Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްރިކާ ކަޕް އޮފް ނޭޝަންސް

ބުރްކީނާ ފާސޯ ބަލިކޮށް ސެނެގާލް ފައިނަލަށް

ސެނެގާލް މޮޅުވީ ބުރްކީނާ ފާސޯ އަތުން 3-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ފެބުރުއަރީ 2022 | ބުރާސްފަތި 05:11
ބުރްކީނާ ފާސޯ އާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން

ބުރްކީނާ ފާސޯ އާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން

އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް މެޗުން ބުރްކީނާ ފާސޯ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ސެނެގާލުން ހޯދައިފިއެވެ.

ކެމަރޫނުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ސެނެގާލް ދަތުރުކުރީ ބުރްކީނާ ފާސޯ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މޮޅާއެކު މި ފަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ސެނެގާލް ވާދަކުރާއިރު، އެ ޓީމުން ވަނީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން އަލްޖީރިއާ އަތުން ސެނެގާލް ވަނީ ބަލިވެފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ސެނެގާލުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވަރުގަދަ އެޓޭކުތަކެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީ ސެނެގާލުންނެވެ. މެޗުގެ 70 ވަނަ މިނެޓުގައި ކެޕްޓަން ކަލީދޫ ކުލިބާލީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދޫ ޑިއާލޯއެވެ.

އޭގެ ހަ މިނެޓު ފަހުން ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން އިދްރީސާ ގާނާ-ގޭ ވަނީ ލަނޑެއް ޖަހައި، ސެނެގާލުގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ 82 ވަނަ މިނެޓުގައި ބުރްކީނާ ފާސޯއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. އީސާ ކަބޯރޭ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްލާޓީ ޓޫރޭއެވެ.

ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ސެނެގާލުން ވަނީ އަލުން ލީޑު ފުޅާކޮށް، ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ބުރްކީނާ ފާސޯގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އިސްމާއިލާ ސާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާނޭއެވެ. މިއީ މާނޭ ސެނެގާލުގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 29 ވަނަ ލަނޑެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ސެނެގާލުން ހޯދިއިރު، ފައިނަލުގައި އެ ޓީމު ޅެން ޖެހޭ ޓީމެއް އެނގޭނީ ބުރާސްފަތި ދުވަހުހެރޭ ކުޅޭ ސެމީގެ ދެވަނަ މެޗަށްފަހުއެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫނާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މިސްރެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2024

ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި

12 ޖެނުއަރީ 2024
ކުޅުންތެރިން މަރުވެދާނެހެން ހީވުމުން ކޯޗު އެދިގެން ބޯޓު ތިރިކޮށްފި
03 ޖެނުއަރީ 2024

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

03 ޖެނުއަރީ 2024
އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް
03 ޖެނުއަރީ 2024

އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ

03 ޖެނުއަރީ 2024
އާސެނަލް މިޑްފީލްޑަރ ޕާޓޭ އަށް އެފްރިކަޕް ކަޕް ނުކުޅެވޭނެ
02 ޖެނުއަރީ 2024

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ
31 ޑިސެމްބަރު 2023

ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!

31 ޑިސެމްބަރު 2023
ސަލާހް އެފްރިކާ ކަޕަށް، ލިވަޕޫލް ކަންބޮޑެއްނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު