Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ނުކުރެވެނީ މަޖިލީހުގައި ސަރުކާރުގެ ސާފު މެޖޯރިޓީ އޮތުމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2017 | ބުރާސްފަތި 00:02
މަޖިލީހުގެ މާންފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

މަޖިލީހުގެ މާންފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކާއި ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް ވަނީ ނުކުޅެދިފަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ފަލާހު ވިދާޅުވީ ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިން ސަރުކާރާއި މުޅި ރާއްޖެ ވަނީ ކުނިވެފައި ކަމަށެވެ.

Advertisement - newsAdvertisement

ފަލާހު އެގޮތަށް ވިދާޅުވެފައި ވާއިރު ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއިން އަންގާރަ ދުވަހު އާއްމުކޮށްފައިވާ ރިޕޯޓެއްގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ ބޮޑަށް އިތުރުވާ ގައުމެއްގެ ގޮތުގައި ރާއްޖެ ވަނީ ހިމެނިފަ އެވެ.

ފަލާހު ވިދާޅުވީ ސަރުކާރުގެ އިސްވެރިން ސަރުކާރުގެ ތެރެއިން ކޮރަޕްޝަނާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވަމުންދާއިރު އެމައްސަލަތައް ބަލަން އޮންނަ އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. ސަބަބަކަށް ފަލާހު ވިދާޅުވީ ސަރުކާރުގެ ސާފު މެޖޯރިޓީ މަޖިލީހުގަ އާއި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ އިތުރުން އެހެން ހުރިހާ ކޮމެޓީތަކެއްގަ ވެސް އޮތުމުން ކަމަށެވެ.

ފަލާހު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އެންމެބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތަކަށް އަހަރެއް ވެގެންދިޔައިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ކަމާބެހޭ އިދާރާތަކަށް އެކަންކަން ތަހުގީގުކޮށް ނިންމާ ލެވިފައި ނުވާކަމަށެވެ. އޭސީސީންވެސް އެމައްސަލާގައި ދެފަހަރު އެއްގޮތަކަށް ވާހަކަ ނުދައްކާ ކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާއެއްވެސް އޮތީ ސަރުކާރުގެ މުށުތެރޭގައި ތާށިވެފައި ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ކޮރަޕްޝަނަކީ އިންސާނީ ތޮބީއަތުގައި ހުންނަ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެއީ އެކަން އޮތްގޮތް ނޫން ކަމަށާއި ކޮރަޕްޝަނަކީ ރައީސް ޔާމީންގެ ތޮބީއަތުގައި ހުންނަކަމެއް ކަމަށް ފަހަރެއްގައި ވެދާނެ ކަމަށެވެ. މީގެ ކުރިންވެސް ބޭބޭފުޅުން ރާއްޖޭގައި ވެރިކަންކޮށްފައި އެބަހުރި ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭވަރާ ގާތަށްވެސް އެހެން ވެރިޔަކަށް މީގެކުރިން ތުހުމަތު ކުރެވިފައި ނުވާކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ބޮޑެތި ބިޔަ ޕްރޮޖެޓްތައް ރާއްޖެ އަންނަނީޔޭ ކިޔައިގެން ސަރުކާރުން ގެންދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގައި ރިސޯޓްތައް ތަރައްގީ ކުރުމަށް ފަޅުރަށްރަށް ދޫކޮށްފައިވަނީ ބިޑަށް ލައިގެން ވަރަށް ވާދަވެރިކޮށް ކަމަށާއި މިހާރު ފަޅުރަށްރަށާއި ފަޅުތަކާއި ބިންތައް ސަރުކާރުން ދޫކުރަނީ ބިޑަކާ ނުލާ ބޭނުން ފަރާތަކަށް ބޭނުން އަގެއްގައި ކަމަށް ފަލާހު ވިދާޅުވި އެވެ.. ނަމަވެސް އެބުނާ ބޮޑު އިންވެސްޓަރެއް ރާއްޖެއައިތައް ރައްޔިތުންނަށް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު