Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްރިކާ ކަޕް އޮފް ނޭޝަންސް

ޕެނަލްޓީގައި ކެމަރޫން ބަލިކޮށް މިސްރު ފައިނަލަށް

ޕެނަލްޓީގައި މިސްރު ކުރިހޯދީ 3-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ފެބުރުއަރީ 2022 | ހުކުރު 06:38
ކެމަރޫނާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން

ކެމަރޫނާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫން ބަލިކޮށް ފައިނަލުގެ ފަހު ޖާގަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މިސްރުން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެއާއެކު ޕެނަލްޓީގައި މިސްރު ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ކެމަރޫނުގެ މައިކަލް ގެޑޫ-ގެޖުއީ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ކެމަރޫނުގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ވަނީ އޭނާ ހުއްޓުވާފައެވެ.

މި މެޗުގެ 90 މިނެޓު ހަމަވަން ގާތްވެފައި ވަނިކޮށް ރެފުރީ ވަނީ މިސްރުގެ ކޯޗު ކާލޯސް ކުއެރޯޒަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި، ބެންޗުން ފޮނުވާލާފައެެވެ. ކުއެރޯޒަށް ދެ ރީނދޫ ކާޑުވެސް ދެއްކީ މެޗުގެ ރެފުރީ ބަކާރީ ގައްސާމާގެ ނިންމުންތަކާ ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. އެހެންކަމުން މި ރަތް ކާޑާއެކު ފައިނަލް މެޗުގައި ކުއެރޯޒަށް މިސްރުގެ ބެންޗުގައި ނީނދެވޭނެއެވެ.

މި މެޗުގެ 90 މިނެޓު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް، އެ ދެ ހާފުގައިވެސް ދެ ޓީމަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ކެމަރޫނަށް ކާމިޔާބުކުރެވުނީ އެ ޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އޭގެ ފަހުން ކެމަރޫނުގެ ހެރޯލްޑް މޮކޯ އާއި ޖޭމްސް ލެ ސިލީކީ ފޮނުވާލި ޕެނަލްޓީތައް މިސްރުގެ ގޯލްކީޕަރު މުހައްމަދު އަބޫގަބާލް ވަނީ ދިފާއުކޮށްފައެވެ. ދެން ކެމަރޫނުގެ ކްލިންޓަން އެންޖީ ފޮނުވާލި ހަތަރުވަނަ ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ މިސްރުން ހޯދިއިރު، ފައިނަލުގައި އެ ޓީމު ކުޅެން ޖެހޭނީ ސެނެގާލާއެވެ. ފައިނަލަށް ސެނެގާލް ދަތުރުކުރީ ސެމީގައި ބުރްކީނާ ފާސޯ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2024

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

12 ޖެނުއަރީ 2024
ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި
03 ޖެނުއަރީ 2024

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

03 ޖެނުއަރީ 2024
އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް
03 ޖެނުއަރީ 2024

އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

03 ޖެނުއަރީ 2024
އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ
02 ޖެނުއަރީ 2024

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ
31 ޑިސެމްބަރު 2023

ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

31 ޑިސެމްބަރު 2023
ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު