Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ ހީލަތްތެރިކަމާއެކު ހިންގާ ޖަރީމާއެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2017 | ބުރާސްފަތި 22:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން ކަމަށާއި އެއީ ހުންނަ ނުލަފާ ސިފައެއް ކަމަށާއި އެއީ ގަދަބާރުން ކުރާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އަހަރަކަށްވުރެ ގިނަ ދުވަހު އިނގިރޭސި ވިލާތައް އަރުވާލެވިގެން ހުންނެވުމަށްފަހު އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްރީލަންކާގައި ތިބި ދިވެހި ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިދިއަ ޖެނުއަރީ މަހުގެ ތެރޭގައި ޕީޕީއެމްއަށް މެންބަރުންތަކެއް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހުންނަ ކަމެއްކަމަށާއި އެހެންކަމުން އެކަން ދިވެހިންގެ ތެރޭގައިވެސް ހުންނާނެކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ވެރިން ފާޅުގައި ވައްކަން ކުރަމުންދާ ކަމަށާއި އެކަންކަމުގެ ވާހަކަތައް ރައްޔިތުން ދައްކާނެ ކަމަށެވެ. އަދި ވައްކަމަކީ އިންސާނާގެ ތޮބީއަތުގަ ހުންނަ ކަމެއް ނޫން ކަމާށާއި އެއީ ހަރާމް ކަމެއް ކަމަށެވެ.

"ފާޅުގައި ދައުލަތުގެ ވެރިން ވައްކަން ކުރާއިރުގަ، އެކަން އަބަދުވެސް ތިބޭފުޅުން ފާހަގަކުރައްވަންޖެހޭނެ. ވައްކަމަކީ ރީތި ކަމެއްނޫން. އެއީ ހަރާމް ކަމެއް، އެއީ ގޯސްކަމެއް. ވައްކަމަކީ ރަނގަޅުކަމެއް ނޫން އެއީ އޮޅިގެން ކުރާ ކަމެއް ވެސް ނޫން. އެއީ އިންސާނީ ތޮބީއަތެއް ވެސް ނޫން. ވައްކަމަކީ ހުންނަ ނުލަފާ ސިފައެއް. އެއީ ގަދަބާރުން ކުރާކަމެއް. އުނދަގުލުން ކުރާކަމެއް. ވައްކަމެއް ނުކުރެވޭނެ ތޮބީއަތުގަ ހުރެގެން. ވައްކަން ކުރެވޭނީ ވައްކަން ކުރުމަށް ގޯހެއް ހެދުމަށް ރާވާ، ވިސްނާ، އެގޯސް ގަސްދުގާ ކަނޑައެޅިގެން ހެދީމަ. އަޅުގަނޑެއް ނުކުރަން ވައްކަމެއް. އަޚުގަނޑަކީވެސް އިންސާނެއް. އަޅުގަނޑަށް ޔަގީން ތީގެތެރެއިން އެއްވެސް ބޭފުޅަކީ ވަގެއް ނޫން. އެއީ ކަނޑައެޅިގެން ކުރާ ގޯހެއް. ކުރާ ކަމެއް. ތޮބީއީ ކަމަކީ ވާކަންކަން، ކުރާ ކަންކަމެއް ނޫން. މިއީ ކަނޑައެޅިގެން، އިންތިޒާމުވެގެން ހީލަތްތެރިކަމާއެކު، ރޭވިގެން ހިންގާ ޖަރީމާއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ވައްކަން ކުރަނީ އިންސާނުންގެ ތެރެއިން ވަރަށްމަދު ބައެއް ކަމަށެވެ. އަދި ދިވެހި އެންމެންނަކީ ވަގުން ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ގިނަ ފަހަރަށް ރޭގަނޑު ދަންވަރު ފޮއްޓެއް ފަޅާލާނެ، ވަކި ގަޑިއެއްގައިވެސް ކުރާކަމެއް. އެއީ ހަމަ ކޮންމެ ގަޑިއެއްގަ ކުރާކަމެއް ނޫން. ވައްކަމުގެ މައްޗަށް ބަލާލާފިއްޔާމު އަޅުގަނޑުމެންނަށް މާބޮޑަށް ސާފުވެގެންދާނެ، އެއީ ހަގީގަތުގައި އިންސާނުންގެ ތެރެއިން ވަރަށް މަދު ބަޔަކު ކުރާކަމެއް. ދިވެހި އެންމެންނަކީ ވަގުންނެއް ނޫން. އަޅުގަނޑުމެންގެ ތޮބީއަތުގަ ނެތް ވައްކަމެއް. އަޅުގަނޑުމެންނަކީ ސޯލިހު ރަނގަޅު ދިރިއުޅުމެއް، ތަނަވަސް ދިރިއުޅުމެއް، އަމިއްލަ މަސައްކަތުން، ހަމަ ފައިމައްޗަށް ތެދުވެ، ފަހުރުވެރި ދިވެއްސެކޭ ބުނެ، ތަރައްގީވާން ބޭނުންވާ ރައްޔިތެއް. ވަގުންނެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުއާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމަށް ގިނަ އަދަދެއްގެ ދިވެހިން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު