Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްރިކާ ކަޕް

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

ކެމަރޫނަކީ މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ޖާޒީ ލަމުން އައި ޓީމް

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2024 | އަންގާރަ 04:43
ކެމަރޫނުން 2002 ވަނަ އަހަރުގެ އެފްރިކާ ކަޕުގައި ބޭނުންކުރި ޖާޒީ

ކެމަރޫނުން 2002 ވަނަ އަހަރުގެ އެފްރިކާ ކަޕުގައި ބޭނުންކުރި ޖާޒީ

ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށާއިރު ސަޕޯޓަރުން އެންމެ ބަލަން ބޭނުންވާ ދެ ކަމަކީ އޭނާގެ ޓީމުން ލާނެ ޖާޒީ އާއި ޓީމުގެ ފުރަތަމަ 11 އެވެ. ފާއިތުވެދިޔަ 30 އަހަރަށް ބަލާއިރު އެންމެ ތަފާތު ޖާޒީ އާއި ކުލަވަރުތައް ފެނިފައިވާ މުބާރާތަކީ އެފްރިކަން ކަޕް އޮފް ނޭޝަންސް އެވެ.

މި އަހަރުގެ އެފްރިކާ ކަޕް އޮތީ އައިވަރީ ކޯސްޓްގަ އެވެ. ޖެނުއަރީ 13ގައި ފަށާ މުބާރާތް ފެށުމުގެ ކުރިން މި މުބާރާތުގެ ފާހަގަކޮށްލެވޭ ތާރީހީ ޖާޒީތަކަށް ބަލައިލާނަމެވެ.

މުބާރާތުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވެނީ 2002 ވަނަ އަހަރުގެ މުބާރާތަށް ކެމަރޫނުން ބޭނުންކުރި އަތްކެނޑި ޖާޒީ އެވެ. ޕޫމާއިން ތައްޔާރުކޮށްދިން މި ޖާޒީގެ އަތްކަނޑާލުމުން އެންމެ ވައްތަރުވީ ބާސްކެޓް ޖާޒީއަކާ އެވެ.

މި ޖާޒީގެ މަޝްހޫރުކަން ބޮޑުވެ، މުޅި އެފްރިކާގައި ވައިހިއްޕާލި އެވެ. އެފްރިކާގެ ކޮންމެ މީހަކު ވެސް މި ޖާޒީ ލާން ބޭނުންވި އެވެ.

ނަމަވެސް އެއަހަރުގެ ވޯލްޑްކަޕުގައި މި ޖާޒީލާން އުޅުމުން ފީފާއިން މިކަން މަނާކުރި އެވެ. ފީފާއިން ކެމަރޫނަށް މަޖުބޫރުކުރީ އަތްކުރި ހުންނަންޖެހޭނެ ކަމަށެވެ. އެއިރު ޕޫމާއިން ހުރީ ޖާޒީތައްޔާރުކޮށްފައިކަމުން، ފީފާގެ ސަސްޕެންޝަނުން ސަލާމަތްވުމަށް ކުރި ކަމަކީ ޖާޒީގެ ދަށުން ކަޅުކުލައިގެ ސްލީވެއް ކުޅުންތެރިން ދިނުމެވެ. ނަމަވެސް ސެމިއުލް އެޓޫ ގޯލް ޖަހާފައި ދުއްވައިގަތް ވަގުތު ކޮނޑުކެނޑި ޖާޒީ އާއި ސްލީވް ވަކިވެފައިވާތަން ފެނުމުން ފީފާއިން ކެމަރޫން ޖޫރިމަނާކުރި އެވެ. ފަހުން ކަޅުކުލައިގެ ސްލީވް ޖާޒީއާ ގުޅުވާލީ ރޮނދިޖަހައި ފަހައިގެންނެވެ.  

މިޖާޒީ ފަހުން ވައްތަރުވީ ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ފްރެންޗް އޯޕަންގައި ބޭނުންކުރި ޖާޒީއާ އެވެ.

އޭގެ ދެ އަހަރު ފަހުން އޮތް އެފްރިކާ ކަޕަށް ކެމަރޫނުން ތައާރަފްކުރީ ސޯޓާއި ޖާޒީ އެއްކޮށް ފަހާފައިވާ ޖުއްބާ ސްޓައިލްގެ ޖާޒީއެކެވެ. ޑެމްބާބާ ބުނީ އަތްކެނޑި ޖާޒީއާ ހިލާފަށް މިއީ ކުޅުންތެރިން ނުރުހުންވި ޖާޒީއެއް ކަމަށެވެ. 

ފީފާއިން އެ ޖަމާއަތުގެ މުބާރާތްތަކުގައި މި ޖާޒީ ވެސް މަނާކުރި އެވެ. އެކަމަކު 2006ގެ ވޯލްޑްކަޕް ކޮލިފައިންގައި ކެމަރޫނުން މިޖާޒީގައި މެޗެއް ކުޅުނެވެ. މީގެ އަދަބެއްގެ ގޮތުން ފީފާއިން ކެމަރނުގެ ހަ ޕޮއިންޓް އުނުކުރި އެވެ. ކެމަރޫން މި އަދަބުން ސަލާމަތްވީ އެތައް އަރައިރުމަކާއި މައްސަލަތަކަކަށް ފަހު އެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްކެމަރޫންކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!

އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!

28 އޮކްޓޯބަރު 2025
ކެމަރޫންގެ އިދިކޮޅު ލީޑަރު ބަކަރީ އިންތީޚާބު ކާމިޔާބު ވެފައިވާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފި

ކެމަރޫންގެ އިދިކޮޅު ލީޑަރު ބަކަރީ އިންތީޚާބު ކާމިޔާބު ވެފައިވާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފި

14 އޮކްޓޯބަރު 2025
ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ

ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ

12 އޮކްޓޯބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު