Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް ކޯޓް

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

ދައުލަތުގެ މައްޗަށް އަމުރެއް ނުނެރޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2017 | އާދީއްތަ 17:01
ސިވިލް ކޯޓް

ސިވިލް ކޯޓް

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސް އޮފް ދަ ސީސްގެ ފައިސާ ޚަރަދުނުކުރުމަށް ސިވިލް ކޯޓުން އެކުންފުންޏަށް އަންގައިފި އެވެ.

ސިވިލް ކޯޓުން އެގޮތަށް އަންގާ އަމުރު ކުރީ، ސަލްޓަންސް ކުންފުނީގައި އޮތް ދޮންކެޔޮ އެންޓަޕްރައިސަސްގެ 50 އިންސައްތަ ހިއްސާ އިކޮނޮމިކް މިނިސްޓްރީ އިން ބާތިލްކުރި މައްސަލައިގައި އެކުންފުނިން ދައުވާކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި އަމުރު ނެރުނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މައްސަލަ ބެއްލެވި ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި އަމުރުގައި ވަނީ ދޮންކެޔޮ އެންޓަޕްރައިސަސް އިން ހުށަހެޅި މައްސަލަ ނިމެންދެން، އެކުންފުންޏަށް ނޭނގި ސަލްޓަންސް އިން ފައިސާ ޚަރުދުނުކުރުމަށާއި ބޯޑް ރިޒޮލިއުޝަންތައް ފާސްނުކުރުމަށެވެ.

ދޮންކެޔޮ އެންޓަޕްރައިސަސް އިން އިތުރު މައްސަލައެއް ވެސް ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލައިގައި އެދިފައިވަނީ އެކުންފުންޏަށް ނޭނގި ސަލްޓަންސް އިން ފައިސާ ޚަރަދުކުރުމާއި، ބޯޑް ރިޒޮލިއުޝަންތައް ފާސްކުރުން ހުއްޓުވައިދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް އެ މައްސަލައިގައި މިމަހުގެ 12 ވަނަ ދުވަހު ކޯޓުން ހުކުމް ކުރީ ދައުލަތުގެ މައްޗަށް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ސަލްޓަންސް ކުންފުންޏަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އެކުންފުނީގެ މައްޗަށް އެތައް މިލިއަން ރުފިޔާއެއްގެ ދަރަނި ސާބިތުވެފައިވާއިރު، އެކުންފުނީގެ މައްސަލަތައް ޝަރުއީ އެކި މަރުހަލާތަކުގައި ހިނގަމުން އެބަދެ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު