Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ހިސޯރުކުރުން

މަޖިލިސް ހިސޯރެއް ނުކުރަން، އެއީ ސިފައިންގެ ހުރުމަތް ކަނޑާލަން ހިންގާ ޕްރޮޕެގެންޑާއެއް: ޑިފެންސް

30 ޖުލައި 2017 | އާދީއްތަ 05:17

ރަޔޮޓް ގިޔަރުގައި މަޖިލިސް އިދާރާއަށް ސިފައިން ވަދެ މެންބަރުން ނެރުނު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 30 ޖުލައި 2017 | އާދީއްތަ 05:17
ރަޔޮޓް ގިޔަރުގައި މަޖިލީހަށް ސިފައިން ވަދެ މެންބަރުންތައް ގަދަކަމުން ނެރެނީ

ރަޔޮޓް ގިޔަރުގައި މަޖިލީހަށް ސިފައިން ވަދެ މެންބަރުންތައް ގަދަކަމުން ނެރެނީ

އެމްއެންޑީއެފް އިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށް ފަތުރަމުންދާ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކާއި ޚަބަރުތަކަކީ ގައުމީ ދިފާއީ ބާރުގެ ހުރުމަތް ކަނޑާލައި، މުއައްސަސާގެ އަގު ވައްޓާލުމުގެ ނިޔަތުގައި ހިންގާ ޕްރޮޕެގެންޑާ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެފި އެވެ.

މިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސިފައިން ނިކުމެ ތަޅު އަޅުވައި، މަޖިލިސް އިދާރާ ތެރެއަށް ރަޔޮޓް ގިއަރުގައި ވަދެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނެރުނު މައްސަލައިގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އާދިއްތަ ދުވަހު ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ ސިފައިން ނިކުމެ މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށް ފަތުރާ ޚަބަރާއި ވާހަކަތަކަކީ މުައައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ކުޑަކުރުމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ނުތަނަވަސްކަން އުފައްދައި، އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.

Advertisement - newsAdvertisement

މަޖިލީހުގެ އިދާރާގައި ތަޅު އެޅުވިތާ ހަ ދުވަސް ފަހުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މަޖިލީސް ހިސޯރުކުރި ކަމަށް ވާހަކަ ފެތުރުމަކީ ބޭރު ދުނިޔޭގައި ރާއްޖެ އިތުރަށް ބަދުނާމު ކުރުމަށް ކުރަމުންދާ ގައުމިއްޔަތާ ދެކޮޅު އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، ގައުމީ ދިފާއީ ބާރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދަނީ ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ 'ހ' އިން އެގޮތަށް ކަނޑައަޅާފައިވާތީއާއި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ވިޔަނުދިނުމަކީ ގާނޫނުއަސާސީން ސަލާމަތީ ޚިދުމަތްތަކާ ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާއަކަށް ވާތީ ކަމަށެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރީ މަޖިލީހުގެ އިދާރާއާއި ގޯތިތެރޭގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ މައުލޫމާތު ލިބިފައިވާތީއާއި މަޖިލީހުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރަސްމީކޮށް އެދުމުން ކަމަށެވެ.

އެ ބަޔާނުގައި ބުނީ މަޖިލީހުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރީ، މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް ޖަލްސާއެއް ނުވަތަ ކޮމެޓީ ބައްދަލުވުމެއް ވެސް ނޯންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވަނިކޮށް، ސިޔާސީ ހަރަކާތް ރާވަން ހިންގާފައިވާ ފަރާތްތަކުން މަޖިލީހުގައި ޖަލްސާއެއް ބާއްވާނެކަން އާންމުކޮށްފައިވުމާއި އެ ހަރަކާތަކީ ޣައިރު ގާނޫނީ ހަރަކާތެއް ކަމަށް ފުލުހުން ކަނޑައަޅާފައިވާތީ ޑިމޮކްރެޓިކް މުއައްސަސާއެއް ހިމާޔަތް ކުރުމަށް ކަމަށެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ ރާއްޖޭގެ ޑިމޮކްރަސީގެ ޅަފަތުގައި، ރައްޔިތުންގެ ބަސް ބުނުމާއި، ރައްޔިތުންގެ އަޑު އުފުލުމާއި، ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމުގައި އިސްލާމްދީނާއި ގައުމީ ސަލާމަތަށް ހުރުމަތްތެރިކޮށް ހިތައި އަމާންކަމާއި ރައްކާތެރިކަމާއި ސުލްހައަށް އިސްކަން ދިނުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ ބަރުލަމާނީ ދިގު ހަޔާތުގައި، ޖުލައި 24، 2017 ވަނަ ދުވަސް ފިޔަވައި ސިފައިންނާއި ފުލުހުން މަޖިލީހުގެ އިދާރާއަށް ވަދެ، މެމްބަރުން ގަދަކަމުން ނެރެފައެއް ނެތެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް