Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ޖެނުއަރީ 2017 | ހޮނިހިރު 17:26
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

މި ސަރުކާރަށް ތާއީދު ނުކުރައްވާ ކަމަށާއި އެގޮތުގައި ސާބިތު ކަމާ އެކު ދެމި ހުންނަވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު މައުމޫން ކުރައްވާފައި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޮކްޓޯބަރު 27، 2016 ގައި އެމަނިކުފާނު ނެރުއްވި ސްޓޭޓްމަންޓްގައިވާ ގޮތަށް ސާބިތު ކަމާ އެކު ދެމި ހުންނަވާނެ ކަމަށެވެ.

ޕީޕީއެމްގެ އަހަރީ ދުވަހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެފައި ވަނިކޮށް ސަލާމަތީ ބާރުތަކުން އެ ޖަލްސާ ބޭއްވިޔަ ނުދީ ހުރަސް އެޅުމުން ޝީ ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އުސޫލްތަކުން މި ސަރުކާރު ބޭރުވެއްޖެ ކަމަށާއި އެ ބަދުނާމު ބޮލުގައި އަޅުވައިގެން ހުންނަން ބޭނުން ނުވާ ކަމަށެވެ.

މި ސަރުކާރު ގެނައީ، ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯގައި ހުރިކަންކަން ފުރިހަމަކުރުމަށް ކަމަށާއި، ޕިޕީއެމްގެ މޮޓޯއަކީ ގައުމު އިސްކުރުން ކަމަށްވާ އިރު އަމިއްލަ ފަރާތްތަކުގެ މަސްލަހަތައް އިސްކަންދޭ ޕާޓީއެއްގައި ދެމި ހުރުމަށް ބޭނުން ނުވާ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންނަށް ގެލުންވާ ކަންކަން ސަރުކާރުން ކުރަމުންދާއިރު އެޕާޓީގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނެވުމުން އެކަމުގައި އެމަނިކުފާނަށް އިނގިލި ދިއްކުރެވޭތަން އަންނާނެ ކަމަށެވެ. އެހެންކަމުން އެކަންކަމުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިއެވެ.

ރައީސް މައުމޫނު ވިދާޅުވީ، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި ކަންކަން ކަމުގައިވާ، ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ފާސްކުރި ގާނޫނާއި، ފަޅުރައްތައް ބިޑަކާއި ނުލާ ކުއްޔަށް ދެވޭގޮތަށް ސަރުކާރުން ފާސްކުރި ގާނޫނުނާއި އަބުރުގެ ގާނޫނާ މެދު ރައްޔިތުން އެމަނިކުފާނާއި ބޮޑެތި ސުވާލުތައް ކުރިމަތި ކުރުވާކަމަށެވެ. އަދި މިފަދަ ބޮޑެތި ކަންކަން ނިންމާފައިވަނީ އެމަނިކުފާނަށް އަންގާ ވެސް ނުލާ ކަމަށާއި، މަޖިލީހުގެ މެންބަރުން ވެސް އެކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެންނަވާފައި ނުވާ ކަމަށެވެ. މިހުރިހާ ކަމެއް މިހެން ހުރުމާއި އެކު ޕީޕީއެމްގެ ސަރުކާރަށް އެމަނިކުފާނު ދެމުން އައި ތާއީދު އަނބުރާ ގެންދަން ނިންމެވީ ކަމަށް ރައީސް މައުމޫނު މައުމޫން ވަނީ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މައުމޫން ކުރައްވަފައިވާ އެހން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑިމޮކްރެޓިކް އަދި ރައްޔިތުންގެ އިގްތިސާދީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް އަވަސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު