Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްރިކާ ކަޕް އޮފް ނޭޝަންސް

ސެމީގެ ފަހު ދެ ޖާގަ މިސްރާއި ސެނެގާލަށް

ސެނެގާލް މޮޅުވީ އެކުއަޓޯރިއަލް ގިނީ އަތުން 3-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2022 | ހޯމަ 07:09
މިސްރާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން

މިސްރާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މިސްރާއި ސެނެގާލުން ހޯދައިފިއެވެ.

ކެމަރޫނުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީގެ ޖާގައެއް މިސްރުން ހޯދީ މޮރޮކޯ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި މޮރޮކޯއިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޯފިއާން ބޫފާލއެވެ. މިއީ އޭރިއާ ތެރެއިން މޮރޮކޯގެ ތަރި އަޝްރަފް ހަކީމީއަށް މިސްރުގެ އައިމަން އަޝްރަފް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން ކުޅުން ރަނގަޅުކޮށް މިސްރުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު މިސްރަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. މީގެ ތެރެއިން ފުރަތަމަ ހާފުގައި މިސްރުން ފަހަތުން އަރައި ލީޑު ނެގިއިރު، މެޗުގެ 100 ވަނަ މިނެޓުގައި ސަލާހު ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަހުމޫދު ޓްރެޒެގޭއެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ސެމީއަށް މިސްރު ދަތުރުކުރިއިރު، ސެމީގެ ފުރަތަމަ މެޗުގައި މިސްރު ކުޅެން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫނާއެވެ. ސެމީއަށް ކެމަރޫން ދަތުރުކޮށްފައިވަނީ ކުއާޓާގައި 2-0 ގެ ނަތީޖާއަކުން ގެމްބިއާ ބަލިކުރުމަށްފަހުއެވެ.

މީގެ އިތުރުން މި މުބާރާތުގެ ސެމީއަށް ސެނެގާލް ދަތުރުކުރީ އެކުއަޓޯރިއަލް ގިނީ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލުން ލީޑު ނެގިއިރު، މެޗުގެ 28 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަމާރާ ޑިއެދިއޯއެވެ. އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އޭރިއާ ތެރެއިން ސެނެގާލުގެ ކެޕްޓަން ކަލިދޫ ކުލިބާލީގެ އަތުގައި ބޯޅަ ޖެހުމުން އެކުއަޓޯރިއަލް ގިނީއަށް ޕެނަލްޓީ ދޭން ރެފުރީ އެންމެ ފުރަތަމަ ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

އެކަމަކު އޭގެ މާ ގިނަ އިރުތަކެއް ނުވެ އެކުއަޓޯރިއަލް ގިނީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެނިކް ބީލާއެވެ. ނަމަވެސް މެޗުގެ 68 ވަނަ މިނެޓުގައި ސެނެގާލުން ވަނީ އަލުން ލީޑު ނަގާފައެވެ. ކުޅެން އެރިތާ ތިން މިނެޓުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗެއިކޫ ކުޔާޓޭއެވެ. އަދި މެޗުގެ 79 ވަނަ މިނެޓުގައި އިސްމާއިލާ ސާ ވަނީ ލަނޑެއް ޖަހައި، ސެނެގާލުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ސެމީގެ ފަހު ޖާގަ ސެނެގާލުން ހޯދިއިރު، ސެމީގައި އެ ޓީމު ކުޅެން ޖެހޭނީ ބުރްކީނާ ފާސޯއެވެ. ސެމީއަށް ބުރްކީނާ ފާސޯ ދަތުރުކޮށްފައިވަނީ ކުއާޓާގައި 1-0 ގެ ނަތީޖާއަކުން ޓިއުނީޝިއާ ބަލިކުރުމަށްފަހުއެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

12 ޖެނުއަރީ 2024
އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

03 ޖެނުއަރީ 2024
އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

03 ޖެނުއަރީ 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

31 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު