަމަލާއެއް ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ ދިފާއުކޮށްފައެވެ. ދެން މި މެޗުގައި ސެނެގާލުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިސްރުގެ ގޯލްކީޕަރު އަބޫ ގަބާލެވެ.

މި މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، މިސްރުގެ އަބްދުލްމޮނެމް ފޮނުވާލި ދެވަނަ ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެކަމަކު ސެނެގާލުގެ ބްރޫނޯ ސާ ދެން ފޮނުވާލި ޕެނަލްޓީ މިސްރުގެ ގޯލްކީޕަރު އަބޫ ގަބާލް ވަނީ މަތަކޮށްފައެވެ.

ނަމަވެސް މި މެޗުން މިސްރު ބަލިވީ އެ ޓީމުގެ މޮހަނާދް ލަޝީން ފޮނުވާލި ހަތަރުވަނަ ޕެނަލްޓީ ސެނެގާލުގެ ގޯލްކީޕަރު މެންޑީ މަތަކުރުމާ ގުޅިގެންނެވެ. އެއާއެކު ފުރުސަތުގެ ބޭނުންހިފައި މާނޭ ވަނީ ސެނެގާލުގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ.

މި މޮޅާއެކު ކޯޗު އަލިއޫ ސީސޭގެ އިރުޝާދުގެ ދަށުން ސެނެގާލުން ޗެމްޕިއަންކަން ހޯދިއިރު، އޭނާއަކީ 2002 ވަަނަ އަހަރު މި މުބާރާތުގެ ފައިނަލުގައި ކުޅުނު ކުޅުންތެރިއެކެވެ. އެ ފަހަރުގެ ފައިނަލުން ކެމަރޫން އަތުން ޕެނަލްޓީ ޖަހައިގެން ސެނެގާލް ބަލިވިއިރު، ސީސޭ އަތުން އެ ފަހަރު ވަނީ ޕެނަލްޓީއެއް ބޭކާރުވެފައެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

12 ޖެނުއަރީ 2024
އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

03 ޖެނުއަރީ 2024
އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

03 ޖެނުއަރީ 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

31 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު